ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިއްދޫ އާ ޕްރީސްކޫލްގެ މަރާމާތުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

ހއ ދިއްދޫގައި އަލަށް ޢިމާރާތްކުރެވެމުންދާ ޕްރީސްކޫލްގައި ކުރަން ހުރި ބައެއް މަރާމާތުތަކާއި އަޕްގްރޭޑިންގ ގެ މަސައްކަތްތައް މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 1 ނޮވެމްބަރު 2018 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މި އިދާރާގައި ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 12 ނޮވެމްބަރު 2018 ވާ ހޯމަ ދުވަހުގެ 14:00 ގައި މި އިދާރާގައި ބާއްވާ އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

އަދި ދަންނަވަމެވެ. މި އަންދާސީ ހިސާބުގެ މަޢުލޫމާތު ދިނުމާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމާ ބެހޭ ގޮތުން މި ކައުންސިލުން ޢަމަލުކުރާނެ އުސޫލު ތިރީގައި މި ދަންނަވަނީއެވެ.

  1. އަންދާސީ ހިސާބުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވޭނީ، ކަނޑައެޅިފައިވާ ގަޑީގެ ކުރިން ނުވަތަ ކަނޑައެޅިފައިވާ ގަޑިއަށް ޙާޟިރުވެ ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. ކަނޑައެޅިފައިވާ ގަޑީގެ ފަހުން އެންމެ ސިކުންތެއް ހިނގި ކަމުގައިވިޔަސް، ބެލެވޭނީ ގަޑި ޖެހުނު ކަމަށެވެ. އަދި އެ ގޮތަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތެއް ނޭރުވޭނެއެވެ.
  2. އަންދާސީ ހިސާބުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށް ވެސް ތަމްޞީލްކުރެއްވޭނީ އެންމެ ފަރާތެއް ނުވަތަ އެންމެ ވިޔަފާރިއެވެ. އަދި އެއްވެސް ފަރާތަކަށް 2 ފަރާތް ނުވަތަ 2 ވިޔަފާރި މި ބައްދަލުވުންތަކުގައި ތަމްޞީލެއް ނުކުރެވޭނެއެވެ. އަދި އެ ގޮތަށް އަންދާސީ ހިސާބު ވެސް ހުށައެއް ނޭޅުއްވޭނެއެވެ.
  3. އަންދާސީ ހިސާބުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައާއި، އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅެއް ތަމްޞީލްކުރައްވަނީ، އެ ބޭފުޅެއްގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ނަމަ، އެ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީއެއް މި 2 ބައްދަލުވުމަށް ވެސް ހުށަހަޅުއްވަން ވާނެއެވެ. މި ތަކެތި ނުގެންނަވާ ބޭފުޅުންނަށް މި ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައެއް ނުގަންނަވާނެއެވެ. އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރެވިފައި ނެތް އަމިއްލަ ފަރުދުންނަށް ވެސް މި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމާއި އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައެއް ނުގަންނަވާނެއެވެ.
  4. އަންދާސީ ހިސާބުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅެއް ތަމްޞީލްކުރައްވަނީ ޕާޓްނަރޝިޕެއް ނަމަ، އެ ޕާޓްނަރޝިޕްގެ ފަރާތުން އެކަން ބަޔާންކުރައްވާފައި އެ ބޭފުޅަކަށް ދެއްވާފައިވާ ސިޓީއެއް ނުވަތަ ލިޔުމަކާއި، ޕާޓްނަރޝިޕްގެ ރަޖިސްޓްރީގެ ކޮޕީއަކާއި، ބައްދަލުވުމަށް ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑެންޓިޓީ ކާޑުގެ ކޮޕީއެއް މި 2 ބައްދަލުވުމަށް ވެސް ހުށަހަޅުއްވަން ވާނެއެވެ. މި ތަކެތި ނުގެންނަވާ ބޭފުޅުންނަށް މި ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައެއް ނުގަންނަވާނެއެވެ.
  5. އަންދާސީ ހިސާބުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅެއް ތަމްޞީލްކުރައްވަނީ ޕްރައިވެޓް/ޕަބްލިކް ކުންފުންޏެއް ނަމަ، ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ނަމަ، އެ ކުންފުންޏެއްގެ ނުވަތަ ކޯޕަރޭޓިވް ސޮސައިޓީގެ ފަރާތުން އެކަން ބަޔާންކުރައްވާފައި އެ ބޭފުޅަކަށް ދެއްވާފައިވާ ބޯޑް ރިޒޮލިއުޝަން ނުވަތަ ސިޓީއެއް ނުވަތަ ލިޔުމަކާއި، ކުންފުނީގެ ނުވަތަ ކޯޕަރޭޓިވް ސޮސައިޓީގެ ރަޖިސްޓްރީގެ ކޮޕީއަކާއި، ބައްދަލުވުމަށް ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑެންޓިޓީ ކާޑުގެ ކޮޕީއެއް މި 2 ބައްދަލުވުމަށް ވެސް ހުށަހަޅުއްވަން ވާނެއެވެ. މި ތަކެތި ނުގެންނަވާ ބޭފުޅުންނަށް މި ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައެއް ނުގަންނަވާނެއެވެ.
  6. މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގެންފައި ނުވާ ފަރާތްތަކަށާއި، މި އުސޫލުގެ 1 ވަނަ ނަންބަރުގައިވާ ބުނެފައިވާ ގޮތަށް ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އަދި މި އުސޫލުގެ 3، 4، އަދި 5 ވަނަ ނަންބަރުގައިވާ ލިޔުންތައް ހުށަނާޅުއްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

24 އޮކްޓޫބަރު 2018
ހޯދާ