ދިވެހިރާއްޖެ
ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން، ގދ.ތިނަދޫގައި އިމާރާތްކޮށްފައިވާ 120 ގޭގެ ތެރެއިން، ކެޓަގަރީ A ގެ ދަށުން ގދ.ތިނަދޫ ރައްޔިތުންނަށް ޚާއްޞަކުރެވުނު 80 ގެއަށް އެދި ފޯމު ހުށަހަޅާފައިވާ 580 ފަރާތާއި، ކެޓަގަރީ B ގެ ދަށުން ގދ.ތިނަދޫއަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަކުރެވުނު 25 ގެއަށް އެދި ފޯމު ހުށަހަޅާފައިވާ 238 ފަރާތުގެ ތެރެއިން، ޝަރުތު ހަމަވުމުން ޕޮއިންޓް ދެވިފައިވާ ފަރާތްތަކުގެ ލިސްޓް އިޢުލާންކޮށް ގެޒެޓު ކުރެވިފައިވާނެއެވެ. އަދި މި ލިސްޓް މި މިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv ގައި ޝާއިޢުކުރެވި، މި އިޢުލާނާއި ލިސްޓް، ގދ.ތިނަދޫ ކައުންސިލް އިދާރާގެ ނޯޓިސް ބޯޑުގައި، ބެހެއްޓިފައިހުންނާނެއެވެ.
ވުމާއެކު، ޕޮއިންޓް ލިބިފައިވާގޮތާމެދު، އިތުރަށް ކަމެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކާއި، ޝަކުވާ ހުށަހެޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން، ލިޔުމުން ސިޓީއުރައެއްގައި (ސިޓީއުރައިގެ ބޭރުގައި " ގދ.ތިނަދޫގެ A ކެޓަގަރީގެ ފޯމުތަކާއިގުޅޭ" ނުވަތަ " ގދ.ތިނަދޫގެ B ކެޓަގަރީގެ ފޯމުތަކާއިގުޅޭ" ޖެއްސެވުމަށްފަހު) މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ނުވަތަ ގދ.ތިނަދޫ ކައުންސިލް އިދާރާއަށް،08 ނޮވެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.
ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތަކުގެ ލިސްޓް އިޢުލާންކުރެވޭނީ، ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން، ނުވަތަ ސާފުކުރެވޭ އިތުރު މަޢުލޫމާތާއި ގުޅިގެން، މި ލިސްޓަށް ގެންނަންޖެހޭ އުނިއިތުރެއްވާނަމަ، އެ އުނިއިތުރެއް ގެނައުމަށްފަހުގައެވެ.