މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
"ހިޔާ 2018" ގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ 7000 ހައުސިންގ ޔުނިޓުގެ H10 (ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ، 2 ކޮޓަރި) ކެޓަގަރީގެ ދާއިމީ ލިސްޓް (ލިސްޓް 1) އިޢުލާންކުރުން

ސަރުކާރުގެ "ހިޔާ 2018" މަޝްރޫޢުގެ H10 (ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ) ކެޓަގަރީގެ ފުލެޓްތަކަށް ޝަރުޠުހަމަވެ، ފުލެޓް ލިބޭ ފަރާތްތަކުގެ ފޯމު ނަންބަރުތަކާއި ލިބިފައިވާ ޖުމްލަ ޕޮއިންޓް އެނގޭނެ ދާއިމީ ލިސްޓް ޢާންމުކޮށް އެންގުމުގެ ގޮތުން އިޢުލާންކުރީމެވެ. އަދި މިލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓާއި، މިމިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv ގައި ޝާއިޢުކުރެވިފައިވާނެއެވެ.  

 ވަގުތީ ލިސްޓުގައި ހިމެނުނު ފަރާތެއް ދާއިމީ ލިސްޓުގައި ނުހިމެނިވާނަމަ ވާނީ، މިމިނިސްޓްރީން އެފަރާތެއްގެ މައުލޫމާތު އިތުރަށް ބެލި ބެލުމުން ސައްޙަ ނޫން މައުލޫމާތު ދެއްވާފައިވާކަން ހާމަވުމާ ގުޅިގެން ފޯމު ބާޠިލްކުރުމުން ނުވަތަ އެފަރާތެއްގެ އަނބި/ފިރިމީހާއަށް "ހިޔާ 2018" މަޝްރޫޢުގެ އެހެން ކެޓަގަރީއަކުން ފުލެޓް ލިބިފައިވާނަމައެވެ.

ފުލެޓްތައް ލިބޭ ފަރާތްތަކާއެކު އެގްރީމެންޓް ހެދުމުގެ ކުރިން، އެކެޓަގަރީއެއްގެ ދަށުން ޢާންމުކުރެވިފައިވާ މައުލޫމާތު ކަރުދާހުގެ ޝަރުޠުތަކުގައިވާ ގޮތުގެ މަތިން، ގޯތިގެދޮރާ ބެހޭ މައުލޫމާތު އިތުރަށް ބަލައި ޗެކްކުރެވޭނެއެވެ. އަދި ދެމަފިރިން ފުލެޓަށް ހޮވިއްޖެނަމަ، ފުލެޓް ޙަވާލުކުރެވޭނީ މިކަމާ ގުޅޭގޮތުން އެކެޓަގަރީއެއްގެ ޝަރުޠުތަކުގައި ބަޔާންކުރެވިފައިވާ އުޞޫލާ އެއްގޮތަށް ކަމުގައި ދެންނެވީމެވެ.

04 ނޮވެންބަރު 2018
ހޯދާ