ދިވެހިރާއްޖެ
01 ނޮވެމްބަރު 2018 އިން ފެށިގެން މިއިދާރައިންދޭ ބައެއްޚިދުމަތްތަކުން އަގު ނަގާގޮތަށް މިކައުންސިލްގެ ނަންބަރު 39/2018 ޖަލްސާއިން ވަނީ ފާސްކޮށްފައެވެ. އަދި އަގު ނަގާނެ ޚިދުމަތްތަކާއި ، އަގުތައް ތިރީގައި އެވަނީއެވެ.އަގުތައް ކަނޑައަޅާފައި އެވަނީ ލިޔުމުގައި ޖަހަން ޖެހޭ ސްޓޭޕްގެ އަގު ނުހިމަނައެވެ.
# |
ޚިދުމަތް |
އަގު |
01 |
އޮޑިދޯނިފަހަރުގެ ސަލާމަތީ ހެއްދުމަށް ކޮންމެ ސެޓްފިކެޓަކަށް |
-/50 ރުފިޔާ |
02 |
މަސްވެރިކަމުގެ ލައިސަންސް ކޮންމެ ލައިސަންސަކަށް |
-/50 ރުފިޔާ |
03 |
އުފަންދުވަހުގެ ރަޖިސްޓްރި އަލަށް ހެއްދުމަށް |
-/25 ރުފިޔާ |
04 |
އުފަންދުވަހުގެ ރަޖިސްޓްރި ގެއްލިގެން ހެއްދުމަށް |
-/30 ރުފިޔާ |
05 |
ގޯތީގެ ރަޖިސްޓްރީ އަލަށް ހެއްދުމަށް |
-/25 ރުފިޔާ |
06 |
ގޯތީގެ ރަޖިސްޓްރީ ގެއްލިގެން ހެއްދުމަށް |
-/50 ރުފިޔާ |
07 |
އިމާރާތާއި ގޯތީގެ ރަޖިސްޓްރީ އަލަށް ހެއްދުމަށް |
-/50 ރުފިޔާ |
08 |
އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ގެއްލިގެން ހެއްދުމަށް |
-/75 ރުފިޔާ |
09 |
ރަށްވެހިންގެ ރަޖިސްޓްރީ އަލަށް ހެއްދުމަށް |
-/25 ރުފިޔާ |
10 |
ރަށްވެހިންގެ ރަޖިސްޓްރީ ގެއްލިގެން ނުވަތަ ހަލާކުވެގެން އާކުރުމަށް |
-/50 ރުފިޔާ |
11 |
އައި.ޑީ ކާޑު ހެއްދުމަށް ކޮންމެ ކާޑަކަށް |
-/25 ރުފިޔާ |
12 |
ސެޓްފިކެޓްތަކާއި ލިޔުންތައް އެޓެސްޓް ކުރުން ކޮންމެ ކޮޕީއަކަށް |
-/2 ރުފިޔާ |
ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.