ދިވެހިރާއްޖެ
އިޢުލާން
ވޭސްޓްމެނޭޖްމެންޓް ސެންޓަރ ކޮންޓްރެކްޓް އުޞޫލުން ހިންގައި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން މިހާތަނަށް ކުރެވުނު އެންމެހާ އިޢުލާންތައް ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވޭސްޓްމެނޭޖްމެންޓް ސެންޓަރ ކޮންޓްރެކްޓް އުސޫލުން ހިންގާ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމާއި ބެހޭ
ވޭސްޓްމެނޭޖްމަންޓް ސެންޓަރއަށް ރަށުގެ އެކިތަންތަނުން (ގޭބީސީތާކާއި ވިޔަފާރިކުރާ ތަންތަނާއި، އޮފީސްތަކާއި، އެހެނިހެން ތަންތަނުން) ކުނިކަލެކްޓްކޮށް ވޭސްޓް މެނޭޖްމަންޓް ސެންޓަރ އަށް ޖަމާކޮށް ކުނިމެނޭޖްކުރުމާއި، ވޭސްޓްމެނޭޖްމަންޓަ ސެންޓަރ ކޮންޓްރެކްޓް އުސޫލުން ހިންގާ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފްކުރެއްވުމަށް ކަނޑަ އެޅިފައިވާ ތާރީޚާއި ގަޑިއަށް މިއިދާރާއަށް ޙާޒިރުވެ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފްކުރެއްވުމަށް މިއިދާރާއަށް ޙާޟިރުނުވާ ފަރާތްތަކުގެ އެސްޓިމޭޓް ބަލައިގަނެވެން ނޯންނާނެ ވާހަކަ މިފުރުސަތުގައި ދެންނެވީމެވެ.
ތަން |
ވަގުތު |
ދުވަސް |
ތާރީޚް |
|
މަޑަވެލި ކައުންސިލްގެ މީޓިން ރޫމް |
13:00 |
ބުރާސްފަތި |
08 ނޮވެމްބަރ 2018 |
މަޢުލޫމާތު ދިނުން |
މަޑަވެލި ކައުންސިލްގެ މީޓިން ރޫމް |
10:00 |
އަންގާރަ |
13 ނޮވެމްބަރ 2018 |
ބީލަން ހުށަހެޅުން |
މާރކްސް ދިނުމުގައި ބަލާނެ އުސޫލު |
|
|
90% |
|
05% |
|
05% |
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.