މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ތުޅާދޫގައި އުފެދޭކުނިބުނި ނެގުމުން ކުނިކޮށްޓަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް

ތުޅާދޫ ކައުންސިލުގެ ކުނިމެނޭޖްކުރުމުގެ ފްރޮގްރާމްގައި ރަޖިސްޓްރީކޮށްފައިވާ ގޭގެއިނެގޭ ފަނާވާ އަދި ފަނާނުވާޒާތުގެ ކުނިބުނި ވެހިކަލެއްގައި ކުނިކޮށްޓަށް ގެންގޮސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވެ ލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

#

ތަފްޞީލް

ތާރީޚް

ގަޑި

ތަން

1

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

04 ނޮވެމްބަރ 2018 (އާދިއްތަ)

10:00

ކައުންސިލްއިދާރާ ޖަލްސާކުރާ މާލަން

2

އަންދާސީ ހިސާބު ހުށަހެޅުން

06 ނޮވެމްބަރ 2018 (އަންގާރަ)

10:00

ކައުންސިލްއިދާރާ ޖަލްސާކުރާ މާލަން

 

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރަ ބޭރުގައި "ކުނިއުފުލުމަށް ވެހިކަލެއް ހޯދުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އެގެން އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހެޅޭ އެސްޓިމޭޓްތަކާއި، ކަނޑައެޅިފައިވާ ގަޑީގެފަހުން ހުށަހަޅާ އެސްޓިމޭޓްތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި 6600006 މިނަންބަރާ ގުޅުއްވުން އެދެމެވެ.

30 އޮކްޓޫބަރު 2018
ހޯދާ