ދިވެހިރާއްޖެ
މ. މުލަކު ބަނދަރު ސަރަޙައްދުގައި ތެލުގެ ބާވަތްތައް ވިއްކުމަށް 2 ބިމާއި ގޭހުގެ ބާވަތްތައް ވިއްކުމަށް 1 ބިން ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި ބީލަން ހުށަހެޅުމުގެ ފުރުޞަޠު ޢާއްމުކޮށް ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތުދިނުން އޮންނާނީ މިކައުންސިލްގެ ޖަލްސާކުރާ މާލަމްގައެވެ.
| 
 ތަފްޞީލް  | 
 ތާރީޚް  | 
 ދުވަސް  | 
 ގަޑީ  | 
| 
 މަޢުލޫމާތު ދިނުން  | 
 12 ނޮވެމްބަރ 2018  | 
 ހޯމަ  | 
 13:00  | 
| 
 އަންދާސީ ހިސާބު ހުށަހެޅުން  | 
 19 ނޮވެމްބަރ 2018  | 
 ހޯމަ  | 
 13:00  | 
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ. ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް ލިޔުމަކުން މި އިދާރާއަށް ހުށަހަޅުއްވަންވާނެއެވެ. އަދި ހަކަތައިގެ ވިޔަފާރިއަށް ބިން ދޫކުރުމަށް މީގެ ކުރިން ކުރެވެނު މިކައުންސިލްގެ ނަމްބަރ (IUL)364-B/364/2018/36 (06 ސެޕްޓޭމްބަރ 2018) އިޢުލާނު ބާޠިލްކުރެވިފައިވާ ވާހަކަވެސް ދެންނެވީމެވެ.
