ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުފަންދުވަހުގެ ސެޓްފިކެޓް އަދި އުފަންދުވަހުގެ ރަޖިސްޓްރީ ހެއްދުމާއި އާކުރުމާއިގުޅޭ

އިޢުލާން

 

އުފަންދުވަހުގެ ސެޓްފިކެޓް އަދި އުފަންދުވަހުގެ ރަޖިސްޓްރީ ހެއްދުމާއި އާކުރުމުގެ ފޯމާއި ފީތަކަށް ބަދަލުގެނައުން.

 

            ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ 03 ވަނަ ދައުރުގެ 62 ވަނަ ޢާއްމު ބައްދަލުވުމުން ފާސްކޮށްފައިވާ "ކުމުންދޫ ކައުންސިލުން ހައްދައިދޭ އުފަންދުވަހުގެ ރަޖިސްޓްރީ އަދި އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމުގެ އުޞޫލު" ފާސްކުރުމާއި ގުޅިގެން މިކައުންސިލުން ހައްދައިދޭ އުފަންދުވަހުގެ ރަޖިސްޓްރީ އަދި އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށް ހުށައަޅާފޯމަށާއި އަގުތަކަށް ވަނީ ބަދަލުގެނެވިފައެވެ. މިގޮތުން މިހާރު އަލަށް ތަޢާރަފް ކުރެވުނުފޯމާއި އަގުތަކަށް ގެނެވުނު ބަދަލު ކުމުންދޫ ކައުންސިލްގެ ރިސެޕްޝަނުގައި ބެހެއްޓިފައި ހުންނާނެއެވެ.

ކުމުންދޫ ކައުންސިލުން ހައްދައިދޭ އުފަންދުވަހުގެ ރަޖިސްޓްރީ އަދި އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމުގެ އުޞޫލުގައިވާގޮތުން ބަދަލުގެނެވުނު އަގުތައް ތިރީގައި އެވަނީއެވެ.

 

  1. އުފަންދުވަހުގެ ރަޖިސްޓްރީ ހެއްދުމަށް ޚިދުމަތުގެ ފީ އެއްގެގޮތުގައި -/20 (ވިހިރުފިޔާ) ނެގޭނެއެވެ.
  2. އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށް ޚިދުމަތުގެ ފީ އެއްގެގޮތުގައި -/20 (ވިހިރުފިޔާ) ނެގޭނެއެވެ.
  3. އުފަންދުވަހުގެ ރަޖިސްޓްރީ އާކުރުމަށް ޚިދުމަތުގެ ފީ އެއްގެގޮތުގައި -/20 (ވިހިރުފިޔާ) ނެގޭނެއެވެ.
  4. އުފަންދުވަހުގެ ސެޓްފިކެޓް އާކުރުމަށް  ޚިދުމަތުގެ ފީ އެއްގެގޮތުގައި -/20 (ވިހިރުފިޔާ) ނެގޭނެއެވެ.
  5. އުފަންދުވަހުގެ ރަޖިސްޓްރީ ގެއްލިގެން ނުވަތަ ހަލާކުވެގެން ޚިދުމަތުގެ ފީ އެއްގެގޮތުގައި -/25 (ފަންސަވިސްރުފިޔާ) ނެގޭނެއެވެ.
  6. އުފަންދުވަހުގެ ސެޓްފިކެޓް ގެއްލިގެން ނުވަތަ ހަލާކުވެގެން ޚިދުމަތުގެ ފީ އެއްގެގޮތުގައި -/30 (ތިރިސްރުފިޔާ) ނެގޭނެއެވެ.

 

                        ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

                        15 ޞަފަރު    1440

                        29 އޮކްޓޫބަރ   2018

29 އޮކްޓޫބަރު 2018
ހޯދާ