ދިވެހިރާއްޖެ
| މަޤާމް: | ކޭޝިައަރ | 
| ބޭނުންވާ އަދަދު: | 1 | 
| މަޤާމުގެ ގިންތި: | ދާއިމީ | 
| ވަޒީފާ އަދާކުރަންޖެހޭ ތަން: | ފެންފުށީ ފާމަސީ / އދ. ފެންފުށި | 
| މުސާރަ: | 2000.00ރ (ދެހާސް ރުފިޔާ) | 
| ސަރވިސް އެލަވަންސް: | 1000.00ރ (އެއްހާސް ރުފިޔާ) | 
| ހާޟިރީ އެލަވަންސް: | ބަންދު ދުވަސްތައް ހިމަނައިގެން ހާޟިރުވާ ދުވަހަކަށް 50.00ރ (ފަންސާސް ރުފިޔާ) | 
| މަޤާމުގެ މަސްއޫލިއްޔަތުތައް | 1- ފެންފުށީ ފާމަސީ އިން ބޭސްވިއްކުން 2- ފާމަސީއަށް ލިބޭ ފައިސާ ބަލައިގަތުން 3- ވިކުރާ ލިޔެ ބެލެހެއްޓުން 4- އާސަންދައިގެ ބިލްތައް ތައްޔާރުކޮށް ފޮނުވުން 5- ފައިސާ އާއިބެހޭ ރިޕޯޓްތައް ތައްޔާރުކުރުން 6- އޯރޑަރ ލިސްޓްތައް ތައްޔާރުކުރުން 7- ފާމަސީގެ އެތެރެއާއި ބޭރު ކުނިކަހާ ހިރަފުސްފޮޅާ ސާފުކުރުން 8- ޕީ އޯ އެސް މެޝިން މެދުވެރިކޮށް ފައިސާ ދޫކުރުން 9- މީގެ އިތުރުން ވަޒީފާ އާއި ގުޅިގެން ކައުންސިލުން ކުރުމަށް އަންގާ މަސައްކަތްތައް ކުރުން | 
| މަޤާމްގެ ޝަރުތު | ގްރޭޑް 10 ނިންމާފައިވުމާއެކު މަދުވެގެން 2 އަހަރުދުވަހު މިވަޒީފާގައި މަސައްކަތްކުރެވޭނެ މީހަކު ކަމުގައިވުން | 
| ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް | 1- ތައުލީމާއި ތަމްރީން: (ލިބިފައިވާ އިތުރު ތައުލީމާއި ވަޒީފާގެ ދާއިރާ އާއި ގުޅޭ ކުރުމުއްދަތުގެ ތަމްރީން) %30 މާކްސް 2- މަޤާމުގެ މަސައްކަތުގެ ދާއިރާ އާއި ގުޅޭ މަސައްކަތު ތަޖުރިބާ: މާކްސް 3- ލިބިފައިވާ މަސައްކަތު ހުނަރު: (އިންޓަވިއު / ޕްރެކްޓިކަލްސް) %60 މާކްސް | 
| އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނެ ތަނާއި މުއްދަތު | މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތަނާއި ތާރީޚާއި ވަގުތު މިވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކަށް މިކައުންސިލްގެ އިދާރާއިން އަންގާނެއެވެ. | 
| މަޤާމަށް އެދެންވީގޮތާއި ސުންގަޑި | މަޤާމަށްއެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 ނޮވެންބަރު 08 ވާ ބްރާސްފަތިދުވަހު 13:00 ގެ ކުރިން އދ. ފެންފުށީ ކައުސިލްގެ އިދާރާ އަށެވެ. | 
| ހުށަހަޅަންޖެހޭ ލިޔުންތައް | 1- ފުރިހަމަކޮށްފައިވާ ކައުންސިލްގެ ވަޒީފާއަށްއެދޭ ފޯމް (މިފޯމް އދ. ފެންފުށީ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.) 2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު: ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް 3- ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނައަދި ލޔެފައިވާ ލިޔުންތައް ކިޔަންއެނގޭފަދަ ކޮޕީއެއް 4- ލިބިފައިހުރި ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ: (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖޭންބޭރުގެ މަތީތައުލީމްދޭ މަރުކަޒުތަކުން ދޫކޮށްފައިވާ ސެޓްފިކެޓްތަކާއި، ޓްރާންސްކްރިޕްޓްތަކުގެ ކޮޕީނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުންލިބޭ ސެތްފިކެޓް ވަކިފެންވަރެއްގައި ޤަބޫލްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ (ށ) މަތީތައުލީމްދޭ ރާއްޖޭގެ މަރުކަޒުތަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ 5- ވަޒީފާގެ މަސައްކަތުގެ ދާއިރާ އާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ 6- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ | 
| މި އިއުލާނާގުޅިގެން މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6680539 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6680889 އެވެ. އީ މެއިލްކުރައްވާނީ [email protected] އަށެވެ. | 
 
                    