މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
އިޢުލާން ނަންބަރު: 216MPAO/IUL/2018/45 ގެ އިޞްލާޙް

216-MPAO/IUL/2018/46 :ނަންބަރު

 

އިޢުލާން ނަންބަރު: 216MPAO/IUL/2018/45 ގެ އިޞްލާޙް

 

މިއީ 23 އޮކްޓޫބަރު 2018ގައި ގެޒެޓް ކުރެވުނު "ޕެންޝަން އޮފީހާއި ގުޅޭ ގޮތުން ފޮތެއް ލިޔުން" މިއިޢުލާނުގައިވާ މައުލޫމާތު ސެޝަން ބާއްވަން ހަމަޖެހިފައިވާ ތާރީޚް 06 ނޮވެމްބަރު 2018 އަށް އަދި ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ކަނޑައަޅާފައި ތާރީޚް 19  ނޮވެމްބަރު 2018 ބަދަލުވެފައިވާތީ ގެޒެޓް ކުރެވޭ އިސްލާހެކެވެ.

 

އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު

 

ޕެންޝަން އޮފީހާއި ގުޅޭ ގޮތުން ފޮތެއް ލިޔުން

މޯލްޑިވްސް ޕެންޝަން އޮފީހުގެ 10 އަހަރުގެ ތާރީޚަށް ބިނާކޮށް މި އޮފީހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ފޮތެއް ލިޔުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އެފުރުޞަތު ދެވެން ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ.

 

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:

ތާރީޚު: 06 ނޮވެމްބަރ 2018 ވާ އަންގާރަ ދުވަހުގެ 11:00

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ސިޓީ ސްކޮއަރ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު)

 

ޕްރޮޕޯސަލް ބަލައިގަތުން:

ތާރީޚު: 19 ނޮވެމްބަރ 2018 ވާ ހޯމަ ދުވަހުގެ 11:00 ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ސިޓީ ސްކޮއަރ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު)

 

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހުގެ ނަންބަރު 1441 އާ ގުޅުއްވުން އެދެމެވެ. އަދި އީމެއިލް އިންނަމަ [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

16  ޞަފަރު 1440 ހ

25  އޮކްޓޫބަރު 2018 މ

 

 

25 އޮކްޓޫބަރު 2018
ހޯދާ