ދިވެހިރާއްޖެ
ނަންބަރު:(IUL)412/412/2018/20
ވަޒީފާގެ ފުރުޞަތު
ވަގުތީ މިސްކިތު މަސައްކަތު މީހަކު ހޯދުމަށް:
ކޮނޑޭގެ މިސްކިތްތަކުގެ ދާއިމީ މުވައްޒަފުން ޗުއްޓީ ނެގުމުންނާއި، ސަލާމްބުނުމުން ނުވަތަ ޢާއިލީ ޒިންމާގެ ޗުއްޓީ ނެގުމުން ނުވަތަ ދާއިމީ މުވައްޒަފުން ވަޒީފާއިން ވަކިވުމުން އެމަޤާމަށް މުވައްޒަފަކު ހަމަޖެއްސުމަށް ނަގާ މުއްދަތުގައި ވޭޖް އެންޕްލޯމެންޓް އުސޫލުން މަސައްކަތް ކުރުމަށް މުވައްޒަފުން ބޭނުންވެއްވެއެވެ.
މަޤާމް: މަސައްކަތު
ގިންތި: ވޭޖް އެންޕްލޯއިމެންޓް
ބޭނުންވާ އަދަދު: 01
މުސާރަ/ އުޖޫރަ: މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް 45 (ސާޅީސް ފަސް) ރުފިޔާ.
ރޭންކް : އެސް.އެސް 1
މަސައްކަތް ކުރަންޖެހޭ ތަން: ކޮނޑޭގެ މިސްކިތްތަށް
މަޤާމްގެ މަސްޢޫލިއްޔަތު:
- ކޮންމެ ނަމާދު ވަގުތަކަށް މިސްކިތަށް ހާޟިރުވެ މިސްކިތް ފޮޅައި ސާފް ކުރުން.
- މިސްކިތުގެ ދޮރުތަކުގެ ބިއްލޫރި ސާފް ކުރުން.
- މިސްކިތުގެ ފަންކާތަށް ސާފް ކުރުން.
- މިސްކިތްގެ ވުޟޫކުރާ ތަނާއި، ފާޚާނާތަށް ސާފްކޮށް ބެލެހެއްޓުން.
- މިސްކިތްގެ ގޯތިތެރެއާއި، ވަށައިގެންވާ މަގުތަށް ސާފްކޮށް ބެލެހެއްޓުން.
ހުށަހަޅަންޖެހޭ ލިޔުންތަށް:
- ވަޒީފާއަށް އެދޭ ފޯމް (ފޯމް މިއިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެވެ.)
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ)
- މަޤާމާއި ގުޅޭ މަސައްކަތު ތަޖުރިބާ އަންގައިދޭ ލިޔުން.
- ސްކޫލް ލީވިންގ ސެޓްފިކެޓް ކޮޕީ (އަސްލާއި އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ)
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ
ވީމާ، ދެންނެވުނު ވަޒީފާގައި ވޭޖް އެންޕްލޯއިމަންޓް އުސޫލުން މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2018 އޮކްޓޯބަރ 31 ވަނަ ދުވަހުގެ 13:00 ގެ ކުރިން ބަޔާންކޮށްފައިވާ ލިޔެކިއުންތަށް ހުށަހެޅުއްވުން އެދެމެވެ.
23 އޮކްޓޯބަރ 2018