ދިވެހިރާއްޖެ
ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސް ގެ ދަށުން ހިންގަމުންގެންދާ ނެޝަނަލް އާޓް ގެލެރީގެ ހޯލް ދޫކުރުމުގެ އަގުތަކަށްވަނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް 01 ނޮވެމްބަރު 2018 އިން ފެށިގެން ބަދަލު ގެނެސްފައެވެ.
އާޓް އެގްޒިބިޝަންތަކަށް |
3000.00 ރުފިޔާ |
ސޯލޯ އާޓިސްޓުންނަށް ދުވާލަކަށް (4 ދުވަހަށްވުރެ ދިގުނޫން އެގްޒިބިޝަންތަކަށް އަދި ސޯލޯ އާޓިސްޓުންގެ ތެރެއިން މިއަގަށް ދެވޭނީ، އުމުރުން 16 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށް). |
1500.00 ރުފިޔާ |
އެން.ސީ.އޭ އާގުޅިގެން ހިންގާ އެން.ސީ.އޭ ގެ މެންޑޭޓްގައިވާ ޙަރަކާތްތަކަށް |
2000.00 ރުފިޔާ |
އެހެނިހެން ކަންތައްތަކަށް ހޯލް ދޫކުރުން |
11000.00 ރުފިޔާ |
މަތީގައި ދަންނަވާފައިވާ އަގު ތަކުގެ އިތުރުން ރިފަންޑަބަލް ޑިޕޮސިޓްގެ ގޮތުގައި -/3000 ރުފިޔާ ނެގޭނެއެވެ. ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރަމެވެ. ނެޝަނަލް އާޓް ގެލެރީ ހޯލު ކުއްޔަށް ހިފުމަށް އެދި ހުށަހަޅާ ފޯމް މި ސެންޓަރުގެ ވެބްސައިޓް www.nca.gov.mv އިންނާއި ކައުންޓަރުން ލިބެން ހުންނާނެ ވާހަކަވެސް ދެންނެވީމެވެ.