މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖުގެ ދަށުން ޕޫލަށް މީހުންނެގުމާއި ބެހޭ

އިޢުލާން

ވޭޖުގެ ދަށުން ޕޫލަށް މީހުން ނެގުމާއި ބެހޭ

                     މިރަށުގެ މިސްކިތްތަކުގެ އިމާމުން، މުދިމުން އަދި މިސްކިތު މަސައްކަތު މީހުން ވަގުތީ ގޮތުން ގެންގުޅެންޖެހޭ ޙާލަތްތަކުގައި (ސަލާމްބުނުން، ޢާއިލީޒިއްމާ ޗުއްޓީއާއި އަހަރީ ޗުއްޓީނެގުމުން) ވޭޖުގެ އުޞޫލުން މަސައްކަތްކުރުމަށް ޕޫލެއް އެކުލަވާލަން ބޭނުންވެއެވެ. މިކަމަށް އެދޭ ފަރާތަކީ އިމާމު ނުވަތަ މުދިމު ކަމުގެ މަސްޢޫލިއްޔަތު (ފަރުޟު 5 ނަމާދު ވަގުތަށް ބަންގިގޮވުމާއި އިމާމުވެ ނަމާދުކުރުން) ފުރިހަމައަށް އަދާކުރެވޭނެ ފަރާތަކަށް ވާންވާނެއެވެ. އަދި މަސައްކަތު މީހެއްގެ މަސްޢޫލިއްޔަތު އަދާކުރުމަށް ހުށަހަޅާ ފަރާތަކީ މިސްކިތް ފޮޅާ ސާފުކޮށް ބެލެހެއްޓޭވަރުގެ މީހަކަށް ވާންޖެހޭނެއެވެ.

                     ވީމާ، މި ޕޫލްގައި ރަޖިސްޓްރީވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 01 ނޮވެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީ ވުމަށް ބޭނުންވާ މަޤާމް ބަޔާންކޮށް ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ހުށަހެޅުއްވުން އެދެމެވެ.

ތިރީގައި އެވަނީ ވޭޖް/ ޕޫލް މަޤާމުތަކާއި ބޭނުންވާ ޢަދަދާއި އެމަޤާމުގެ އުޖޫރައާއި ޝަރުޠު އަދި ފޯމާއި އެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލެވެ.

މަޤާމް

ޢަދަދު

އުޖޫރަ

ޝަރުޠު

އިމާމު ( (GS3

05

އިމާމު ސަނަދުއޮތްނަމަ -/61 ނަމާދުކުރާ ވަގުތަށް

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މުދިމު ކަމުގެ ސަނަދު ލިބިފައިވުން، ނުވަތަ ހުކުރު ކުރުމުގެ ހުއްދަލިބިފައިވުން، ނުވަތަ ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާޞިލްކޮށްފައިވުން

މުދިމު (GS1)

މުދިމް ސަނަދުނެތްނަމަ -/53 ނަމާދުކުރާ ވަގުތަށް

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އިމާމުވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި، އިމާމުވެ ނަމާދު ކުރެވޭވަރަށް ތަޖުވީދު މަގުން ކީރިތި ޤުރުއާން ކިޔަވަން އެނގޭތޯ ބެލުމަށް ދެވޭ ފެންވަރު ބެލުމުގެ އިމްތިޙާނުން ފާސް ވެފައިވުން، ނުވަތަ ހުކުރު ކުރުމުގެ ހުއްދަ ލިބިފައިވުން

މަސައްކަތު (SS1)

02

މަސައްކަތްކުރާ ގަޑިއަކަށް -/45 (ދުވާލަކު 5 ގަޑިއިރު)

ލިޔަންކިޔަން އެގުން (ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމި ކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.)

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި ރ. މަޑުއްވަރީ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  5. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ
  6. ދަށްވެގެން ގްރޭޑް 5 ނިންމި ކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުން

މި މަޤާމްތަކަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 04 ނޮވެމްބަރ 2018 އާއި 08 ނޮވެމްބަރ 2018 އާ ދެމެދު، މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާގައެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580026 ނަންބަރު ފޯނާއެވެ. ފެކްސްކުރާނެ ނަންބަރަކީ 6580034 އެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

 

24 އޮކްޓޫބަރު 2018
ހޯދާ