ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެއަރކޯން ސިސްޓަމްތައް ސާރވިސްކޮށްދޭނެ ފަރާތެއް ހޯދުން
މިރަށުގެ މިސްކިތްތަކާއި މިއިދާރާގައި ހަރުކޮށްފައިވާ ޖުމްލަ 23 އެއަރކޯން ސިސްޓަމްތައް ސާރވިސްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބީލަން ހުޅުވުން
ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 08 ނޮވެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި އިދާރާގައި، މިމަސައްކަތަށް އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ.
މިމަސައްކަތުގެ މަޢުލޫމާތު ޝީޓް މިއިދާރާއިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މިކައުންސިލްގެ ނަންބަރު 6800082 ފޯނަށް ގުޅުމުން ލިބޭނެ ވާހަކަ ދެންނެވީމެވެ.
29 އޮކްޓޫބަރު 2018
ހޯދާ