ދިވެހިރާއްޖެ
146-A1/2018/156:ނަންބަރު
އިޢުލާން
މަޤާމު: |
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ |
ބޭނުންވާ ޢަދަދު : |
01 (އެކެއް) |
މަޤާމުގެ ކްލެސިފިކޭޝަން: |
ސީނިއަރ އޮފިސަރ ގްރޭޑް 1 |
މަޤާމުގެ ރޭންކް: |
އެމް.އެސް 01 |
މަސައްކަތްކުރަންޖެހޭ ތަން: |
ފެމިލީކޯޓު / ޕްރޮކިއުމަންޓް، ސްޓޮކް އެންޑް މެއިންޓެނެންސް |
އަސާސީ މުސާރަ: |
5610.00 ރުފިޔާ |
އެލަވަންސްތަކާއި ޢިނާޔަތްތައް: |
- ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ. - ލިވިންގ އެލަވަންސް: މަހަކު -/2700 ރުފިޔާ. - ޖުޑީޝަލް އެލަވަންސް: ޖުޑީޝަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %40 (މަހަކު). - އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ. |
މަޤާމުގެ އަސާސީ ޝަރުތު: |
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށް ދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން ، ނުވަތަ - މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބެމުން ދިޔުމާއެކު، GS4 ރޭންކްގައި މަދުވެގެން 03 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- ކޯޓަށް ބޭނުންވާ ހުރިހާ ބާވަތެއްގެ މުދަލާއި ތަކެތި ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ހޯދާ ތަކެތި ސްޓޮކާއި ޙަވާލުކުރުން. - ކޯޓަށް ގަންނަންޖެހޭ ތަކެތި ގަތުމަށްޓަކައި 3 ފަރާތުން އެތަކެތީގެ އަގުބަލާ، އަގުތައް އިވެލުއޭޓްކުރުމަށްފަހު ތަކެތި ގަތުމަށް އެދޭފޯމު ތައްޔާރުކޮށް ބަޖެޓް ސެކްޝަނަށް ހުށަހެޅުމާއި ތަކެތި ގަތުމުގެ ކަންކަން އަވަސްކުރުމަށްޓަކައި ބަޖެޓް ސެކްޝަނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން. - ކޯޓަށް ބޭނުންވާ ތަކެތި ގަތުމަށާއި ޚިދުމަތްތައް ހޯދުމަށް ފޮނުވަންޖެހޭ ޕާރޗޭސް އޯޑަރ ތައްޔާރުކޮށް ޚިދުމަތްދޭ ފަރާތާ ޙަވާލުކުރުން. - ކޯޓަށް ބޭނުންވާ ޚިދުމަތްތައް ހޯދުމަށް ތައްޔާރުކުރެވޭ ޕާރޗޭސް އޯޑަރ އާއި އެހެނިހެން ލިޔެކިޔުންތައް ހަމަކޮށް ބަޖެޓް ސެކްޝަނަށް ފޮނުވުމާއި އެފަރާތްތަކަށް ފައިސާ ދައްކާތޯ ކަށަވަރުކުރުން. - މަސައްކަތާ ގުޅިގެން ތައްޔާރުކުރަންޖެހޭ އެކިއެކި ލިޔެކިޔުންތައް ސުޕަވައިޒަރުގެ ޢިރުޝާދާއެކު ތައްޔާރުކުރުން. - ކޯޓުން ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ކުރުމަށް މީހުން ހޯދައި އެމަސައްކަތްތައް ކުރުވުން. - ނީލަމަށް ފޮނުވަންޖެހޭ ތަކެތި ނީލަމަށް ފޮނުވުމާއި ނީލަމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ޢަމަލީގޮތުން ކުރުން. - މީގެ އިތުރުން ވަޒީފާ ބަޔާނުގައި ހިމެނިފައިނުވިނަމަވެސް ހާލަތު ނިޔާކުރާގޮތުން ޙަވާލުކުރެވޭ އިތުރު މަސައްކަތްތައް ކުރުން. |
ހުށަހަޅަންޖެހޭ ތަކެތި: |
- ވަޒީފާއަށް އެދޭ ފޯމް (މިކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޯޓުގެ ވެބްސައިޓްwww.familycourt.gov.mv (http://www.familycourt.gov.mv) އިން މި ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ.) - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - ކުރިމަތިލާ ފަރާތުގެ ވަނަވަރު. - މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާސްކްރިޕްޓްގެ ކޮޕީ. - އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައި ވީ މުއްދަތާއި، މަސްޢޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ. - ފާއިތުވީ ދެއަހަރު ދުވަހުގެ މަސައްކަތު ފެންވަރު ބަލާފައިވާ ފޯމްގެ ކޮޕީ (މިފޯމު ހުށަހަޅަންޖެހޭނީ ހަމައެކަނި ދެވަނަ ޝަރުޠައް ބަލައި ޝަރުޠުހަމަވާ ފަރާތްތަކުން) - ފޯމާއެކު ހުށަހަޅަން ޖެހޭނެކަމަށް އިޢުލާންގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ހުށަހަޅާފައިނުވާނަމަ، އެފޯމެއް ބާޠިލް ކުރެވޭނެއެވެ. - ނޯޓް: ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަރވިއުއަށް ހޮވޭ ފަރާތްތަކުގެ އެކަންޏެވެ. މިގޮތުން އިންޓަރވިއުއަށް ހޮވޭ ފަރާތްތައް އިންޓަރވިއުއަށް ޙާޟިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ. - އެޓެސްޓް ކޮށްފައިނުވާ ލިޔެކިޔުންތައް ވެސް އެޕްލިކޭޝަން އާއެކު ބަލައިގަންނާނެއެވެ. އެޓެސްޓް ކޮށްފައިވާ ލިޔުމެއްގެ ކޮޕީ ހުށަހަޅާނަމަ ހުށަހަޅަންވާނީ ރަނގަޅަށް އެޓެސްޓް ކޮށްފައިވާ ލިޔުމެއްގެ ކޮޕީއެވެ. |
ސުންގަޑި: |
08 ނޮވެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން |
އިތުރު މަޢުލޫމާތު: |
- މިމަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވާނީ މަޤާމުގެ ވާޖިބުތައް އަދާކުރެވޭނެކަމަށް އިންޓަރވިއުގައި ސާބިތުކޮށްދޭ ފަރާތްތަކުގެ ތެރެއިންނެވެ. - މިމަޤާމަށްއެދި ހުށަހަޅާ ފޯމްތަކުގެ ތެރެއިން އިޢުލާނާއި އެއްގޮތަށް ޝަރުތުފުރިހަމަ ނުވާކަމަށް މިކޯޓުގެ އެޗް.އާރު ކޮމިޓީއަށް ފެންނަ ފޯމްތައް ކެންސަލް ކުރެވޭނެއެވެ. - ނޯޓް: މިވަޒީފާ އަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި،އެޗް.އާރު ކޮމިޓީއިން ކަނޑައަޅާ އަދަދަކަށް އިންޓަރވިއު ކުރާނެ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ. |