މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކޮންސަލްޓަންޓް ބޭނުންވެއްޖެ

އިއުލާން

ހެލްތް ޕްރޮޓެކްޝަން އެޖެންސީގައި ހިންގާ ސީ ޑީ ސީ އިންފުލުއެންޒާ ގްރާންޓްގެ ދަށުން ކޮންސަލްޓަންސީ މަސައްކަތެއް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް

އަރިދަފުސް ރޯގާއާއި އިންފުލުއެންޒާފަދަ ގައިން ގަޔަށް އަރާ ބަލިތަކާއި ބެހޭ ތަފާސް ހިސާބުތައް އެއްކުރުމުގެ ގައުމީ ނިޒާމުތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ފަރާތުން މާލީ އެހީތެރިކަން ހޯދުމަށް ސެންޓަރ ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން(ސީޑީސީ)/އެޓްލާންޓާއަށް 2013 ގައި ވަނީ ޕްރޮޕޯސަލް ހުށަހަޅާ ކާމިޔާބުކޮށްފައެވެ. މިގުރާންޓުގެ ދަށުން އަންނަނިވި ކޮންސަލްޓަންސީ މަސައްކަތްކުރުމަށް ހަމަޖެހިފައިވެއެވެ.

Development of Print and Mass Media Materials for Flu Vaccination Campaign މިމަސައްކަތައް ތައްޔާރުކުރެވިފައިވާ ޓީ އޯ އާރުގެ ދަށުން ކުރަން ބޭނުންވާ މައިގަޑު މަސައްކަތަކީ ޢާންމުންގެ ތެރޭގައި އަހަރަކު އެއްފަހަރު އިންފުލުއެންޒާ ވެކްސިން ޖެހުމުގެ އާދަ އުފެއްދުމަށް މަސައްކަތކުރުމުގެ ގޮތުން މިކަމަށް ހޭލުންތެރިކަން އިތުރުކުރުވުމެވެ. މިގޮތުން ޕްރިންޓް، ސޯޝަލް އަދި މާސް މީޑިޔާ މެދުވެރިކޮށް ހިންގާ ކެމްޕޭނަކަށް ބޭނުންވާ ތަކެތި ފަރުމާކުރުމަށެވެ.

30 އޮކްޓޫބަރު 2018
ހޯދާ