މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހެނބަދޫ ކައުންސިލް އިދާރާގެ ނޯޓިސްބޯޑް ބެހެއްޓުމަށް ހޯލް ހެދުމާގުޅޭ.

މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލް އިދާރާ

 

                                            ނަންބަރ: IUL)285-D/285/2018/35)

އިޢުލާން

ހެނބަދޫ ކައުންސިލް އިދާރާގެ ނޯޓިސްބޯޑް ބެހެއްޓުމަށް ހޯލް ހެދުމާގުޅޭ.

              ހެނބަދޫ ކައުންސިލްގެ އިދާރާގެ ނޯޓިސްބޯޑް ބެހެއްޓުމަށް ހޯލް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ ކައުންސިލުން ތަކެތި ދިނުމުން މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 07 ނޮވެމްބަރ 2018 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00ށް މި އިދާރާއަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 18 ނޮވެމްބަރ 2018 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00ށް މި އިދާރާއަށްދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

            މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ބޭފުޅަކު ފޮނުއްވާނަމަ އެއީ ބަދަލުގައި ފޮނުއްވި ބޭފުޅެއްކަން އެނގޭނެ ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. އަދި ދަންނަވަމެވެ. މި އިޢުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު( ޤާނޫނު ނަންބަރ: 18/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓައި އިޢުލާން ކުރީމެވެ.

20 މުޙައްރަމް 1439

29 އޮކްޓޯބަރ 2018

                                                   އާދަމް ސަމީރު

                                                        ހެނބަދޫ ކައުންސިލްގެ ރައީސް

29 އޮކްޓޫބަރު 2018
ހޯދާ