ހުޅުދެލީ ސްކޫލް/ ދ.ހުޅުދެލި
ދިވެހިރާއްޖެ
2 ކުލާސްރޫމް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް

                                                                                             ނަންބަރު: GS-171/IUL/2018/14

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ.

މިސްކޫލްގެ ޕީ.ޓީ.އޭގެ ފަރާތުން މިސްކޫލްގައި 2 ކްލާސްރޫމް ޢިމާރާތްކުރުމަށް ބޭނުންވެއެވެ.

ވީމާ މިސްކޫލުން ތަކެތި ދިނުމުން މިމަސައްކަތް  ކޮއްދެވިދާނެ ފަރާތްތަކުން 5 ނޮވެމްބަރ 2018 ވާ ހޯމަ ދުވަހުގެ 10:00 އަށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 12 ނޮވެމްބަރ 2018 ވާ ހޯމަ ދުވަހު 10:00 އަށް އަންދާސީ ހިސާބު ހުށައެޅުންވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތުދެވެން ނޯންނާނެ ވާހަކަވެސް ދަންނަވަމެވެ. މަގުބޫލް އުޒުރަކާއެކު މަޢުލޫމާތު ސާފުކުރަން ވަޑައިނުގެންނެވޭ ފަރާތްތަކުން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ސިޓީއެއް ހުށައެޅުމަށް ދަންނަވަމެވެ. އަދި އަންދާސީ ހިސާބު ހުށައަޅަން ބޭނުންވާފަރާތުގެ ބަދަލުގައި އެހެން ބޭފުޅަކު ވަޑައިގަންނަވާނަމަ ހުށައަޅުއްވަން ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް ހުށައެޅުމަށް ދަންނަވަމެވެ.

        މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

        އިތުރު މަޢުލޫމާތު ބޭނުންވާނަމަ ރަސްމީ ގަޑީގައި 7952918 މި ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

        31 އޮކްޓޯބަރ 2018                

31 އޮކްޓޫބަރު 2018
ހޯދާ