ދިވެހިރާއްޖެ
މިއިދާރާގެ ނަންބަރ: A-381/I/2018/39 ( 26 އޮގަސްޓް 2018 ) ގައި ކުޑަހުވަދޫގެ އިޖުތިމާއީ ސަރަޙައްދުތައް ސާފުކުރުމާއި، ކުނިގޮނޑު ބެލެހެއްޓުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ ބިދޭސީން ގެނެސްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން ބާތިލްކޮށް މިއިދާރާއިން ދޭމަޢުލޫމާތާއި އެއްގޮތަށް 12 ބިދޭސީން ގެނެސްދޭނެ ފަރާތެއްބޭނުން ވެއްޖެއެވެ.
ވީމާ، މިކަން ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިދަންނަވާ ތާރީޚްގައި މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްފަހު އަންދާސީހިސާބު ހުށައަޅުންވަން ޖެހޭތާރީޚަށް އަންދާސީ ހިސާބް ހުށަހެޅުން އެދެމެވެ.
މައުލޫމާތު ދިނުން :2018 ނޮވެމްބަރ 6 ވަނަ ދުވަހު 13:30 ގައި ދ.ކުޑަހުވަދޫ މަލްޓިޕާރޕަސް ބިލްޑިންގެ ގެ ސެމިނާރޫމް 1 ގައެވެ.
އަންދާސީ ހިސާބް ހުށަހެޅުން : 2018 ނޮވެމްބަރ 8 ވަނަ ދުވަހު 13:30 ގައި ދ.ކުޑަހުވަދޫ މަލްޓިޕާރޕަސް ބިލްޑިންގެ ގެ ސެމިނާރޫމް 1 ގައެވެ.
މިގޮތުން މިކަމަށް ކުރިމަތިލައްވާ ފަރާތަކީ މިފަދަ ޚިދުމަތް ދިނުމަށް ރަޖިސްޓްރީކޮށް ސަރުކާރުގެ އިދާރާއަކުން ހުއްދަދޫކޮއްފައިވާ ފަރާތްތަކަށް ވާންޖެހޭނެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި ބީލަންހުށަހެޅުމަށް ހާޒިރުވާފަރާތްތަކުން އެބޭފުޅަކު ތަމްސީލްކުރަށްވަނީ ކޮން ފަރާތެއްކަން އެގޭނެ ސިޓީއެއް ހުށައަޅުންވާނެއެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ކޮންމެފަރާތަކަށްވެސް ތަމްސީލްކުރެވޭނީ އެއްފަރާތެކެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައި ނުގަންނަވާ ފަރާތްތަކުން ހުށައަޅާބީލަމާއި އަދި ގަޑިޖެހުމުގެ ފަހުން ހުށައަޅުއްވާ ބީލަން ބަލައިނުގަނެވޭނެ ވާހަކަދެންނެވީމެވެ. މިކަމާ ގުޅޭގޮތުން އިތުރުމަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ ރަސްމީގައިޑީގައި މިއިދާރާގެ ނަންބަރ 6760667 ، 6760622 އާއި ގުޅުއްވުންއެދެމެވެ.
އަދި ދަންނަވަމެވެ. މަތީގައި ބަޔާންކުރެވެފައިވާ މަސައްކަތް ކުރެއްވުމަށް ބީލަން ހުށައަޅުއްވާ ފަރާތްތަކުގެ ތެރެއިން ބިޑްއެވޯޑް ކުރެވޭނީ ތިރީގައި ބަޔާންކުރާ ނުކުތާތަކަށް ކަނޑައެޅިފައިވާ އިންސައްތައިން މާކުސްދީގެން، އެންމެ މަތީމާކުސް ލިބިފައިވާފަރާތަށެވެ.
އަގު |
70% |
މުއްދަތު |
15% |
ޕްރޮފައިލް |
5% |
ތަޖުރިބާ |
10% |