ދިވެހިރާއްޖެ
އިޢުލާން
ސެކިއުރިޓީ ބަލައްޓައިދޭނެ ފަރާތެއް ހޯދުމަށް:
01 ޖެނުއަރީ 2019 އިން 31 ޑިސެމްބަރ 2019 ގެ ނިޔަލަށް މިސްކޫލްގެ ސެކިޔުރިޓީ ކޮންޓްރެކްޓް އުސޫލުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ. މި މަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި ގަޑިތަކުގައި މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.
ތަފުސީލް |
ތަން |
ތާރީޚް |
މަޢުލޫމާތުދިނުމުގެ ބައްދަލުވުން |
މަޑިފުށީ ސްކޫލް |
07 ނޮވެންބަރ 2018 ވާ ބުދަ ދުވަހުގެ 10:00 ގައި |
އަންދާސީހިސާބު ހުށަހެޅުން |
މަޑިފުށީ ސްކޫލް |
12 ނޮވެންބަރ 2018 ވާ ހޯމަ ދުވަހުގެ 10:00 ގައި |
ކުންފުންޏަކުން ނުވަތަ އަމިއްލަ ފަރާތެއްގެ ބަދަލުގައި އެހެން ފަރާތެއް ހާޒިރުވާނަމަ، އެކަން ބަޔާންކޮށް އެ ކުންފުންޏެއް ނުވަތަ އެ ފަރާތެއްގެ ސިޓީއެއް ގެންނަވަންވާނެއެވެ. މަޢުލޫމާތުދިނުމުގެ ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.