އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ.މާމިގިލީ ބަނދަރުސަރަޙައްދުގައި ހުރި ތަކެތިނެގުން

އިޢުލާން

އދ.މާމިގިލީ ބަނދަރުސަރަޙައްދުގައި ހުރި ތަކެތިނެގުން

      އދ.މާމިގިލީ ބަނދަރަކީ ރަށުގެ ލޮބުވެތިރައްޔިތުންނާއި، ބަނދަރު ބޭނުންކުރާ އެންމެހައި ފަރާތްތަކަށް ހަމަހަމަ ކަމާއިއެކު ފަސޭހައިން ބޭނުންކުރެވޭނޭ ތަނަކަށް ހެދުމަށްޓަކައި ކައުންސިލުންވަނީ ބަނދަރުބޭނުންކުރުމާއިބެހޭ ޤަވާއިދެއް އެކުލަވާލައި ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވިފަ އެވެ. އަދި ބަނދަރުގެ ބޭނުންހިފާ އެންމެހައި ފަރާތްތަކުގެ ފަސޭހައަކަށް ބަނދަރުބޭނުންކުރާނޭ ގޮތުގެ ޕްލޭނެއް ތައްޔާރުކުރެވި އެކިއެކި ކަންކަމަށް ކަނޑައަޅާފައިވާ ސަރަޙައްދުތައް އަންގައިދިނުމަށް ބަނދަރުގެ ތޮށިގަނޑުކައިރީގައި ބޯޑުތަކެއްޖަހާފައި މިހާރު ހުންނާނެއެވެ. އެހެންކަމުން މިދެންނެވި ޤަވާޢިދަށް ޢަމަލުކުރަންފެށުމުގެ ގޮތުން ބަނދަރު ސަރަޙައްދުގައި މިހާރު ހުރި އެންމެހައިފަރާތްތަކުގެ ތަކެތިނަގައި  އެ ސަރަޙައްދު ސާފުކުރަން ބޭނުންވެއްޖެ އެވެ.                 ވީމާ ، 2018 ނޮވެމްބަރ 15 ވަނަދުވަހުގެ ނިޔަލަށް މަތީގައި ދެންނެވިފައިވާ ތަކެތި ނަގައި އެސަރަޙައްދު ސާފުކުރުމަށް އެންމެހައި ފަރާތްތަކަށް އަންގަމެވެ. އަދި މަތީގައިދެންނެވިފައިވާ ކަންކަން އިސްލާޙްނުކުރާ ފަރާތްތަކާޢިމެދު ހެދިފައިވާ ޤަވާޢިދުތަކާއި، އުސޫލުތަކާއި އެއްގޮތަށް ފިޔަވަޅުއަޅައި ޖޫރިމަނާކުރެވޭނެ އެވެ.

                މިހެންވެމިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.                                                20 ޞަފަރު 1440                                                                  29 އޮކްޓޯބަރ 2018

ފޯން: 6680538
އީމެއިލް: :[email protected]

    

31 އޮކްޓޫބަރު 2018
ހޯދާ