ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
ޅެން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލުން

`

 

ދިވެހިބަހުގެ އެކެޑަމީ

      މާލެ،

    ދިވެހިރާއްޖެ.                                        ނަންބަރު: IUL)430-DBA-B/1/2018/21)

 

އިޢުލާނު

 

 

                 ދުނިޔޭގެ އެންޓިކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި އެންޓިކޮރަޕްޝަން ކޮމިޝަނުން މި އެކެޑެމީއާ ގުޅިގެން ނެރުމަށް ހަމަޖައްސަވައިފައިވާ ޚާއްޞަ ޅެންފޮތް (އަބާންނަ)އަށް ޅެން ހެދުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވައިލައިފީމެވެ.

                 މި ފޮތަށް ހަދާ ޅެންޅެމުގެ ބަސްމަގު ބަހައްޓަން ވާނީ އުމުރުން 7 އަހަރާއި 10 އަހަރާ ދެމެދުގެ ކުދީންނާ ގުޅޭ ގޮތަށެވެ. ޅެމުގެ މައުޟޫޢު ބިނާ ކުރާން ވާނީ ނަޒާހަތްތެރި ކަމުގެ ސިފައަކަށް ނުވަތަ ސިފަތަކެއްގެ މައްޗަށެވެ. އެފަދަ ބައެއް ސިފަތައް ތިރީގައި އެ ވަނީއެވެ.

  1. ތެދުވެރިވުން
  2. ވަފާތެރިވުން
  3. އަމާނާތްތެރިވުން
  4. އިޚްލާޞްތެރިވުން
  5. އަދަބުވެރިވުން
  6. އަދަބު އިޙްތިރާމްކުރުން
  7. އިހުސާންތެރިވުން
  8. ޒިންމާދާރުވުން
  9. ޖަވާބުދާރީވުން
  10. ދެފުށްފެންނަގޮތަށް ކަންކުރުން
  11. އަދުލުވެރިވުން
  12. ތަފާތު ނުކުރުން

               މި ނޫނަސް މިފަދަ ރިވެތި އަޚްލާޤީ ސިފަތަކުގެ މައްޗަށް ޅެން ހެދިދާނެއެވެ. އަބާންނައަށް ހަދާ ޅެންތައް ހަދަން ވާނީ 8 ބައިތާ 15 ބައިތާ ދެމެދަށެވެ. ޅެންވެރިޔަކަށް އެއް ޅެމަށް ވުރެ ގިނަ ޅެން ވެސް ހަދައިފައި ހުށަހެޅިދާނެއެވެ. ހުށަހަޅާ ޅެންތަކުގައި ޅެން ހެދި ޅެންވެރިޔެއްގެ ނަމާއި އައިޑީކާޑު ނަންބަރާއި ގުޅޭނޭ ފޯނު ނަންބަރު ޖަހަންވާނެއެވެ. ހުށަހަޅާ ޅެންތަކުގެ ތެރެއިން އަބާންނައިގައި ޖަހާނެ ޅެން ހޮވާނީ އެކެޑެމީންނެވެ. މި ޅެންތައް ހޮވުމުގައި ޅެންވެރިކަމުގެ ހަމަތަކާއި ދިވެހިބަހުގެ ގަވާއިދާއި ހަމަތަކާއި އުސޫލުތަކަށް ޅެންތަކުގެ ބަސްމަގަށް ބެލޭނެއެވެ.

               ވީމާ އަބާންނައިގައި ޖަހަން ހަދާ ޅެންތައް މި އެކެޑަމީގެ އީމޭލް [email protected]އަށް ނުވަތަ އެކެޑެމީގެ އިސްތިގުބާލަށް ހުށަހެޅުން އެދެމެވެ.  އިތުރު މަޢުލޫމާތު ސާފުކުރައްވަން 7733999އަށް ގުޅުން އެދެމެވެ. ޅެން ހުށަހެޅުމުގެ ސުންގަޑިއަކީ 2018 ނޮވެންބަރު 5ވަނަ ދުވަހުގެ 14:00 އެވެ.

28 އޮކްޓޫބަރު 2018
ހޯދާ