ދިވެހިރާއްޖެ
`
އަރިއަތޮޅު ދެކުނުބުރީ ދިގުރަށު މަދަރުސާ
ދިގުރަށް
ދިވެހިރާއްޖެ
ތާރީޚް: 30 އޮކްޓޫބަރ 2018 ނަންބަރު: GS160/2018/309
އިޢުލާން
ވަޒީފާގެ ފުރުޞަތު
2019 ވަނަ އަހަރަށް LKG އަށް ކުދިންވެއްދުމާއިގުޅޭ!
2019 ވަނަ އަހަރު މިސްކޫލުގެ އެލް.ކޭ.ޖީ އަށް ދަރިވަރުން ވެއްދުމަށް އެދޭ ފަރާތަކަށް އެކަމަށް އެދުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
ވީމާ، 29 ނޮވެންބަރ 2018 ވާބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން "2019 ވަނަ އަހަރު LKG އަށް ދަރިވަރުން ވައްދަން އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށް ފަހު ސްކޫލް އޮފީހަށް ހުށައެޅުއްވުމަށް ދަންނަވަމެވެ. LKGއަށް ދަރިވަރު ވެއްދުމުގައި އުމުރުފުރާ ބަލާނީ ތިރީގައިވާ ތާވަލް އާއި އެއްގޮތަށެވެ.
މަރުހަލާ |
އުމުރުފުރާ |
އެލް.ކޭ.ޖީ |
4 އަހަރު ފުރި 5 އަހަރު ނުފުރޭ |
މިގޮތުން އުމުރުބަލާނީ ސްކޫލަށް ވައްދާ އަހަރުގެ ޖެނުއަރީ 1 ކަށް ފުރިފައިވާ އަހަރަށެވެ. ނަމަވެސް ސްކޫލަށް ވައްދާ އަހަރުގެ 31 މާރޗް އަށް އަހަރު ފުރޭ ކުދިންނަށް ވެސް ފުރުޞަތު ދެވޭނެކަމުގައި ދަންނަވަމެވެ.
ސްކޫލަށް ދަރިވަރުން ވައްދަން އެދޭ ފޯމް ސްކޫލު އޮފީހުން 31 އޮކްޓޫބަރ 2018 ވާ ބުދަ ދުވަހުން (މާދަމާ) ފެށިގެން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.
17 B 1439
30 އޮކްޓޫބަރ 2018