ދިވެހިރާއްޖެ
ސަރކިއުލަރ
WAMCO-CRD/CIR/2018/001
ގޭބިސީތަކުން ބިލާގުޅޭ ޝަކުވާ ހުށަހެޅުމާއި ގުޅޭ
ގޭބިސީތަކުން ބިލާ ގުޅޭ ޝަކުވާ ފޯމު ވެމްކޯ އަށް ހުށަހެޅޭނީ ޝަކުވާ ހުށަހަޅަން ބޭނުންވާ މަސް ނިމުމަށްފަހު ފެށޭ މަހުގެ 10 ވަނަ ދުވަހުގެ ކުރިންނެވެ. އެހެންކަމުން، މި މުއްދަތުގެ ފަހުން ހުށަހަޅާ ޝަކުވާ ފޯމުތަކާއި ޝަކުވާ ހުށަހަޅަން ބޭނުންވާ މަސް ނިމުމުގެ ކުރިން ހުށަހަޅާ ފޯމުތައް ބަލައިނުގަންނާނެ ވާހަކަ ކަސްޓަމަރުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
ޝަކުވާ ހުށަހަޅާނީ ވެމްކޯއިން ބިލާ ގުޅޭ ޝަކުވާތައް ހުށަހަޅަން ތައްޔާރުކޮށްފައިވާ ފޯމު މެދުވެރިކޮށެވެ. ފޯމު ލިބެން ހުންނާނީ ވެމްކޯގެ ހެޑް އޮފީސް، ކަސްޓަމަރ ފްރަންޓް އޮފީސްތަކުންނާއި ވެމްކޯގެ ވެބްސައިޓް www.wamco.com.mv އިންނެވެ. ފޯމު ހުށަހަޅާ ތާރީޚުން ފެށިގެން 14 ދުވަހުގެ ތެރޭގައި ހުށަހަޅާ ޝަކުވާތަކަށް ޖަވާބު ލިބޭނެ ވާހަކަ ކަސްޓަމަރުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
މި ސަރކިއުލަރ އަށް ޢަމަލުކުރަން ފަށާނީ 01 އޮގަސްޓު 2018 އިން ފެށިގެންނެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 1666 ގުޅުއްވުން އެދެމެވެ.
17 ޛުލްޤައިދާ 1439
30 ޖުލައި 2018