ދިވެހިރާއްޖެ
އިޢުލާން
ދިގު މުއްދަތަށް ބިން ކުއްޔަށް ދޫކުރުމާގުޅޭ
މިކައުންސިލުން ކުރިން ދިގުމުއްދަތަށް ކުއްޔަށް ދޫކޮށްފައިވާ ތިރީގައިވާ ދެ ބިމުގެ އެއްބަސްވުން ބާތިލުކޮށްފައިވާތީ އަލުން އެބިންތައް ކުއްޔަށް ދޫކުރަން ބޭނުންވެއެވެ. ކުއްޔަށް ދޫކުރާ ބިންތަކުގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.
# |
ބްލޮކް ނަމްބަރ |
ބިން އޮތް ސަރަޙައްދު |
ބިމުގައި ކުރަން ކަނޑައަޅާ މަސައްކަތް |
ކުއްޔަށް ދޭ މުއްދަތު |
1 |
N-6 |
ބަނދަރުގެ ހުޅަނގުން |
ތެލާއި ގޭހުގެ ވިޔަފާރި އާއި މަސްކައްކާ ހިއްކުން ފިޔަވާ އެހެން ވިޔަފާރިކުރުމަށް |
10 އަހަރު |
2 |
N-7 |
ބަށިކޯޓްގެ އުތުރުން |
ތެޔޮ ވިއްކުމަށް |
10 އަހަރު |
ބިންތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 ނޮވެމްބަރ 01 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 ނޮވެމްބަރ 08 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ ބިޑު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކޮށް ބިޑު ހުށަހެޅޭނީ ކޮންމެ ފަރުދަކަށްވެސް އެއް ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކޮށް ބިޑް ހުށަހެޅޭނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކަށެވެ.
މިހާރު މިރަށުން ކުލީ ބިމެއް ނަގާފައިވާ އެއްވެސް ފަރާތަކަށް މިބިންތަކަށް ބިޑް ނުކުރެވޭނެއެވެ. އަދި ވިޔަފާރީގެ ވެރިފަރާތް ފިޔަވައި އެހެން ފަރާތެއް މަޢުލޫމާތު ސާފުކުރުމަށާއި ބިޑް ހުށަހެޅުމަށް ވަޑައިގަންނަވާނަމަ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްކަން އަންގައިދޭ ލިޔުމެއް ގެންނަވަންވާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރު 6580026 އާއި ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.