ދިވެހިރާއްޖެ
- މިމަރުކަޒުންދޭ މަޢުލޫމާތާ އެއްގޮތަށް މިމަރުކަޒުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯރމް 2019 ވަނަ އަހަރުން ފެށިގެން ކުރިއަށްއޮތް 03 އަހަރަށް ފަހައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
2. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2018 ނޮވެމްބަރ 04 އިން 2018 ނޮވެމްބަރ 12 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 13:00 އަށް މިމަރުކަޒުގެ އޮފީހަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ.
3. މިޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 2018 ނޮވެމްބަރ 11 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4. ނަންނޯޓް ނުކުރައްވާ ފަރާތަކަށާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ.
5. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2018 ނޮވެމްބަރ 12 ވާ ހޯމަ ދުވަހުގެ 13:00 ގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.
6. ބިޑް ހުޅުވުން އޮންނާނީ 2018 ނޮވެމްބަރ 15 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.
7. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް ލިބިލައްވާނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށެވެ.
8. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ޝާރިޢުލްއމީނު މަގު، ދިއްދޫ، ދިވެހިރާއްޖެ.
ފޯން: 6500014, 6500076
އީ-މެއިލް: [email protected],mv
ކޮޕީ އީ-މެއިލް: [email protected]
9. 2019 ވަނަ އަހަރުން ފެށިގެން ކުރިއަށްއޮތް 03 އަހަރަށް މިމަރުކަޒުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯރމް ފަހައިދިނުމަށް މަސައްކަތްކޮށްދޭނެ ފަރާތްތެއްހޯދުމަށް އެދި މިމަރުކަޒުން ފުރަތަމަ ކުރި ނަމްބަރު: GS08/2018/46 (27 ސެޕްޓެމްބަރ 2018 ) އިޢުލާން ބާޠިލު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.