ދިވެހިރާއްޖެ
މިކޮމިޝަނުގެ ނަންބަރު:A)CA-2013/764)ފ(15 ޑިސެންބަރު 2013) ގެ އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ.
ވޯޓުފޮށި ނުބަހައްޓާގޮތަށް ހަމަޖެއްސުން
2014 ޖަނަވަރީ 18 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުފޮށި ބެހެއްޓުމަށް އިޢުލާނުކޮށްފައިވާ 32 ރިސޯޓުގެ ތެރެއިން މި ކޮމިޝަނުން ކަނޑައަޅާފައިވާ ޢަދަދަށް (މަދުވެގެން 100 މީހުން) ރަޖިސްޓަރީކޮށްފައި ނުވާ މިދަންނަވާ 4 ރިސޯޓުގައި ވޯޓުފޮށި ނުބަހައްޓާ ގޮތަށް ނިންމައިފީމެވެ. މި ރިސޯޓުތަކުގައި ރީ- ރެޖިސްޓަރ ކުރި މީހުންގެ ތެރެއިން، އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީ ބަދަލުކުރުމަށް ހުށަހަަޅާފައިނުވާ ފަރާތްތަކަށް، އެމީހަކު ރަށްވެހިވެފައިވާ ރަށުގައި ވޯޓުލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިދެވިފައެވެ.
| 
 ވޯޓުފޮށި ބަހައްޓާ ރިސޯޓާއި ތަން  | 
 ވޯޓުލާ ސަރަޙައްދު  | 
 ވޯޓުފޮށީގެ ނަން  | 
 ވޯޓުފޮށީގެ ނަންބަރު  | 
 #  | 
| 
 ކިހާޑް ރިސޯޓުގެ ސްޓާފް ސުފުރާ ކެންޓީން އައުޓްޑޯރގައި  | 
 މި ފޮށްޓަށް ވޯޓުލާނީ ކިހާޑް ރިސޯޓުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.  | 
 ކިހާޑް ރިސޯޓް (ބ. ކިހާދުއްފަރު)  | 
 Z06.1.1  | 
 1  | 
| 
 ޖުމެއިރާ ވިޓަވެލި ރިސޯޓުގެ ކޮލީގު ޓްރެއިނިންގ ރޫމުގައި  | 
 މި ފޮށްޓަށް ވޯޓުލާނީ ޖުމެއިރާ ވިޓަވެލި ރިސޯޓުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.  | 
 ޖުމެއިރާ ވިޓަވެލި ރިސޯޓް (ކ. ބޮލިފުށި)  | 
 Z24.1.1  | 
 2  | 
| 
 ނިޔާމަ ރިސޯޓުގެ ޓްރެއިނިންގ ރޫމުގައި  | 
 މި ފޮށްޓަށް ވޯޓުލާނީ ނިޔާމަ ރިސޯޓުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.  | 
 ނިޔާމަ ރިސޯޓް (ދ. އެނބޫދުއްފުށި)  | 
 Z31.1.1  | 
 3  | 
| 
 އަޔާޑާ މޯލްޑިވްސްގެ ޓްރެއިނިންގ ރޫމުގައި  | 
 މި ފޮށްޓަށް ވޯޓުލާނީ އަޔާޑާ މޯލްޑިވްސްގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.  | 
 އަޔާޑާ މޯލްޑިވްސް (ގދ. މަގުދުވާ)  | 
 Z32.1.1  | 
 4  | 
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.
4 ރަބީޢުލްއައްވަލް 1435
