ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ސްކޫލް
ދިވެހިރާއްޖެ
މިސްކޫލްގެ ގޭޓް އައުޓްޑޯރ ނޯޓިސްބޯޓާކާއި އެކު ތައްޔާރު ކުރުމާބެހޭ

ހަނިމާދޫ ސްކޫލް                            

ހދ. ހަނިމާދޫ، ދިވެހިރާއްޖެ

 

ނަންބަރ: GS60(B)/2018/067

އިޢުލާނު

 

      ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. މި ސްކޫލްގެ ދެކުނުފަރާތު ގޭޓް އައުޓްޑޯރ ނޯޓިސް ބޯޑަކާއެކު ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މި ސްކޫލުން ކުރި ނަންބަރު GS60(B)/2018/062 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށައަޅާފައި ނުވާތީވެ، މިމަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކޮށްފައި ވާނެއެވެ.

  2. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2018 އޮކްޓޯބަރ 25 އިން 2018 ނޮވެންބަރ 06 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތުނެތް ވާހަކަ ދަންނަވަމެވެ.  

  3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2018 ނޮވެންބަރ 07 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.

  4. މިޕްރޮޖެކްޓާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2018 ނޮވެންބަރ 08 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ހަނިމާދޫ ސްކޫލް އޮފީހުގައި އޮންނާނެއެވެ.

  5. ބިޑް ހުޅުވުން އޮންނާނީ 2018 ނޮވެންބަރ 15 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ހަނިމާދޫ ސްކޫލް އޮފީހުގައެވެ.

  6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައި ވާނެއެވެ.

  7. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.

     ހަނިމާދު ސްކޫލް

     އޯކިޑްމަގު، ހަނިމާދޫ، ދިވެހިރާއްޖެ.

     ފޯން: 6520533 ، 9907020

     އީ-މެއިލް: [email protected]

     ކޮޕީ އީ-މެއިލް: [email protected]

                                      14 ޞަފަރު   1440

                                      23 އޮކްޓޯބަރ 2018

 

 

ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް، ބީލަންޝީޓް، ބީލަމުގެ ޖަދުވަލުތައް، އެއްބަސްވުން

ޕްރޮޖެކްޓްގެ ނަން: ހަނިމާދޫ ސްކޫލް މެއިން ގޭޓާއި ނޯޓިސްބޯޑު ހެދުން

ޕްރޮޖެކްޓްގެ ނަންބަރު: 07

އިޢުލާން ނަންބަރު: GS60(B)/2018/067

 

8/11/2018

 

 

ހަނިމާދޫ ސްކޫލް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން

މާލެ، ދިވެހިރާއްޖެ

 

 

 

ސެކްޝަން 1

ބީލަން ޝީޓް

 

 

 

 

 

ބީލަމާއި ގުޅޭ ރިފަރަންސްތައް

ރިފަރަންސް ނަންބަރު

މަސައްކަތުގެ ނަން:ހަނިމާދޫ ސްކޫލުގެ މެއިން ގޭޓާއި ނޯޓިސްބޯޑު ހެދުން

އިޢުލާން ނަންބަރު: GS60(B)/2018/067

އިޢުލާން ކުރި ތާރީޚް:23 އޮކްޓޯބަރ 2018

1.1

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން:

ހަނިމާދޫ ސްކޫލް، ހދ ހަނިމާދޫ

6520533

8.1

ޕްރީ ބިޑް މީޓިންގ އޮންނާނެ ތަނާއި ތާރީޚް

ތަން: ހަނިމާދޫ ސްކޫލް އޮފީސް

ތާރީޚް: 08 ނޮވެންބަރ 2018

ދުވަސް: ބުދަ

ގަޑި: 11:00

9.1

މަޢުލޫމާތު ސާފުކުރުމަށް ލިޔުންތައް ފޮނުވަންވީ އެޑްރެސް:

ނަން:ޢަބްދުލް މުޙްސިން ޢަބްދުއްލަޠީފް

މަޤާމް:ޕްރިންސިޕަލް

އޮފީސް:ހަނިމާދޫ ސްކޫލް

ގުޅޭނެ ނަންބަރު:9907020

އީމެއިލް އެޑްރެސް:[email protected]

9.2

އަގު ހުށަހަޅަންވީ ގޮތް: އަގު ހުށަހަޅުއްވާއިރުބީއޯކިޔު ކޮންމެ އައިޓަމަކަށް ހުށަހަޅާއަގު އެނގޭނެ ގޮތަށް ހުށައަޅަންވާނެއެވެ. ޖީ.އެސް.ޓީއަށް ރަޖިސްޓްރީކޮށްފައިވާ ފަރާތެއްނަމަ އަގު ހުށައަޅަންވީ ޖީ.އެސް.ޓީ ހިމަނައިގެންނެވެ. އަދި ޖީ.އެސް.ޓީއަށް ދައްކާ އަދަދު ވަކިން އެނގެން އޮންނަންވާނެއެވެ.

13.1

ބީލަން ހުށައަޅަންވީ ސުންގަޑި

ތަން:ހަނިމާދޫ ސްކޫލް އޮފީސް

ތާރީޚް: 15 ނޮވެންބަރ 2018

ދުވަސް: ބުރާސްފަތި

ގަޑި: 11:00

18.1

ބީލަން ހުޅުވުން

ތަން:ހަނިމާދޫ ސްކޫލް އޮފީސް

ތާރީޚް: 15 ނޮވެންބަރ 2018

ދުވަސް: ބުރާސްފަތި

ގަޑި: 11:00

20.1

ބީލަންތައް ވަޒަންކުރާނެ މިންގަނޑު ޖަދުވަލު 6 ގައި އެވަނީއެވެ.

24.1

ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށައަޅަންޖެހޭ އަދަދު: 0/-

28.1

ޕާރފޯމަންސް ސެކިޔުރިޓީ ހުށައަޅަންޖެހޭ ޢަދަދު: ހުށައަޅާ އަގުގެ%0އަށްވާ ޢަދަދު

30.1

ޢިމާރާތް ކުރަންޖެހޭ ތަން: ހަނިމާދޫ ސްކޫލް

36.1

                                                                 

 

ސެކްޝަން 2 – ބީލަން ހުށައަޅާ ފަރާތްތަކަށް ދެވޭއިރުޝާދު

(ހ) ޢާންމުމަޢުލޫމާތު

  1. ބީލަމުގެ ތަޢާރަފު

 

1.1.    

 

މި ބީލަމަކީ ބީލަން ޝީޓުގައި ބަޔާންކޮށްފައިވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލެވިފައިވާ ބީލަމެކެވެ. މި ބީލަމުން ކުރަންބޭނުންވާ މަސައްކަތުގެ މަޢުލޫމާތު ބީލަން ޝީޓުގައި ބަޔާންކޮށްފައި ވާނެއެވެ.

  1. ބީލަމަށް ކުރިމަތިލެވޭނެ ފަރާތްތައް

2.1.    

ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކަށެވެ.

 

2.1.1 ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކުންފުނިތައް.

 

2.1.2 ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.

 

 

2.1.3 ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.

 

 

2.1.4 އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

 

2.2.    

މިމާއްދާގެ 2.1 ގައި ބަޔާންކުރާ ފަރާތްތަކުގެ އިތުރުން އެހެން ފަރާތްތަކަކަށް ބީލަމަށް ކުރިމަތިލެވޭނަމަ އެކަން ބީލަން ޝީޓްގައި ބަޔާން ކޮށްފައިވާނެއެވެ.

  1. ބީލަންއޮންނަންވާނެގޮތާއިބީލަމުގައިސޮއިކުރުން

3.1.    

ބީލަންތައް އޮންނަންވާނީ މިލިޔުމުގެ އެނެކްސް1ގައިވާ، ބީލަންހުށައަޅާ ފަރާތްތަކުގެ ޗެކުލިސްޓުގައިވާ ލިއުންތަކާއި ޑޮކިއުމަންޓުތައް ހިމެނޭގޮތަށް ތަރުތީބުން ބައިންޑު ކުރެވިފައެވެ.

3.2.    

ބީލަން އޮންނަންވާނީ ދިވެހިބަހުން، ފަސޭހައިން ކިޔަންއެނގޭ ފޮންޓަކުން(ފަރުމާފޮންޓް ފަދަ)ޓައިޕުކުރެވިފައެވެ. އަދި ބީލަމުގެ ހުރިހާ ޞަފްޙާއެއްގައި ބީލަން ހުށައަޅާ ފަރާތުގެ ނުވަތަ އެފަރާތުން އައްޔަންކުރާ ފަރާތުގެ ސޮޔާއި ތައްގަނޑު ޖަހާފައި އޮންނަން ވާނެއެވެ. އަދި ބީލަމުގެ ކޮންމެ ޞަފުޙާއެއްގައިވެސް އެއީ ކިތައްޞަފުހާގެ ތެރެއިން ކިތައްވަނަ ޞަފުޙާކަން އެނގޭގޮތަށް ތަރުތީބުން ޞަފުޙާނަންބަރުވެސް ޖަހަން ވާނެއެވެ.

3.3.    

3.3.1 ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރނޫން އެހެން ފަރާތަކުން ބީލަމުގައި ސޮއިކުރާނަމަ އެފަރާތަކަށް ސޮއިކުރުމުގެ ހުއްދަ ދެވިފައި ވާކަން ބަޔާންކުރާ "ޕަވަރއޮފްއެޓާރނީ"ގެ ކޮޕީއެއް ހުށައަޅަން ވާނެއެވެ.

3.3.2 ޕާޓްނަރޝިޕްތަކުގެ މެނޭޖިންގ ޕާޓްނަރުނޫން އެހެން ފަރާތަކުން ބީލަމުގައި ސޮއިކުރާނަމަ އެފަރާތަކަށް ސޮއިކުރުމުގެ ހުއްދަދެވިފައި ވާކަން ބަޔާންކުރާ "ޕަވަރއޮފްއެޓާރނީ"ގެ ކޮޕީއެއް ހުށައަޅަން ވާނެއެވެ.

3.3.2ކޯޕަރޭޓިވް ސޮސައިޓީތަކުގެ ޗެއަރޕާރސަންނޫން އެހެން ފަރާތަކުން ބީލަމުގައި ސޮއިކުރާނަމަ އެފަރާތަކަށް ސޮއިކުރުމުގެ ހުއްދަދެވިފައި ވާކަން ބަޔާންކުރާ"ޕަވަރ އޮފް އެޓާރނީ"ގެ ކޮޕީއެއް ހުށައަޅަން ވާނެއެވެ.

3.3.4ފަރުދީ ވިޔަފާރިތަކުގައި ވެރިފަރާތްނޫން ފަރާތެއް ބީލަމަށް ހުށައަޅާ ލިޔުންތަކުގައި ސޮއިކުރާނަމަ އެފަރާތަކަށް ސޮއިކުރުމުގެ ހުއްދަ ދެވިފައިވާކަން ބަޔާންކުރާ"ޕަވަރ އޮފް އެޓާރނީ"ގެ ކޮޕީއެއް ހުށައަޅަން ވާނެއެވެ.

  1. ހުށަހެޅޭނެބީލަމުގެއަދަދު

4.1.    

ބީލަމަށް ކުރިމަތިލާ ކޮންމެ ފަރާތަކަށްވެސް ހުށައެޅޭނީ 1 (އެކެއް) ބީލަމެވެ. އެއް ބީލަމަށްވުރެ ގިނަބީލަން އެއްވެސް ފަރާތަކުން ހުށައަޅައިފިނަމަ އެފަރާތުން ހުށައަޅާފައިވާ ހުރިހާ ބީލަމެއް ބާޠިލް ކުރެވޭނެއެވެ.

  1. ބީލަންތައްޔާރުކުރުމުގެއަގު

5.1.    

ބީލަން ތައްޔާރު ކުރުމަށާއި ބީލަން ހުށައެޅުމަށްކުރާ، އެންމެހައި ޚަރަދެއް ކުރާނީ އެބީލަމެއް ހުށައަޅާ ފަރާތަކުންނެވެ. މިކަމަށް ހިނގާ އެއްވެސް ޚަރަދަކަށް ބީލަމަށް ހުޅުވާލި ފަރާތުން ޒިންމާއެއް ނުނަގާނެއެވެ.

  1. އެހެނިހެންއުސޫލްތައް

6.1.    

ބީލަން ހުށައަޅާ ފަރާތަކީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، މިނިސްޓްރީގެ ދަށުން ހިނގަމުންދާ އެއްވެސްއިދާރާއެއްގެ ވެރިއެއް ނުވަތަ މުވައްޒަފަކާ ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއްއޮތް ފަރާތެއް ކަމުގައި ވާނަމަ، ނުވަތަ މިމިނިސްޓްރީގެ ދާއިރާގެ އެއްވެސްއޮފީހެއްގައި ވަޒީފާ އަދާކުރާ ފަރާތެއްނަމަ އެކަމުގެ ސާފުމަޢުލޫމާތު އެނގޭނެ ލިޔުމެއްގައި ސޮއިކޮށް ހުށައަޅަން ވާނެއެވެ. މިފަދަ ލިޔުމެއް ހުށަނާޅާހުއްޓާ އެކަން އެނގިއްޖެނަމަ އިތުރު އެންގުމަކާ ނުލައި އެބީލަން ބާޠިލް ކުރެވޭނެއެވެ.

(ށ) ބީލަމާގުޅޭ ލިޔުންތައް

  1. ބީލަންފޮތުގައިހިމެނޭބައިތައް

7.1.    

ބީލަމާގުޅޭ ލިޔުންތަކުގައި ހިމެނެނީ ތިރީގައިވާ ލިސްޓްގައިވާ ލިޔުންތަކާއި، އެމެންޑްމަންޓް ތަކެވެ.

 

 

 

 

7.1.1 ބީލަންޝީޓް (ސެކްޝަން-1)

 

 7.1.2ބީލަށް ހުށައަޅާ ފަރާތްތަކަށްދެވޭ އިރުޝާދު (ސެކްޝަން-2)

 

 

7.1.3އެއްބަސްވުމުގެ އާންމު އަދި ޚާއްޞަ މާއްދާތައް(ސެކްޝަން-3)

 

 

7.1.4ޖަދުވަލުތައް(ސެކްޝަން-4)

 

 

7.1.5މަސައްކަތާބެހޭމަޢުލޫމާތު(ސެކްޝަން-5)

 

 

 7.1.6އެއްބަސްވުން (ސެކްޝަން–6)

 

 

7.1.7މަސައްކަތާބެހޭމަޢުލޫމާތު (ސެކްޝަން-7)

  1. ބީލަމުގައި ރަޖިސްޓްރީ ކުރުން

8.1.    

އަންދާސީހިސާބުހުށައެޅުމަށް އިޢުލާނުގައިވާ މުއްދަތުގެތެރޭގައި ބީލަން ޝީޓްގައި ބަޔާންކޮށްފައިވާ އެޑުރެހަށް ވަޑައިގެން ނަންނޯޓް ކުރަންވާނެއެވެ.

8.2.    

އަންދާސީ ހިސާބުގައި ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.

މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.

ރަޖިސްޓްރީ ނަންބަރު.

އީމެއިލް އެޑްރެސް.

ގުޅޭނެ މޯބައިލް ނަންބަރު.

8.3.    

އަންދާސީހިސާބު ހުށައެޅޭނީ އިޢުލާނުގައި ރަޖިސްޓަރީކުރުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި މިއިދާރާގައި ނަންނޯޓް ކުރެވިފައިވާ ފަރާތްތަކަށެވެ.

  1. ބީލަމާގުޅޭގޮތުންމައުލޫމާތުސާފުކުރުން

9.1.    

މި ބީލަމާގުޅޭ ޕްރީބިޑްމީޓިން އޮންނާނެ ތާރީޚާއިގަޑި "ބީލަން ޝީޓް" ގައި ބަޔާންކޮށްފައި ވާނެއެވެ.

9.2.    

ބީލަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ ބީލަން ޝީޓްގައިވާ އެޑްރެހަށް ލިޔުމުން ހުށައެޅުމުން، އެކަމުގެ މަޢުލޫމާތު ސާފުކޮށްދިނުމަށްފަހު ހުރިހާ ބީލަންވެރިންނަށް ލިޔުމުން ފޮނުވޭނެއެވެ.

9.3.    

މިބީލަން ފޮތުގައިވާ މަޢުލޫމާތާ ގުޅިގެން ނުވަތަ މިބީލަމާ ގުޅޭގޮތުން އިތުރަށް ސާފުނުވާކަމެއް އޮތްނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށައަޅާ ފަރާތުގެ ޒިންމާއެކެވެ.

  1. ބީލަމަށް ބަދަލު ގެނައުން

10.1.         

ބީލަން ހުޅުވުމުގެ މުއްދަތު ހަމަވުމުގެކުރިން ބީލަމަށް ކޮންމެހެން ގެންނަންޖެހޭ ބަދަލެއް ގެނައުމަށް ފެނިއްޖެ ހިނދެއްގައި، އެމެންޑްމަންޓެއް (އުނި/އިތުރު) ގެނެވޭނެއެވެ. 

 

10.2.         

0.11ގައި ވާގޮތަށް ދޫކުރާއެމެންޑްމަންޓަކީ ބީލަމުގެ ބައެކެވެ. އަދި އެއުނިއިތުރު ބީލަމުގެ މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވި ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވަން ވާނެއެވެ. ނުވަތަ އެފަރާތަކާ އެލިޔުން ޙަވާލުކުރަން ވާނެއެވެ.

(ނ) ބީލަން ތައްޔާރުކުރުން

  1. ބީލަމުގައި ބޭނުން ކުރެވޭ ބަސް

11.1.         

ބީލަން ހުށައަޅާ ފަރާތުން ބީލަން ތައްޔާރު ކުރަންވާނީ ބީލަމާއެކު ދީފައިވާ ނަމޫނާއާ އެއްގޮތަށް ދިވެހިބަހުންނެވެ. އަދި ބީލަމާއިއެކު ހުށައަޅަންޖެހޭ ރިފަރެންސް ލިޔުންތައް އިނގިރޭސި ބަހުން ހުށައެޅިދާނެއެވެ.

  1. ބީލަމުގައި ބޭނުން ކުރާ ފައިސާ

12.1.         

މި ބީލަމުގައި އަގު ކުރެވިފައި ހުންނަންވާނީ ދިވެހި ރުފިޔާއިންނެވެ.

  1. އަގު ހުށަހެޅުން

13.1.         

ބީލަމަށް ވަކިގޮތަކަށް އަގުހުށައަޅަން ޖެހޭނަމަ އެކަން،  ބީލަންޝީޓްގައި ބަޔާންކޮށްފައިވާނެއެވެ.

 

13.2.         

ޖީ.އެސް.ޓީއަށް ރަޖިސްޓްރީކޮށްފައިވާ ފަރާތެއްނަމަ އަގު ހުށައަޅަންވީ ޖީ.އެސް.ޓީ ހިމަނައިގެންނެވެ. އަދި ޖީ.އެސް.ޓީއަށް ދައްކާ އަދަދު ވަކިން އެނގެން އޮންނަންވާނެއެވެ.

  1. މުއްދަތު

14.1.         

މަސައްކަތް ކޮށްދިނުމަށް މުއްދަތު ހުށައަޅަންޖެހޭނީ ބަންދު ދުވަސްތައް ހިމަނައިގެން ދުވަހުގެ ޢަދަދުންނެވެ.

 

14.2.         

މަސައްކަތްކޮށްދިނުމަށް ހުށައަޅާ މުއްދަތަކީ އެމަސައްކަތެއް ކުރުމަށް އެކަށީގެންވާ މުއްދަތެއް ކަމުގައި ވާންވާނެއެވެ.

  1. ބީލަމުގެ މުއްދަތު

15.1.         

ބީލަމުގެ މުއްދަތުހަމަވާ ތާރީޚް އޮންނަންވާނީ ބީލަންހުށައަޅާ ތާރީޚުންފެށިގެން މަދުވެގެން 30 ދުވަސް ދުވަހުގެ މުއްދަތަށެވެ.

  1. ބީލަމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

16.1.         

ބީލަން ހުށައަޅާއިރު ތިރީގައިމިވާ މަޢުލޫމާތު އަދި ލިޔުމެއް އަދި ލިޔުންތައް މަދު ނުވަތަ ނެތްނަމަ ޑިސްކޮލިފައި ކުރެވޭނެއެވެ.

 

16.1.1 ފުރިހަމަ ކޮށްފައިވާ ބީލަން ހުށައަޅާ ފޯމް (ޖަދުވަލު 2 )

 

16.1.2ކުންފުނި/ ޕާޓްނަރޝިޕް/ ކޯޕަރޭޓިވް ސޮސައިޓީ/ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރެޖިސްޓްރީގެ ކޮޕީ.

 

16.1.3ކޯޓޭޝަން/ ބީ.އޯ.ކިޔު (ހުށައަޅަން ޖެހޭނެ ކަމަށް ބީލަން ޝީޓްގައި ބުނެފައި ވާނަމަ ހުށައަޅަން ޖެހޭނެއެވެ.)

 

 

16.1.4 ފުރިހަމަ ކޮށްފައިވާ ބީލަން ހުށައަޅާ ފަރާތުގެ ޕްރޮފައިލް (ޖަދުވަލު 3)

 

 

16.1.5ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ (ޖީ.އެސް.ޓީއަށް ރެޖިސްޓްރީ ކޮށްފައި ވާނަމަ)

 

 

16.1.6މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކުރާ ޓެކްސް ކްލިއަރެންސް ރިޕޯޓްގެ ކޮޕީ (ދޫކުރިފަހުން 3 މަސް ހަމަނުވާ)

 

16.2.         

ބީލަން ހުށައަޅާއިރު ތިރީގައިމިވާ މަޢުލޫމާތު އަދި ލިޔުމެއް އަދި ލިޔުންތައް މަދު ނުވަތަ ނެތްނަމަ މާރކްސް ނުލިބޭނެއެވެ.

 

 

16.2.1ބީލަން ހުށައަޅާ މަސައްކަތާ ގުޅުންހުރި މަސައްކަތުގެ ތަޖްރިބާގެ ލިޔުންތައް އަދި ޖަދުވަލު 5 ފުރިހަމަ ކުރުމަށްފަހު ހުށައަޅަން ވާނެއެވެ.

 

 

16.2.2 ބީލަން ހުށައަޅާ ފަރާތުގެ މާލީ ދަލީލު އަދި ޖަދުވަލު 4 ފުރިހަމަ ކުރުމަށްފަހު ހުށައަޅަންވާނެއެވެ.

 

 

(ހ) ބޭންކް ރިފަރެންސް ލެޓަރ ނުވަތަ ސްޓޭޓް މަންޓްގައިވާ އެކައުންޓްގެ ވެރިފަރާތަކީ ބީލަމުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްކަމުގައި ވާންޖެހޭނެއެވެ.

 

 

(ށ) އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ދަށުން ބީލަން ހުށައަޅާނަމަ، އެފަރާތުގެ އަމިއްލަ ނަމުގައި ހުޅުވާފައިވާ އެކައުންޓްގެ ބޭންކް ރެފަރެންސް ލެޓަރ ނުވަތަ ސްޓޭޓްމަންޓްވެސް ޤަބޫލު ކުރެވޭނެއެވެ.

 

 

(ނ) ފާއިތުވިމަހުގެ ބޭންކް ބެލެންސް އަދަދު އެނގޭނެހެން ބޭންކް ރިފަރެންސް ސިޓީ އެއް ނުވަތަ ބޭންކު ސްޓޭޓްމަންޓް ހުށައަޅަން ވާނެއެވެ.

 

 

16.2.3 ކްރެޑިޓް ރެފަރެންސް ސިޓީތައް. ހުށައަޅާ ކްރެޑިޓް ރެފަރެންސް ސިޓީތަކުގައި ތިރީގައިވާ ޝަރުތުތައް ހަމަވާންޖެހޭނެއެވެ.

 

 

(ހ) ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއެއްގެ ނުވަތަ ހިންގަމުންދާ ކުންފުންޏަކުން ނުވަތަ ބޭންކަކުން ދޫކޮށްފައިވާ ލިއުމެއްކަމުގައި ވާންވާނެއެވެ.

 

 

(ށ) ހުށައެޅޭ ކްރެޑިޓް ރެފަރެންސް އަކީ ޚާއްސަކޮށް މިޕްރޮޖެކްޓަށް ދޫކުރެވިފައިވާ ސިޓީއެއްކަމުގައި ވާންވާނެއެވެ.

 

 

(ނ) މިރެފަރަންސްގައި ޕްރޮޖެކްޓްގެ ނަން، ފައިސާގެ/ ކްރެޑިޓްގެ ޢަދަދު، ސިޓީ ދޫކުރެވުނު ތާރީޚް، ކްރެޑިޓްގެ ސިޓީގެ މުއްދަތު ހަމަވާނެ ތާރީޚް އަދި ރެފަރަންސް ދޫކުރާ ފަރާތުގެ ނަމާއި ސޮއި އަދި ސްޓޭމްޕް ސާފުކޮށް އެނގެން އޮންނަންވާނެއެވެ.

 

 

(ރ) މިރެފަރަންސް ވާންވާނީ ރެފަރަންސް ދޫކުރިފަރާތުން ދޫކޮށްފައިވާ އޮރިޖިނަލް ރެފަރަންސް އަކަށެވެ. މިފަދަ ރެފަރަންސް ތަކުގެ ކޮޕީ ބަލައެއް ނުގަނެވޭނެއެވެ.

 

 

(ބ) އަމިއްލަ ފަރުދުން ދޫކޮށްފައިވާ ކްރެޑިޓް ރިފަރެންސް ބަލައެއް ނުގަނެވޭނެއެވެ.

 

16.3.        1

އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ހުށައަޅަންޖެހޭ ލިޔުންތައް

 

 

16.3.1 ޤަވާޢިދުން ޕެންޝަން ފައިސާ ދައްކާކަމުގެ ލިޔުމުގެ ކޮޕީ (މުވައްޒަފުން ނެތްނަމަ ނެތްކަމަށް ޕެންސަން އޮފީހުންދީފައިވާ ލިޔުން) (ދޫކުރިފަހުން 3 މަސް ހަމަނުވާ).

(ރ) ބީލަން ހުށަހެޅުން

  1. ބީލަން ބަންދު ކުރާނެ ގޮތް

17.1.         

ބީލަން އޮންނަންވާނީ ބަންދު ކުރެވިފައެވެ. މިނޫންގޮތަކަށް އޮންނަ ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ.

 

17.2.         

ސިޓީ އުރައިގެ ބޭރުގައިބީލަމުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

 

17.3.         

ސިޓީ އުރައިގެ ކަނާތްފަރާތުން މަތީ ކަނުގައި ބީލަން ހުށައަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ފޯނު ނަންބަރު ލިޔެފައި އޮންނަން ވާނެއެވެ.

 

17.4.         

ހުށައަޅާ ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރާގައި ބީލަން ޝީޓްގައިވާ ގޮތަށް އެޑްރެސް ކުރެވިފައެވެ.

  1. ބީލަން ހުށައެޅުމުގެ ސުންގަޑި

18.1.         

މި މަސައްކަތަށްއެދި ހުށައަޅާ ބީލަންތައް ހުށައަޅަންވީ ސުން ގަޑި ބީލަން ޝީޓްގައި ބަޔާންކޮށްފައި ވާނެއެވެ.

18.2.         

މި މާއްދާގެ18.1ގައި ބަޔާންކުރެވިފައިވާ ތާރީޚަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސައިފިނަމަ ބީލަން ހުށައަޅަންޖެހޭ އެންމެފަހު ތާރީޚަކަށްވާނީ ޖެހިގެން އެންމެ އަވަހަށް އަންނަ ރަސްމީދުވަހެއްގެ ބީލަން ޝީޓްގައިވާ ގައިވާ ސުންގަޑިއެވެ.

 

18.3.         

އީމެއިލް އަދި ފެކްސް އިން ފޮނުވާ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

  1. މުއްދަތުގެ ފަހުންހުށައެޅޭ ބީލަންތަކާމެދު ޢަމަލުކުރާނެގޮތް

19.1.         

ބީލަން ހުށައެޅުމަށް ހަމަޖެހިފައިވާ ސުންގަޑީގެ ފަހުން ހުށައަޅާ ބީލަންތައް ބަލައެއް ނުގަނެވޭނެއެވެ.

(ބ) ބީލަން ހުޅުވުމާއި އިވޭލުއޭޓް ކުރުން

  1. ބީލަން ހުޅުވުން

20.1.         

މި މަސައްކަތަށް ހުށައަޅާ ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ، ބީލަންހުށައަޅާ ފަރާތްތަކުގެ ނުވަތަ އެފަރާތުން ބީލަން ހުޅުވުމަށް ހަމަޖެހިފައިވާ ތަނަށް ފޮނުވާ ފަރާތެއްގެ ހާޟިރުގައި ބީލަން ޝީޓްގައިވާ ތާރީޚްގައެވެ.

 

20.2.         

ބީލަން ހުޅުވުން އޮންނާނީ ބީލަން ޝީޓްގައި ބަޔާން ކޮށްފައިވާ އެޑްރެހުގައެވެ.

 

20.3.         

ބީލަން ހުޅުވުމަށް ހަމަޖައްސާފައިވާ ތާރީޚަކީ އެއްވެސް ސަބަބަކާހުރެ ސަރުކާރުން ބަންދު ދުވަހެއްގެގޮތުގައި ހަމަޖައްސައިފިނަމަ ބީލަން ހުޅުވުން އޮންނާނީ ޖެހިގެންއަންނަ ރަސްމީ ދުވަހުގެ ބީލަން ޝީޓްގައިވާ ސުންގަޑީގައެވެ.

  1. ހުށަހަޅާ ބީލަމުގައިވާ ކުށްތައް އިސްލާޚްކުރުން

21.1.         

ޝަރުތު ފުރިހަމަވާ ބީލަންތަކުގެ ހިސާބުކުރުމުގެ މައްސަލައެއް އުޅޭނަމަ ތިރީގައި މިވާ ގޮތްތަކުގެ މަތިން އިޞްލާޙް ކުރެވޭނެއެވެ.

21.2.         

ބީލަމުގައިވާ ފައިސާގެ ޢަދަދާއި ދިވެހި ބަހުން ލިޔެފައިވާ ފައިސާގެ ޢަދަދު ތަފާތުވާނަމަ، ރަނގަޅު އަދަދުކަމުގައި ބަލާނީ ދިވެހި ބަހުން ލިޔެފައިވާ ފައިސާ ޢަދަދެވެ.

  1. ބީލަންތައް ޗެކްކުރުމާއި ބީލަންތަކުގެ ރެންޕޮންސިވްނަސް ކަނޑައެޅުއް

22.1.         

ބީލަންތައް އިވެލުއޭޓްކުރުމުގެ ކުރިން ތިރީގައިވިމާ ކަންކަން ފުރިހަމަވޭތޯ ބެލޭނެއެވެ.

 

22.1.1 ބީލަމަށް ޝަރުތު ފުރިހަމަވާ ފަރާތެއްކަން.

 

22.1.2 ހުށައަޅަންޖެހޭ ލިޔުންތައް ހުށައަޅާފައިވާ ފަރާތެއްކަން

 

22.1.3 ބީލަމުގައިވާ އުޞޫލްތަކަށްބަލައި އެކަށީގެންވާ ބިޑެއްތޯ ކަނޑައެޅުން (ރެންޕޮންސިވްނަސް)

  1. ބީލަންތައްއިވޭލުއޭޓްކުރުން

23.1.         

ހުށައަޅާ ބީލަންތަކުގެ ތެރެއިން އިވެލުއޭޓް ކުރެވޭނީ 22.1 ގައިވާ ކަންކަން ފުރިހަމަވާ ބީލަންތަކެވެ.

  1. މަސައްކަތް ޙަވާލުކުރާނެ ފަރާތް ކަނޑައެޅުން

24.1.         

މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ކަނޑައަޅާނީ، ބީލަން ވަޒަންކުރުމަށް ބޭނުންކުރާނެ މިންގަނޑަށް ބަލައިގެން އެންމެގިނަ މާކްސްލިބޭ ފަރާތަކަށެވެ.

  1. ބީލަން ކެންސަލްކުރުން

25.1.         

އިޢުލާނާ ގުޅިގެން ބީލަން ހުށައަޅާއިރު ފުރިމަކުރަންޖެހޭ މަޢުލޫމާތާއި ހުށައަޅަންޖެހޭ ލިޔުންތައް ހުށައަޅާފައި ނުވާނަމަ ބީލަންތައް ބަލައިނުގަތުމުގެ އިޚްތިޔާރު ވެރިފަރާތައް ލިބިގެންވެއެވެ. އަދި ބީލަންތައް ބަލައިގަތުމަށްފަހުވެސް ފުރިހަމަނުވާ ބީލަންތައް ބާޠިލްކުރުމުގެ އިޚްތިޔާރުވެސް ވެރިފަރާތަށް ލިބިގެންވެއެވެ. އަދި ބީލަންތައް ބަލައިގަތުމަށްފަހު ހުށައަޅާފައިވާ އަގުތަކަކީ އެކަށީގެންނުވާ އަގުތަކެއްނަމަ ނުވަތަ އެކަށީގެންވާ ޢަދަދަކަށް ބީލަން ހުށައަޅާފައިނުވާނަމަ، ބީލަންތައް ކެންސަލް ކުރުމުގެ އިޚްތިޔާރު މަސައްކަތުގެ ވެރިފަރާތަށް ލިބިގެންވެއެވެ.

  1. ބީލަންކާމިޔާބުކުރާފަރާތްހޮވައި،އެކަންއެންގުން

26.1.         

ބީލަން ކާމިޔާބުވި ފަރާތަށާއި، ކާމިޔާބުނުވި ފަރާތްތަކަށް ލިޔުމުން އަންގާނެއެވެ.

  1. އެއްބަސްވުމުގައި ސޮއި ކުރުން

27.1.         

ބީލަން ކާމިޔާބުކުރި ފަރާތަށް އެކަމުގެލިޔުން ފޮނުވާތާ ގިނަވެގެން ބަންދުނޫން 05 (ފަހެއް) ދުވަހުގެ ތެރޭގައި ބީލަން ކާމިޔާބުކުރި ފަރާތާދެމެދު މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރަން ވާނެއެވެ.

 

27.2.         

27.1ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެމުއްދަތުގައި އެއްބަސްވުމުގައި ސޮއި ނުކުރައްވައިފިނަމަ، މިމަސައްކަތް ޙަވާލުކުރުމަށް ނިންމާފައިވާ ނިންމުން ބާޠިލް ކުރެވޭނެ އެވެ.

 

27.3.         

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މަސައްކަތް ދޫކޮށްލައިފިނަމަ ނުވަތަ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މަސައްކަތް ފުރިހަމަނުކޮށް މަސައްކަތް ދޫކޮށްލައިފިނަމަ ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގެ 17.19 ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފިޔަވަޅު އެޅޭނެއެވެ.

(ޅ) ހުށައަޅަންޖެހޭ ސެކިޔުރިޓީތައް

  1. ބިޑް ސެކިޔުރިޓީ

28.1.         

ބީލަމަށް ޝީޓްގައި ބަޔާން ކޮށްފައިވާ އަދަދު ބިޑް ސެކިއުރިޓީ ހުށައަޅަންވާނެއެވެ.

 

28.2.         

ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށައަޅަންޖެހޭނީ ސަރުކާރުން ޤަބޫލުކުރެވޭ ބޭންކަކުން ނުވަތަ ދިވެހިރާއްޖޭގައި ޤާއިމްކުރެވިފައިވާ ފައިނޭންޝަލް އިންސްޓިޓިއުޓަޝަނަކުން މި ޕްރޮޖެކްޓަށް ދޫކޮށްފައިވާ ސެކިއުރިޓީ ނުވަތަ ގެރެންޓީއެކެވެ.

 

28.3.         

ބީލަން ކާމިޔާބުކުރާ ފަރާތަށް އެކަންއަންގާ ތާރީޚުންފެށިގެން ރަސްމީބަންދު ނޫން7 (ހަތެއް) ދުވަހުގެ ތެރޭގައި ބީލަން ކާމިޔާބުނުވާ ފަރާތްތަކުގެބިޑްސެކިއުރިޓީ އެފަރާތްތަކަށް ރައްދު ކުރެވޭނެއެވެ.

 

28.4.         

ބީލަން ހުޅުވުމަށްފަހު ބީލަން ހުށައެޅި ފަރާތަކުން ބީލަމުން ވަކިވެއްޖެނަމަ ނުވަތަ ބީލަން ކާމިޔާބުކުރާ ފަރާތަށް ބީލަން ކާމިޔާބުވިކަމުގެ ލިޔުން ލިބުމަށްފަހު ބީލަން ކެންސަލްކޮށްފިނަމަ އެފަރާތުން ހުށައަޅާފައިވާ ބިޑް ސެކިއުރިޓީ ދައުލަތަށް ނެގޭނެއެވެ. 

  1. އެޑްވާންސް ފައިސާ އަދި އެޑްވާންސް ފައިސާގެ ގެރެންޓީ

29.1.         

އެޑްވާންސްފައިސާ ހޯދުމަށްއެދި ހުށައަޅައިފިނަމަ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އެޑްވާންސްފައިސާ ދޫކުރެވިދާނެ އެވެ.

29.2.         

އެޑްވާންސް ފައިސާ ދޫކުރެވޭނީ ޕްރޮކިއުމަންޓްގެ ޖުމްލަ އަގު 250,000/-(ދެލައްކަ ފަންސާސް ހާސް) ދިވެހި ރުފިޔާއަށްވުރެ ބޮޑުވާނަމައެވެ.

29.3.         

އެޑްވާންސް ފައިސާ ހޯދުމަށްއެދި ހުށައަޅާނަމަ، މަސައްކަތް ހަވާލުވާތާ 45 (ސާޅީސް ފަހެއް) ދުވަހުގެ ތެރޭގައި އެޑްވާންސް ފައިސާއަށްއެދި ހުށައަޅަންވާނެއެވެ.

 

29.4.         

އެޑްވާންސްފައިސާ ހޯދުމަށް ހުށައަޅާނަމަ އެޑްވާންސް ޕޭމަންޓް ގެރެންޓީގެ ގޮތުގައި ސަރުކާރުން ގަބޫލުކުރެވޭ ބޭންކަކުން ނުވަތަ ދިވެހިރާއްޖޭގައި ޤާއިމްކުރެވިފައިވާ ފައިނޭންޝަލް އިންސްޓިޓިއުޝަނަކުން މި ޕްރޮޖެކްޓަށް ދޫކޮށްފައިވާ ސެކިއުރިޓީ ނުވަތަ ގެރެންޓީއެއް ހުށައަޅަންވާނެއެވެ.

 

29.5.         

އެޑްވާންސް ފައިސާގެ ގޮތުގައި ދޫކުރެވޭނީ މަސައްކަތުގެ ޖުމްލަ އަގުގެ 15% (ފަނަރަ އިންސައްތަ) އަށްވުރެ ބޮޑުނުވާ އަދަދެކެވެ. އަދި އެޑްވާންސްގެ ގޮތުގައި ދެވޭފައިސާ މަސައްކަތް ކުރަމުންދާއިރު ނުވަތަ ޚިދުމަތް ހޯދަމުންދާއިރު ހުށައަޅާ ބިލްތަކުން، ކޮންޓްރެކްޓްގެ ޖުމްލަ އަގުގެ ނިސްބަތުން އުނިކުރެވޭނެއެވެ.

  1. ޕާރފޯމަންސްގެރެންޓީ

30.1.         

ބީލަމަށް ހުށައަޅާ އަގަކީ 250,000/-ރުފިޔާ އަށްވުރެ މަތީގެ އަގެއްނަމަ، ބީލަން ކާމިޔާބުކުރި ފަރާތުން ސަރުކާރު ގަބޫލުކުރާ ބޭންކަކުން ނުވަތަ ދިވެހިރާއްޖޭގައި ގާއިމްކުރެވިފައިވާ ފައިނޭންޝަލް އިންސްޓިޓިއުޝަނަކުން މި ޕްރޮޖެކްޓަށް ދޫކޮށްފައިވާ ސެކިއުރިޓީ ނުވަތަ ގެރެންޓީއެއް ޕާރފޯމަންސް ގެރެންޓީގެ ގޮތުގައި ހުށައަޅަންވާނެއެވެ.

 

30.2.         

ޕާރފޯމަންސް ގެރެންޓީ ބެހެއްޓުމަށް ބީލަން ކާމިޔާބުކުރި ފަރާތަށްދެވޭ މުއްދަތުގައި ޕާރފޯމަންސް ގެރެންޓީ ނުބަހައްޓައިފިނަމަ، މިމަސައްކަތް ޙަވާލުކުރުމަށް ނިންމާފައިވާ ނިންމުން ބާޠިލްކުރުމަށްފަހު، އެފަރާތުން ހުށައަޅާފައިވާ ބިޑް ސެކިއުރިޓީ ދައުލަތަށް ނެގޭނެއެވެ.

 

30.3.         

ޕާރފޯމަންސް ގެރެންޓީގެ ގޮތުގައި ހުށައަޅަންވާނީ ސަރުކާރު ޤަބޫލުކުރާ ބޭންކަކުން ނުވަތަ ދިވެހިރާއްޖޭގައި ޤާއިމްކުރެވިފައިވާ ފައިނޭންޝަލް އިންސްޓިޓިއުޓަޝަނަކުން މި ޕްރޮޖެކްޓަށް ދޫކޮށްފައިވާ ސެކިއުރިޓީ ނުވަތަ ގެރެންޓީއެކެވެ.

  1. މައްސަލަ ހުށަހެޅުމާއި މައްސަލަ ބެލުން

31.1.         

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 17.09 ގައި ބަޔާންކޮށްފައިވާ ފަދައިން ބީލަމެއްގައި ގަވާއިދާ ޚިލާފަށް ކުރާ ކަންތައްތައް ބެލުމަށް މައްސަލަ ހުށައެޅުމާއި، ހުށައެޅޭ މައްސަލަތައް ބެލުމުގައި ޢަމަލުކުރެވޭނީ، ދައުލަތުގެ މާލިއްޔަތާބެހޭ ސަރކިއުލަރ ނަންބަރު 13-K/CIR/2018/01 ގެ ޖަދުވަލު 17 ގައިވާ "ބީލަމަކާ ގުޅިގެން މައްސަލަ ހުށައެޅުމާއި، ހުށައެޅޭ މައްސަލަތައް ބެލުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު" އާ އެއްގޮތަށެވެ.

 

31.2.         

ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދުގެ 17.09 ގައި ބަޔާންކޮށްފައިވާ ފަދައިން ބީލަމެއްގައި ޤަވާޢިދާ ޚިލާފަށް ކުރާކަންތައްތައް ބެލުމަށް ހުށައަޅަންވާނީ ދައުލަތުގެ މާލިއްޔަތާބެހޭ ސަރކިއުލަރ ނަންބަރު 13-K/CIR/2018/01 ގެ ޖަދުވަލު 18 ގައިވާ "ބީލަން އިޢުލާންކުރި އޮފީހުގެ ޕްރޮކިއުމަންޓް އޮފިސަރަށް ބީލަންވެރިޔާ މައްސަލަ ހުށައަޅާ ފޯމް-ފުރަތަމަ މަރުހަލާ" PR-14 ފޯމުންނެވެ.

 

31.3.         

ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދުގެ 17.09 ގައި ބަޔާންކޮށްފައިވާ ފަދައިން ބީލަމެއްގައި ގަވާއިދާ ޚިލާފަށް ކުރާކަންތައްތައް ބެލުމަށް ހުށައެޅުމުން، މައްސަލަ ހުށައަޅާ ތާރީޚުން ފެށިގެން ސަރުކާރު ބަންދުނޫން 7 (ހަތެއް) ދުވަހުގެ ތެރޭގައި، މައްސަލަ ނިންމައި، މައްސަލަ ނިންމިގޮތް ލިޔުމަކުން މައްސަލަ ހުށައެޅި ފަރާތަށް، ދައުލަތުގެ މާލިއްޔަތާބެހޭ ސަރކިއުލަރ ނަންބަރު 13-K/CIR/2018/01 ގެ ޖަދުވަލު 19 ގައިވާ "ބީލަމުގެ މައްސަލައާ ގުޅިގެން ޕްރޮކިއުމަންޓް އޮފިސަރުދޭ ޖަވާބު" PR-14 ފޯމުން ޖަވާބު ތައްޔާރުކޮށް އަންގާނެއެވެ.

 

31.4.         

ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދުގެ17.09ގައި ބަޔާންކޮށްފައި ވާފަދައިން ބީލަމެއްގައި ޤަވާޢިދާ ޚިލާފަށް ކުރާކަންތައްތައް ބެލުމަށް ހުށައެޅުމުން، ޕްރޮކިއުމަންޓްއޮފިސަރު ދޭޖަވާބާމެދު ހިތްހަމަ ނުޖެހޭނަމަ އެކަން ބަޔާންކޮށް މައްސަލަ އަލުން ބެލުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އޮޑިޓް އެންޑް ކޮމްޕްލަޔަންސް ސެކްޝަނަށް ހުށައެޅިދާނެއެވެ.

  1. މައްސަލަ އަލުން ބެލުމަށް މުސްތަޤިއްލު ރިވިއު ކޮމިޓީއަށް ހުށަހެޅުން

32.1.         

ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދުގެ ބާބު 17.11 ގައި ބަޔާންކޮށްފައިވާ ފަދައިން ބީލަމެއްގައި  ދިމާވާ މައްސަލައަކާއި ގުޅިގެން އިދާރީކަންކަން އަލުން ބެލުމަށް "މުސްތަޤިއްލު ރިވިޔު ކޮމެޓީ" އަށް ހުށައެޅުމުގައި، ދައުލަތުގެ މާލިއްޔަތާބެހޭ ސަރކިއުލަރ ނަންބަރު 13-K/CIR/2018/01 ގެ ޖަދުވަލު 21 ގައިވާ "ބީލަންވެރިޔާ ބީލަމުގެ މައްސަލަ އަލުން ބަލައިދިނުމަށް އެދި "ބީލަމުގެ މައްސަލަ އަލުންބަލާ މުސްތަޤިއްލު ރިވިއު ކޮމެޓީއަށް މައްސަލަ ހުށަހަޅާ ފޯމު" – އެޕީލް މަރުހަލާ" PR-16 ފޯމުން ހުށައެޅިދާނެއެވެ.

 

 

 

 

 

ސެކްޝަން 4

އެއްބަސްވުމުގެ ޢާންމު މާއްދާތައްއަދިޚާއްޞަމާއްދާތައް

  1. މާނަކުރުން

33.1.         

 

"މަސައްކަތުގެ ވެރިފަރާތް" ކަމަށް ބުނެފައި އެވަނީ، އެ މަސައްކަތެއް ކުރުމަށް ބޭނުންވާ މިނިސްޓްރީގެ ދާއިރާގެ ތަނަކަށެވެ.

 

33.2.         

"މަސައްކަތް ޙަވާލުވާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އެ މަސައްކަތެއް ކޮށްދިނުމަށް އެދި ބީލަން ހުށައަޅާ ފަރާތަށެވެ.

 

33.3.         

"މަސައްކަތް" ކަމަށް ބުނެފައިއެވަނީ ބީލަން ޝީޓްގައި ބަޔާންކޮށްފައިވާ ޚިދުމަތް ނުވަތަ މަސައްކަތަކެވެ.

 

33.4.         

"އެއްބަސްވުން" ކަމަށް ބުނެފައި އެވަނީ، މަސައްކަތުގެ ވެރިފަރާތާއި، މަސައްކަތްކުރުމަށް ޙަވާލުވާ ފަރާތާ ދެމެދު މަސައްކަތްކުރުމާބެހޭ ގޮތުން ވެވޭ އެއްބަސްވުމަށެވެ.

  1. ލިޔެކިޔުން ބަދަލުކުރުން

34.1.         

މި އެއްބަސްވުމުގައި ޝާމިލުވާ ފަރާތްތަކުން މިއެއްބަސްވުމާ ގުޅިގެން އެއްފަރާތުން އަނެއްފަރާތަށް އަންގަންޖެހޭ އެންމެހައި އެންގުންތައް އާއްމުގޮތެއްގައި އަންގާނީ ދިވެހިބަހުން، ލިޔުމުންނެވެ.

 

34.2.         

އެއްފަރާތުން އަނެއްފަރާތަށް ފޮނުވާ ލިޔުން ރައްދުކުރާނީ އަތުންއަތަށް ނުވަތަ ރަޖިސްޓްރީޕޯސްޓުން، ނުވަތަ ކަނޑައެޅިފައިވާ އީމެއިލަށް، ބީލަމުގައި ބަޔާން ކޮށްފައިވާ އެޑްރެހަށެވެ.

 

34.3.         

މި އެއްބަސްވުމުގައިވާ އެޑްރެސް ބަދަލުކުރާން ބޭނުންވާނަމަ، ބަދަލުކުރާން ބޭނުންވާފަރާތުން އަނެއްފަރާތަށް ލިޔުމުން އަންގަން ވާނެއެވެ.

  1. ތިންވަނަ ފަރާތަކާއި މަސައްކަތް ހަވާލުކުރުން

35.1.         

މި އެއްބަސްވުމުގެދަށުން ކުރެވޭމަސައްކަތުގެ އެއްވެސްބައެއް އެހެންފަރާތަކާ ޙަވާލުކޮށްގެން ކުރަން ބޭނުންވާނަމަ އެކަން ބަޔާންކޮށް މަސައްކަތް ޙަވާލުވާ ފަރާތުން، ވެރިފަރާތަށް ލިޔުމުން ހުށައަޅާ ހުއްދަހޯދަން ވާނެއެވެ.

35.2.         

35.1ގައިވާ ގޮތުގެމަތިން އެހެންފަރާތަކާ މަސައްކަތުގެ އެއްވެސްބައެއް ޙަވާލުކުރި ކަމުގައިވިޔަސް މަސައްކަތް ޙަވާލުވާފަރާތުން މިއެއްބަސްވުމުގައިވާ ގޮތުގެމަތިން ފުރިހަމައަށް ޒިންމާ އުފުލަން ވާނެއެވެ.

  1. ތަކެއްޗާއި ޚިދުމަތާއި ހަވާލުވުން

36.1.         

ތަކެތި ގުދަނަށް ގެނައުމުގެ 03(ތިނެއް) ދުވަސް ކުރިން ތަކެތި ގުދަނަށް ގެނެވޭނެ ތާރީޚާއި ގަޑި މަސައްކަތް ވިލަރެސްކުރާ ފަރާތަށް އަންގަންވާނެއެވެ.

36.2.         

ތަކެތި ގުދަނަށް ގެނައުމުން މަސައްކަތް ވިލަރެސްކުރާ ފަރާތުން (ގުދަނުން) ޙަވާލުވާނީތަކެތީގެ ޢަދަދާއެވެ.

 

36.3.         

އެއްބަސްވުމުގައިވާ ގޮތަށް ތަކެތި/ޚިދުމަތް ލިބިފައިވޭތޯ ބަލާނީ ގުދަނަށް ޙަވާލުވުމަށްފަހު އިވެލުއޭޝަން ކޮމެޓީންނެވެ. ކޮލިޓީ ބެލުމަށްފަހު ސްޕެސިފިކޭޝަނާއި އެއްގޮތަށް މަސައްކަތް ނިންމާފައިވާކަމަށް ވާނަމަ އެގްރީމަންޓާ އެއްގޮތަށް ތަކެތި/ޚިދުމަތް ލިބުނުކަމަށް ބެލޭނެއެވެ. އަދި އެއްބަސްވުމާ ޚިލާފަށް ފޯރުކޮށްދީފައިވާ ޚިދުމަތް/ތަކެތި އަނބުރާ ފޮނުވާ ލެވޭނެއެވެ.

  1. އެއްބަސްވުމުގެ މުއްދަތު

37.1.         

އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ތަކެތި/ޚިދުމަތް ފޯރުކޮށްދޭން ވާނެއެވެ

37.2.         

މަސައްކަތް ޙަވާލުވި ފަރާތުގެ ބާރުނުފޯރާ ކަމެއް ނުވަތަ ޤުދުރަތީ ޙާދިސާއެއް/ކާރިޘާއެއް ނުވަތަ މެނިފެކްޗަރިންއާގުޅޭ ކަމެއް ކުރިމަތިވެއްޖެނަމަ މުއްދަތު އިތުރު ކުރުމަށްޓަކައި އެޙާދިސާއެއް/ކާރިޘާއެއް ނުވަތަ އެކަމެއް ދިމާވިކަން އެނގޭފަދަ (ރަސްމީ ނުވަތަ ކަމާގުޅޭ ފަރާތް ތަކުގެ) ލިޔުންތަކާއެކު މަސައްކަތް ނިންމަންޖެހޭ މުއްދަތު ހަމަވުމުގެކުރިން މަސައްކަތުގެ ވެރިފަރާތަށް ހުށައަޅަން ވާނެއެވެ.

 

37.3.         

އެއްވެސް ސަބަބަކާހުރެ މުއްދަތު އިތުރުކޮށްދިނުމަށް ހުށަހެޅި ނަމަވެސް މުއްދަތު އިތުރުކޮށްދޭނީ "މުއްދަތު އިތުރުކޮށްދިނުމުގެ އުޞޫލު" ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ބިޑް ކޮމެޓީއަށް ހުށައަޅައިގެންނެވެ.

  1. ޖުރިމަނާ ކުރުމާއި އެގްރީމަންޓް ބާތިލްކުރުން

 

38.1.         

އެއްބަސްވުމުގައިވާ މުއްދަތަށް މަސައްކަތް ނުނިމޭނަމަ ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގެ 10.71 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ލިކުއިޑޭޓަޑް ޑެމޭޖަސް ކެނޑޭނެއެވެ.

38.2.         

ޖުމްލަ އަގު 2,500,000/-ރުފިޔާއަށްވުރެ ދަށުގެ ބީލަމެއްނަމަ ފައިސާ ކަނޑާނީ، ޖުމްލަ އަގު 0.005 (ޕޮއިންޓް ސުމެއް ސުމެއް ފަހެއް) އާ ގުނަކުރުމުން ޖެހޭ ޢަދަދާއި މުއްދަތަށްވުރެ އިތުރުވާ ދުވަސްތަކުގެ ޢަދަދާ ގުނަކުރުމުންޖެހޭ އަދަދެކެވެ.

ލިކުއިޑޭޓެޑް ޑެމޭޖަސް = CP*0.005*LD

CP (ކޮންޓްކެޓް ޕްރައިސް): ކޮންޓްރެކްޓްގެ ޖުމްލަ އަގު

LD (ލޭޓް ޑިއުރޭޝަން): ކޮންޓްރެކްޓްގެ މުއްދަތަށްވުރެ އިތުރުވާ ދުވަސްތައް

 

38.3.         

މަސައްކަތް ނުނިމި ލަސްވާމުއްދަތަށް މަސައްކަތް ޙަވާލުވިފަރާތުން ފައިސާދޭންޖެހިއްޖެނަމަ، މަސައްކަތް ޙަވާލުވި ފަރާތުން ހުށައަޅާބިލަށް ފައިސާ ދޫކުރެވޭނީ މަސައްކަތް ނުނިމި ލަސްވީ މުއްދަތަށްވާ ފައިސާ ބިލްގައިވާ ޢަދަދުން ކެނޑުމަށްފަހު ބާކީފައިސާއެވެ.

 

38.4.         

މަސައްކަތުގެ ޖުމްލަ އަގުގެ އިންސައްތަ އަށްވުރެ ލިކުއިޑޭޓަޑް ޑެމޭޖަސް ބޮޑުވެއްޖެނަމަ އެއްބަސްވުން ބާތިލްކުރެވޭނެއެވެ.

  1. އެގްރީމަންޓް ބާތިލްކުރުން

39.1.         

އެއްބަސްވުމުގައި ބަޔާންކޮށްފައިވާގޮތަށް މަސައްކަތް ކުރިޔަށް ނުދާކަމަށް ފާހަގަ ކުރެވިއްޖެނަމަ އެއްބަސްވުންއެއްކޮށް ނުވަތަ އެއްބަސްވުމުގެ ބައެއް ބާޠިލްކުރުމުގެ ފުރިހަމަ އިޚްތިޔާރު މަސައްކަތުގެ ވެރިފަރާތަށް ލިބިގެންވެއެވެ.

 

39.2.         

އެއްވެސް ސަބަބަކާހުރެ އެއްބަސްވުން ބާތިލްކޮށްފިނަމަ ބަންދުނޫން 3 ދުވަހުގެ ތެރޭގައި، އެހާތަނަށް ނިމިފައިވާ މަސައްކަތާއި، ނުނިމިހުރި މަސައްކަތުގެ ތަފްޞީލް އަގާއެކުލިޔެ، ދެފަރާތުން އެލިޔުމުގައި ސޮއިކުރަން ވާނެއެވެ. އަދި މަސައްކަތް ހިނގާ ސައިޓުގައި ހުންނަ ކޮންޓްރެކްޓަރގެ ހުރިހާ ތަކެތީގެ ލިސްޓް ނަގައި އެތަކެތި  ބަނދުނޫން 3 ދުވަހުގެ ތެރޭގައި ގެންދަންވާނެއެވެ. މި މުއްދަތުގެ ފަހުން މިއިން އެއްޗަކަށް ދިމާވާ އެއްވެސް މައްސަލައަކަށް ޒިންމާއެއް ނުވެވޭނެއެވެ.

  1. އެހެނިހެން ކަންކަން

40.1.         

މި އެއްބަސްވުމުގައި ދެފަރާތުން ސޮއިކުރުމަށްފަހު ސަރުކާރުގެ އެއްވެސް ޤާނޫނެއް ނުވަތަ ޤަވާޢިދަކާ މިއެއްބަސްވުމާ ތަޢާރުޟުވާކަން އެނގިއްޖެނަމަ ނުވަތަ އެފަދަ ޤާނޫނެއް ނުވަތަ ޤަވާޢިދެއް ހެދިއްޖެނަމަ އެކަމެއްގެސަބަބުން މުޅި މިއެއްބަސްވުން ބާޠިލެއް ނުވާނެއެވެ. އެފަދަ މާއްދާއެއް މިއެއްބަސްވުމުގައި ހިމެނޭގޮތް ވެއްޖެނަމަ އެމާއްދާއެއް އިޞްލާޙް ކޮށްގެންނަމަވެސް މިއެއްބަސްވުން އުވާނުލައި ދެމެހެއްޓުމަށް ދެފަރާތުންވެސް އެއްބަސްވެ ޤަބޫލު ކުރަމެވެ.

  1. ޓެކްސް އަދި އެހެނިހެން ފީތައް

41.1.         

މިމަސައްކަތާ ގުޅިގެން ދައްކަންޖެހޭ ޓެކްސްތަކާއި، ކަސްޓަމްސް ޑިޔުޓީތަކާއި، އިމްޕޯޓް ލައިސަންސް ފީތައް އަދި އެހެނިހެން ފީއެއް ދައްކަންޖެހިއްޖެނަމަ ފީއެއް ދައްކާނީ މަސައްކަތް ޙަވާލުވި ފަރާތުންނެވެ.

  1. އެއްބަސްވުމަށް ބަދަލުގެނައުން

42.1.         

މި އެއްބަސްވުމުގައިވާ އެއްވެސް މާއްދާއަކަށް ބަދަލެއް ގެނެވޭނީ ދެފަރާތުގެ މެދުގައި ސޮއިކުރެވޭ އެއްބަސްވުމަކުންނެވެ.

  1. އެއްބަސްވުމަށް ހިނގާނެ ޤާނޫނު

43.1.         

މި އެއްބަސްވުން ހިންގާނީ، އަދިތަންފީޛުކުރާނީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތަށެވެ.

  1. ދެބަސްވުން

44.1.         

މި އެއްބަސްވުމާމެދު އުފެދޭ ދެބަސްވުން ދެފަރާތުގެ މެދުގައި ވާހަކަދައްކައިގެން ހައްލު ނުކުރެވިއްޖެނަމަ، ދިވެހިރާއްޖޭގެ ޝަރުޢީކޯޓަކަށް މައްސަލަ ހުށައަޅައިގެން ނިންމާނީއެވެ.

 

44.2.         

މި އެއްބަސްވުމުގައި ނެތްކަމެއް ދިމާވެއްޖެނަމަ އެކަމެއް ހައްލު ކުރާނީވެސް ދެފަރާތުގެ މެދުގައި ވާހަކަ ދައްކައިގެންނެވެ. ހައްލު ނުވެއްޖެނަމަ، ދިވެހިރާއްޖޭގެ ޝަރުޢީކޯޓަކަށް މައްސަލަ ހުށައަޅައިގެން ނިންމާނީއެވެ.

ސެކްޝަން - 5

ޖަދުވަލުތައް

ޖަދުވަލު – 1

ބީލަން ހުށައަޅާ ފަރާތުން ހުށައަޅަންޖެހޭ ލިޔުންތައް އަދި ޗެކްލިސްޓް

 

#

 

 

 

1

ބީލަން ހުށައަޅާ ފަރާތުން ހުށައަޅަންޖެހޭ ލިޔުންތައް އަދިޗެކްލިސްޓް (ޖަދުވަލު 1)

 

 

2

ބީލަން ހުށައަޅާ ފޯމް (ޖަދުވަލު 2 )

 

 

3

ކުންފުނި/ޕާޓްނަރޝިޕް/ ކޯޕަރޭޓިވް ސޮސައިޓީ/ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރެޖިސްޓްރީގެ ކޮޕީ

 

 

4

ހުށައަޅާ އެސްޓިމޭޓް (ކޯޓޭޝަން، ބީ.އޯ.ކިޔު)

 

 

5

ހުށައަޅާ ފަރާތުގެ ޕްރޮފައިލް(ޖަދުވަލު 3)

 

 

6

ޖީއެސްޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓް ކޮޕީ (ޖީ.އެސް.ޓީއަށް ރެޖިސްޓްރީ ކޮށްފައި ވާނަމަ)

 

 

7

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކުރާ ޓެކްސް ކްލިއަރެންސް ރިޕޯޓްގެ ކޮޕީ (ދޫކުރިފަހުން 3 މަސް ހަމަނުވާ)

 

 

8

ގަވާއިދުން ޕެންޝަން ފައިސާ ދައްކާކަމުގެ ލިޔުމުގެ ކޮޕީ (އެންމެފަހުން ދެއްކި މަހުގެ އަދި މުވައްޒަފުންނެތްނަމަ ނެތްކަމަށް ޕެންސަން އޮފީހުންދީފައިވާ ލިޔުން) (ދޫކުރިފަހުން 3 މަސް ހަމަނުވާ)

 

 

9

ބީލަން ހުށައަޅާ މަސައްކަތާގުޅުންހުރި މަސައްކަތުގެ ތަޖްރިބާގެ ލިޔުންތައް އަދި ޖަދުވަލު 5 ފުރިހަމަކޮށް ހުށައަޅާފައި

 

 

10

މާލީ ދަލީލު (ބޭންކް ގެރެންޓީއާއި ކްރެޑިޓް ފެސިލިޓީފަދަ) އަދި ޖަދުވަލު 4 ފުރިހަމަކޮށް ހުށައަޅާފައި

 

 

13

ހުށައަޅަންޖެހޭ ލިޔުންތައް ހުރީ މިލިސްޓުގައި ވާ ތަރުތީބުން ތަރުތީބު ކުރެވިފައި

 

 

14

ޞަފްހާ ނަންބަރު ޖަހާފައި (ކިތައް ޞަފްޙާގެ ތެރެއިން ކިތައްވަނަ  ޞަފްޙާކަން އެނގޭގޮތަށް)

 

 

15

ޞަފްޙާތަކުގައި ހުރީ ސޮއިކޮށްފައި

 

 

16

ބީލަމުގެ ގަނޑުތައް ހުރީ ވަކިނުވާނެހެން ބައިންޑްކޮށް / ހީރަސްޖަހާފައި

 

 

 

 

ޖަދުވަލު – 2

ބީލަން ހުށަހަޅާ ފޯމް

 

ޖަދުވަލު – 3

ހުށައަޅާ ފަރާތުގެ ޕްރޮފައިލް

 

  1. 1.       ހުށައަޅާ ފަރާތުގެ މަޢުލޫމާތު

 

ނަން

1.1- 

 

ރަޖިސްޓްރީ ކުރެވިފައިވާ އެޑްރެސް

1.2- 

 

ވިޔަފާރީ އެޑްރެސް

1.3- 

 

ރަޖިސްޓްރީ ނަންބަރު

1.4- 

 

ޓެކްސް ޕޭޔަރ އައިޑެންޓިފިކޭޝަން ނަންބަރު

1.5- 

 

ޖީ.އެސް.ޓީ ޓިން ނަންބަރު

1.6- 

 

ފޯނު ނަންބަރު

1.7- 

 

އީމެއިލް އެޑްރެސް

1.8- 

  1. 2.         ހުށައަޅާ ފަރާތުގެ ވެރިންގެ މަޢުލޫމާތު (ކުންފުންޏެއްނަމަ ހިއްސާދާރުންގެ މަޢުލޫމާތު، ޕާޓްނަރޝިޕެންނަމަ ޕާޓްނަރުންގެ މަޢުލޫމާތު، އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްނަމަ ވެރިފަރާތުގެ މަޢުލޫމާތު)

މަޤާމު

ނަން

#

 

 

 

 

 

 

 

 

 

 

 

 

  1. 3.         އާންމުކޮށްކުރާ މަސައްކަތްތައް

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ޖަދުވަލު – 4

މާލީ ތަނަވަސްކަމާއި ބެހޭ މަޢުލޫމާތު

 

ބީލަން ހުށަހަޅާ ފަރާތުގެ އެކައުންޓްތަކުގެ މަޢުލޫމާތު

ފާއިތުވި މަހުގެ ބެލެންސް (ދިވެހި ރުފިޔާއިން)

އެކައުންޓްގެ ބާވަތް

އެކައުންޓް ނަންބަރު

#

 

 

 

 

 

 

 

 

 

 

 

 

 

ޖުމްލަ

ކްރެޑިޓް ދޫކުރާ ފަރާތްތަކުގެ މަޢުލޫމާތު

ފައިސާގެ އަދަދު (ދިވެހި ރުފިޔާއިން)

ދޫކުރެވުނު މުއްދަތު

ދޫކުރެވުނު ތާރީޚް

ކުރެޑިޓް ދޫކުރެވުނު ފަރާތުގެ ނަން

#

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ޖުމްލަ

             

 

 

ޖަދުވަލު – 5

ފާއިތުވި 3(ތިނެއް) އަހަރުގެ ތެރޭގައި ކޮށްފައިވާ ގުޅުންހުރި މަސައްކަތްތައް

 

ބީލަން ހުށައަޅާ ފަރާތުގެ ކޮށްފައިވާ ގުޅުންހުރި މަސައްކަތްތަކުގެ ތަފްޞީލް

މަސައްކަތުގެ އަގު (ދިވެހި ރުފިޔާއިން)

މަސައްކަތްކުރި އަހަރު

މަސައްކަތުގެ ވެރިފަރާތް

މަސައްކަތުގެ ނަން

#

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ޖުމްލަ:

 

ޖަދުވަލު – 6

ބީލަން އިވޭލުއޭޓް ކުރުމަށް ބޭނުން ކުރާނެ މިންގަނޑު

 

އިވެލުއޭޝަން މިންގަނޑު

ޕޮއިންޓް ދެވޭނެ ދާއިރާ

ޕޮއިންޓް ދެވޭނެ ގޮތުގެ ތަފްސީލް

ޕޮއިންޓްގެ އަދަދު

މަދުވެގެން ހޯދަންޖެހޭ ޕޮއިންޓް

އަގު

ހުށަހެޅި އެންމެ ހެޔޮ އަގު/ ހުށަހެޅި އަގު ×60(އަގު ކުޑަވީ ވަރަކަށް ލިބޭ ޕޮއިންޓް ގިނަވާނެއެވެ.)

60

30

މުއްދަތު

ހުށައެޅޭ އެންމެ ކުރު މުއްދަތު / ހުށައެޅި މުއްދަތު ×20(މުއްދަތު ދީފައިވާ ބީލަންތަކަށް ޕޮއިންޓެއް ނުދޭނެއެވެ.އަދި މަސައްކަތް ނިންމާ މުއްދަތު ކުރުނަމަ ލިބޭ ޕޮއިންޓް ގިނަވާނެއެވެ.)

20

10

މަސައްކަތުގެ ތަޖުރިބާ

ބީލަމާއެކު ހުށައަޅާފައިވާ މަސައްކަތް ނިންމިކަން ކަށަވަރުކޮށްދޭ ލިޔުންތަކަށް ބަލައި، ނިންމާފައިވާ މި ބީލަމުގައިވާ މަސައްކަތާއި ގުޅުންހުރި (ތަންތަން ޢިމާރާތްކުރުމާއި ބޮޑެތި މަރާމާތުތައް ކުރުންފަދަ) ކޮންމެ ޕްރޮޖެކްޓަކަށް 02 ޕޮއިންޓް (ޖޫރިމަނާއެއްނެތި ހިންގާފައިވާ ގުޅުންހުރި ޕްރޮޖެކްޓްތަކަށް އެކަނި)

10

5

މާލީ ޤާބިލުކަން

ބީލަމާއިއެކު ހުށައެޅި ބޭންކް ސްޓޭޓްމަންޓާއި ބޭންކް ގެރެންޓީ ކްރެޑިޓް ފެސިލިޓީ ތަޖުރިބާގެ ލިޔުންތައްފަދަ ލިޔުންތަކަށްބަލައި ހުށައެޅި ބީލަމުގެ ވެލިޔުގެ މަދުވެގެން %50 އާއި އެއްވަރުގެ ޤާބިލްކަން ހުރިނަމަ 10 ޕޮއިންޓް،%40 އާއި އެއްވަރުގެ ޤާބިލްކަންހުރިނަމަ 07 ޕޮއިންޓް،%30 އާއި އެއްވަރުގެ ޤާބިލްކަން ހުރިނަމަ03 ޕޮއިންޓް، އަދި %30 އަށްވުރެ ދަށްނަމަ އެއްވެސް ޕޮއިންޓެއް ނުދެވޭނެއެވެ.

10

5

ޖުމްލަ

100

50


 

ސެކްޝަން- 6

އެއްބަސްވުން

މި އެއްބަސްވުމަކީ ................ (މީގެ ފަހުން "މަސައްކަތް ހަވާލުކުރާ ފަރާތް") ............ (މީގެ ފަހުން "މަސައްކަތް ހަވާލުވި ފަރާތް") ދެމެދު 2018ޖުލައި00 ވަނަ ދުވަހު ވެވިފައިވާ އެއްބަސްވުމެކެވެ.

މި އެއްބަސްވުން އެކުލެވިގެންވަނީ ބީލަމާ ގުޅިގެން ދެވުނު މަޢުލޫމާތާއި، އެއްބަސްވުމުގެ ޢާންމު މާއްދާތަކާއި، އެއްބަސްވުމުގެ ޚާއްޞަ މާއްދާތަކާއި، މަސައްކަތް ޙަވާލުވި ފަރާތުން ހުށައަޅުއްވާފައިވާ ޕްރޮޕޯސަލްގެ މައްޗަށެވެ.

މިއެއްބަސްވުމަކީ، މިއެއްބަސްވުމުގެ އެންމެހައި މާއްދާތަކަށް އިޙްތިރާމް ކުރުމާއި، އެއްބަސްވުމުގައި ބަޔާންކުރާ މަޤްޞަދުތައް ޙާޞިލް ކުރުމަށްޓަކައި، ދެފަރާތުން މިއެއްބަސްވުމުގެ މުއްދަތަށް އެއްބަސްވުން ދެމެހެއްޓުމުގެ ނިޔަތުގައި ތިރީގައިވާ މީހުން ހެކިކޮށް، ދެފަރާތުގެ ފުރިހަމަ އިޚްތިޔާރާއެކު ސޮއިކޮށްފައިވާ ޞައްޙަ އެއްބަސްވުމެކެވެ.

މަސައްކަތުގެވެރިފަރާތް: 

މަސައްކަތާ ހަވާލުވާފަރާތް:

ސޮއި:

ސޮއި:

 

ނަން:

ނަން:

މަޤާމް:

މަޤާމް:

ތައްގަނޑު:

ތައްގަނޑު:

ހެކިން:

ހެކިން:

ސޮއި:

ސޮއި:

 

ނަން:

ނަން:

މަޤާމް:

މަޤާމް:

އައި.ޑީ#:

އައި.ޑީ#:

މަސައްކަތުގެ ވެރިފަރާތުން ސްޕަވައިޒު ކުރާނީ

މަސައްކަތް ޙަވާލުވާ ފަރާތުން ސްޕަވައިޒު ކުރާނީ

ސޮއި:

ސޮއި:

 

ނަން:

ނަން:

މަޤާމް:                   

މަޤާމް:                   

އައި.ޑީ#:

އައި.ޑީ#:

ގުޅޭނެ ނަންބަރު:

ގުޅޭނެ ނަންބަރު:

އީމެއިލް އެޑްރެސް:

އީމެއިލް އެޑްރެސް:

 

ސެކްޝަން 7– ބޭނުންވާ ޚިދުމަތް/ތަކެތި/މަސައްކަތުގެ ތަފްޞީލް

                                                           

  • ދެކުނު ފަރާތު ފާރުން ގޭޓުގެ ހުޅަނގުން، ނުރޭނިވާބައި ދެވިފައިވާ މިންތަކާ އެއްވަރަށް ރާނައި މިހާރު ހުރި ތަނބުތަކާ ގުޅުވައިގެން މަތީބެރި އަޅައި ދެފަރާތުގައި ސިމެންތި ޖަހައި، ވޯލްސީލަރު ލައި ކުލަލުން
  • މަތީބެރީގެ ކޮންމެ ދެ ފޫޓަކުން ދޮޅު އިންޗީގެ ހޮޅި 4 އިންޗީގެ ފުން މިނަށް ވަޅުލުމާއި އެ ހޮޅީގެ ތެރޭގައި ފެން ހަރުނުލާނެ ގޮތަށް ފާރުގައި ލޯވަޅު އެޅުން ލޯވަޅު، އަޅަންވާނީ ފާރުގެ އެތެރެ ފަރާތަށް ވާގޮތަށެވެ.(ދިދަ ޖެހުމަށް)
  • ކުރެހުމުގައިވާ މިންތަކަށް ގޭޓްގެ ދެ އަރިމަތި އަދި އިރުމަތީ ފަރާތު ފާރު 4 ފޫޓްދިގު އަދި ހަތްފޫޓް އުސްމިނުގައި ރާނައި ތަނބުޖަހައި މަތީބެރިއަޅައި، ދެފަރާތުގައި ސިމެންތި ޖަހައި ވޯލްސީލަރ ލައި ކުލަލުން
  • ގޭޓުގެ ބޭރުން މަގުފާރާ ހަމައަށް އޮންނަ ބައި އަދި ގޭޓުގެ ދޮރު ހުޅުވޭ ހިސާބަށްވުރެ އެއްފޫޓް ބޭރާ ހަމައަށް ރަށުގެ ބިމުގެ ލެވެލްއާ އެއްވަރަށް ވެލިއަޅައި ފެން ފަހިވާގޮތަށް، ބިންގަނޑު އެއްވަރުކޮށް، ގައު އެތުރުން
  • ގޭޓްގެ ފުރޮޅުދުވާ ހިސާބުގައި ފަސޭހައިން ނުނެއްޓޭނޭހެން، އަދި މައްޗަށް އުފުލި ނުވަތަ އަޑިއަށް ގޮސްފައި ނުހުންނާނޭހެން ރަނގަޅު ފެންވަރުގެ ރޭލިން އެއް އެޅުން
  • ދީފައިވާ ކުރެހުމުގައިވާ ގޮތަށް ގޭޓްހަދައި ހަރުކޮށް، ދަވާދުލުން
  • ދީފައިވާ ކުރެހުމުގައި ވާގޮތަށް، ހަތަރު ތަނބަށާއި ނޯޓިސްބޯޑަށް ބޮކިލައި ކަރަންޓް ވަޔަރކޮށް، ސޭފްރޫމްގެ ޑީބޯޑަށް ގުޅުވުން އަދި ކޮންމެ ބޮތްކެއް ވަކިން ނިވައި ދިއްލޭ ގޮތަށް ފެން ނުވަންނަ، އައުޓްޑޯ ސްވިޗް ހަރުކުރުމާއި ކޮންމެ ނޯޓިސްބޯޑެއްގެ ކައިރީގައި އަޓުޑޯރ ޕްލަގްޕޮއިންޓެއް ހަރުކުރުން (ހުރިހާ ސްވިޗްތައް ހުންނަންވާނީ ސޭފްރޫމްގެ އިރުމަތީ ބިތުގައި)
  • ސޭފްރޫމްގެ ޑީ ބޯޑަށް ގެންދާ ވަޔަރިންގ ގެންދިއުމަށް ދަގަނޑު ހޮޅިއަށްލައްވައި ދެ ހޮޅި ގުޅުވާތަން އައުޓްޑޯރ އިންސިޔުލޭޝަން(ވޯޓަރ ޕުރޫފް) ޓޭޕައަޅައި ބިމުގެ ދޮޅުފޫޓް އަޑިން ގެންދިއުމާއި ބިމުން މަތީގައިވާ ކަރަންޓް ވަޔަރިންގ ފުލެކްސިބުލް ކޮންޑިއުޓް ނުވަތަ ހާރޑް ކޮންޑިއުޓް ހޮޅި ލެއްވުން
  • ދީފައިވާ ކުރެހުމުގައިވާ ގޮތަށް ގޭޓުގެ ދެފަރާތުގައި ނޯޓިސްބޯޑެއް ހަދައި ހަރުކޮށް ހިޔާކުރުން
  • ނޯޓިސްބޯޑުގެ ފްރޭމް، ފާރާ އެއްވަރުގެ ފުޅާ މިނުގައި އެލުމީނިއަމް ބޭނުންކޮށްގެން ތައްޔާރުކޮށް ބޭރުފަރާތަށް 6 މމ އަށްވުރެ ތުނިނޫން ސާފު ބިއްލޫރިލައްވައި ފެންނުވަންނާނޭހެން ރަނގަޅަށް ޕެކިންލެއްވުން
  • ނޯޓިސްބޯޑުގެ އެތެރެ ފަރާތަށް ހުޅުވޭ ގޮތަށް އެލްމީނިއަމް ދެ ދޮރުފަތްލައި ބޭރުފަރާތަށް އެލްމީނިއަމް ޝީޓްލައި އެލްމީނިއަމް ޝީޓްގައި އެއް އިންޗިއަށްވުރެ ތުނިނޫން ސޮފްޓް ބޯޑް ނުވަތަ ކޯކްބޯޑް ހަރުކޮށް ބޯޑްގައި ، ގަދަ ނޫކުލައިގެ މަޚްމާ ފޮތި ރޫނާރާނެހެން ހަރު ކުރުން
  • ދޮރުފަތުން އެތެރެއަށް ފެން ނުވަންނާނެހެން ވޯޓަރޕްރޫފް ވާކަން ކަށަވަރު ކުރުން
  • އެއްފަރާތު ދޮރުފަތުގެ މަތި އަދި ތިރީގައި 4 އިންޗިއަށްވުރެ ކުރުނޫން އެސްއެސް ނުވަތަ ލޮއި ތަންޑު ހަރުކުރުން
  • ކޮންމެ ދޮރުފަތެއްގައި 4 އިންޗިއަށްވުރެ ކުރުނޫން 4 އެސްއެސް ހުޅު ހަރުކުރުމާއި އެކަށިގެންވާ ރަނަގަޅު ފެންވަރުގެ ތަޅަކާއި ދިގު އަތްގަނޑެއް ހަރުކުރުން
  • ނޯޓިސްބޯޑުގެ ފުރާޅު ދީފައިވާ ކުރެހުމާ އެއްގޮތަށް ތައްޔާރުކޮށް ހަރުކުރުން
  • ފުރާޅުގެ ގިއުގަނޑު ލަކުޑިން ހަދައި ކޮންމެ ދޮޅު ފޫޓަކުން ފައިދޮށް އަޅައި ފައިދޮށްތަކުގެ ދަށުކައިރި ރޫޓަރުކޮށް، މެރިން ވަރުނީސްލުން
  • ފައިދޮށްތަކުގެ މަތިން ނޫކުލައިގެ ފެންސީޕްލައިވުޑް އަޅައި ފަތިއެޅުން
  • ފުރާޅުގެ ޓިނުގެ ގޮތުގައި ލައިސާޓް (އީޓު ވައްތަރުގެ) ޓިނުޖަހައިގެން ހިޔާ ކުރުން
  • ނޯޓިސްބޯޑުގެ އެތެރޭގެ މަތީފަރާތުގައި ރަނގަޅު ފެންވަރުގެ 4 ފޫޓް ހޮޅިބުރިއެއް ހަރުކޮށް، ސްވިޗް ލުން
  • ނޯޓިސްބޯޑުގެ ބޭރުފަރާތުގެ މަތީ ކައިރިން ފެށިގެން 4 އިންޗި ފުޅާމިނުގައި ނޯޓިސްބޯޑުގެ ދިގު މިނަށް (ހޮޅިބުރި ދިއްލުމުން ލޮލަށް އުނދަގޫ ނުވާ ޒާތުގެ) ކްލިއަރ ސްޓިކާއެއް ހިއްޕުން

 

ޓެކްނިކަލް ސްޕެސިފިކޭޝަންސް

މަސައްކަތްކުރާސައިޓް

މަސައްކަތް ހިނގަމުންދާއިރުވެސް ސައިޓް ބާއްވަންޖެހޭނީ ސާފުކޮށް ތާހިރުކޮށެވެ. އަދި މަސައްކަތް ނިންމުމަށްފަހު ސައިޓް ރަނގަޅަށް ސާފުކުރަން ވާނެއެވެ. މަސައްކަތްކުރަންވާނީ ކައިރީގައި ހުންނަ ޢިމާރާތް ތަކުގައިއުޅޭ މީހުންނަށް އުނދަގޫ ނުވާނެގޮތަށް ބަލައިގެން މަސައްކަތްކުރާ މީހުންނާއި އެހެން މީހުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އަޅައިގެންނެވެ.

މަސައްކަތްކުރާ ސައިޓަކީ ސްކޫލް ގޯތިތެރެ ކަމަށްވާތީ، މަސައްކަތް ކުރާއިރު، ތަނުގެ އިސްވެރިންގެ އިރުޝާދުގެ މަތިން މަސައްކަތް ކުރުމަކީ މުހިންމު ކަމެކެވެ. މަސައްކަތު ސައިޓް ޙަވާލު ކުރުމުން ސައިޓް ވަކިކޮށް ޢާންމުކޮށް ފެންނަން ނުހުންނާނޭހެން ބަންދު ކުރަން ޖެހޭނެއެވެ. 

1 ކޮންކްރީޓް.

1.1  ސިމެންތީގެ ހުރިހާ ކަމަކަށް ބޭނުން ކުރަންވާނީ އިންޑޯ ނުވަތަ ބީ.އެސް 12 އަށް ފެތޭ ބްރޭންޑެއްގެ ސިމެންތި އެކެވެ. ސިމެންތި އެއްވެސް ވަރަކަށް ގަނޑުވެފައި ހުރެގެން ނުވާނެއެވެ. އެއްވެސް ޙާލެއްގައި ގަނޑުވެފައި ހުރި ސިމެންތި އެއް ބޭނުން ކޮށްގެން ނުވާނެއެވެ.

1.2 ކޮންކްރީޓުގެ ހުރިހާ ކަމަކަށް ބޭނުން ކުރަން ވާނީ އެއް ބްރޭންޑެއްގެ ސިމެންތި އެކެވެ.

1.3 ކޮންކްރީޓުގެ ހުރިހާ ކަމަކަށް ބޭނުން ކުރަން ވާނީ ރަނގަޅަށް ގްރޭޑް ކުރެވިފައިވާ ހިލަޔާއި ހިލަވެއްޔެވެ.

1.4 ކޮންކްރީޓުގެ މިކްސް ރޭޝިޔޯ އަކީ 1:2:3 އެވެ. ( 1 ސިމެންތި، 2 ހިލަވެލި، 3 ހިލަ)

1.5 ފައުންޑޭޝަން އަޅަންވާ ހުރިހާ ތަނެއްގައި ބިންގަނޑު ހަރުކޮށް ލީން ކޮންކްރީޓް އަޅަން ވާނެއެވެ.

1.6 ލީން ކޮންކްރީޓުގެ މިކްސް ރޭޝިޔޯ އަކީ 1:2:4 އެވެ. ( 1 ސިމެންތި، 2 ހިލަވެލި، 4 ހިލަ)

1.7 ހުރިހާ ކޮންކްރީޓެއްވެސް ގަށަން ޖެހޭނީ ކޮންކްރީޓް ގަށާ މެޝިނެއްގައެވެ. އަދި ހުރިހާ ކޮންކްރީޓެއްވެސް ހުންނަން ޖެހޭނީ މެކޭނިކަލް ވައިބްރޭޓަރެއް ބޭނުން ކޮށްގެން ރަނގަޅަށް ކޮމްޕެކްޓް ކުރެވިފައެވެ.

1.8 ކޮންކްރީޓް ކުރުމަށް ބޭނުން ކުރަންވާނީ 20 މިލިމީޓަރަށްވުރެ ބޮޑުނޫން ސައިޒެއްގެ ހިލައެވެ.

1.9 ހިލަވެލީގެ ގޮތުގައި ބޭނުން ކުރަން ވާނީ ކިސަޑާއި ކުނިބުނިނެތް ސާފު ހިލައާއި، ހިލަވެއްޔެވެ.

1.10 ދަގަނޑުގެ ގޮތުގައި ބޭނުން ކުރަންވާނީ ދަބަރު ޖަހާފައިނުވާ އަދި ތެޔޮއުނގުޅިފައިނުވާ ދަގަނޑެވެ. ދަގަނޑު ބޭނުން ކުރުމުގައި އަބަދުވެސް ދަގަނޑުގެ ފުރިހަމަ ދިގުމިނުގައި ބޭނުން ކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭން ވާނެއެވެ. ދަގަނޑު ބުރިބުރި ބޭނުން ކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.

1.11 ކޮންކްރީޓުގެ ހުރިހާ ކަމަކަށް ބޭނުން ކުރަންވާނީ ތެލާއި ގިރިސް އަދި ލޮނުގެ އަސަރުނެތް ބޯންކަމުދާ ފެންވަރުގެ ސާފުފެނެވެ.

1.12 ކޮންކްރީޓް ފޯރމްވޯރކުގެ ހުރިހާ ކަމަކަށް ބޭނުން ކުރަންވާނީ އެކަށީގެންވާ ބޯމިނުގެ ޕްލައިވްޑް ފިލައެވެ. އަދި ބޭނުން ކުރާ ހުރިހާ ތަކެއްޗަކީވެސް އެކަށީގެންވާ ފެންވަރުގެ ތަކެތި ކަމުގައި ވާންވާނެއެވެ.

1.13 ފައުންޑޭޝާނާއި، ކޮލަމްތަކުގެ ތައްގަޑުތައް ނައްޓަންޖެހޭނީ ކޮންކްރީޓުގެ މަސައްކަތް ނިމޭތާ 72 ގަޑިއިރުވުމަށް ފަހުގައެވެ. އަދި މިނޫން ބީމްތަކުގެ ތައްގަޑުތައް ނައްޓަން ޖެހޭނީ ކޮންކްރީޓުގެ މަސައްކަތް ނިމޭތާ 7 ދުވަސް ފަހުންނެވެ.

1.14 ހިލަ ވެއްޔާއި ހިލަ، މިނަން ޖެހޭނީ 50 ކިލޯގެ ސިމެންތި ބަސްތާއަކާ އެއްވަރުގެ ވޮލިޔުމެއް ހުރި އެއްޗަކުންނެވެ.

1.15 ކޮންކްރީޓުގެ ވޯޓަރ ސިމެންޓް ރޭޝިޔޯ އަކީ % 0.4 އާއި % 0.45 އާއި ދެމެދުގެ މިންވަރެކެވެ.

1.16 ކޮންސަލްޓެންޓް ބޭނުން ވެއްޖެ ހިނދެއްގައި ކޮންކްރީޓުގެ ސްޓްރެންތް ބެލުމަށްޓަކައި ޓެސްޓްކިޔުބް ސާމްޕަލް ނަގައި 3 ވަނަ ޕާރޓީއެއް ލައްވާ ޓެސްޓް ކުރަން ޖެހޭނެއެވެ. މިކަމަށް ކުރަންޖެހޭ ހުރިހާ ޚަރަދެއް ކުރަންވާނީ ކޮންޓްރެކްޓަރެވެ.

1.17 ކޮންކްރީޓް ގެށުމަށްފަހު، އަޅަންވާތަނަށް އެޅުމާ ދެމެދު 30 މިނިޓަށްވުރެ ގިނައިރުވެގެން ނުވާނެއެވެ.

1.18 ކޮންމެ ކޮންކްރީޓް މެޝިނެއްވެސް ތަކެތި ހަމަޔަށް އެޅުމަށްފަހު 5 މިނެޓް ވަންދެން ރަނގަޅަށް ގަށަންވާނެއެވެ.

1.19 ކޮންކްރީޓުގެ ތައްގަޑު ނެއްޓުމަށްފަހު ގޯނި ފަދަ އެއްޗެއް އަޅައިގެން ކޮންކްރީޓަށް ފެންޖަހައި، މަދުވެގެން 72 ގަޑިއިރު ވަންދެން ކިޔޯ ކުރަން ވާނެއެވެ.

1.20 ކޮންމެ ތަނބަކަށް، 12 އެމްއެމްގެ 4 ދަގަނޑުލައްވައި ކޮންމެ 6 އިންޗިއަކުން 6 އެމްއެމްގެ ރިންގް ދަގަނޑުން ރިންގު ބަންނަން ވާނެއެވެ.

1.21 މަތީބެރީގެ ގެ ސައިޒަކީ 4 އިންޗިފުޅާ، 8 އިންޗި އުސް މިނެވެ. މި ބެރިއަށް 12 އެމްއެމްގެ 3 ދަގަނޑު ލައްވައި ކޮންމެ 6 އިންޗިއަކުން 6 އެމްއެމްގެ ދަގަނޑުން ރިންގް ބަންނަން ވާނެއެވެ. 

2- ރެއިންފޯސްމެންޓް ކަވަރު.

2.1 ރެއިންފޯސްޑް ކޮންކްރީޓުގެ ކަވަރު ތިރީގައި މިދަންނަވާ މިންތަކަށް ބަހައްޓަން ޖެހޭނެއެވެ.

2.2 ސުޕަރ ސްޓްރަކްޗަރގެ ކަވަރު އެންމެ ކުޑަވެގެން 40 މިލިމީޓަރ ބަހައްޓަން ވާނެއެވެ.

2.3 ސަބް ސްޓްރަކްޗަރގެ ކަވަރު އެންމެ ކުޑަވެގެން 60 މިލިމީޓަރ ބަހައްޓަން ވާނެއެވެ.

3. ރޭނުން.

3.1 ރާނަންޖެހޭނީ4 އިންޗީގެ ހޮލޯބްލޮކް ގައު ބޭނުން ކޮށްގެންނެވެ.

3.2 ގާއެޅުމަށް ބޭނުން ކުރަންވާނީ ލޮނު ފިލުވާފައިހުރި ކިސަޑާއި ކުނިބުނިނެތް ސާފު ދޮންވެއްޔެވެ.

3.3 ރޭނުމަށާއި، ގާއެޅުމަށް ބޭނުން ކުރަންވާނީ އިންޑޯ ނުވަތަ ބީ.އެސް 12 އަށް ފެތޭ ބްރޭންޑެއްގެ ސިމެންތިއެކެވެ. ސިމެންތި އެއްވެސްވަރަކަށް ގަނޑުވެފައި ހުރެގެން ނުވާނެއެވެ. އެއްވެސް ޙާލެއްގައި ގަނޑުވެފައިހުރި ސިމެންތިއެއް ބޭނުން ކޮށްގެން ނުވާނެއެވެ.

3.4 ރޭނުމުގެހުރިހާ ކަމަކަށް ބޭނުން ކުރަންވާނީ އެއް ބްރޭންޑެއްގެ ސިމެންތި އެކެވެ.

3.5 ގާއެޅުމުގެ މިކްސްރޭޝިއޯ އަކީ1:4 އެވެ.

3.6 ރޭނުމަށް ބޭނުން ކުރަންވާނީ ލޮނު ފިލުވާފައިހުރި ކިސަޑާއި ކުނިބުނިނެތް ސާފު ވެއްޔެވެ.

3.7 ރާނާ ގާއެތުރުމުގައި އެއްގާބަރި މައްޗަށް އަނެއްގާބަރި ޖެހުމުގައި ފައްތަރުތައް ދިމާނުވާނެގޮތް ބަލައިގެން ގާ އެތުރުމަށް ސަމާލުކަން ދޭންވާނެއެވެ.

3.8 ރޭނުމުގެ މިކްސް ރޭޝިއޯ އަކީ 1:4 އެވެ.

4. ހިޔާކުރުން

4.1 ވަހުގެ ގޮތުގައި ބޭނުންކުރަންވާނީހާޑްވުޑް ލަކުޑިއެވެ. ވަހުގެ ދެ ކޮޅު ޖޮއިންޓް ކުރާނީ ޢިމާރާތުގެ މެދުން ޖަހާފައިވާ ތަނބުގެ ކޮޅުގައި 12 އެމްއެމްގެ ގަލްވަނައިޒްޑް ބޯލްޓް ވަޅުލައި މި ބޯލްޓަށް ނަޓުއަޅުވައިގެންނެވެ.

4.2 ހިޔާކުރުމުގައިދެފައިދޮށްގަނޑުދޭތެރޭ1.5 ފޫޓް ހުންނަން ވާނެއެވެ. ހިޔާ ކުރުމަށް ބޭނުން ކުރާނީ 4 އިންޗި 2 އިންޗީގެ ފައިދޮށެވެ.

4.3 ފަތީގެ ގޮތުގައި ބޭނުންކުރާނީ 2 އިންޗި 2 އިންޗީގެ ފައްޗެވެ.

4.4 ހިޔާކުރުމުގައި ބޭނުން ކުރަންވާނީ ހާރޑްވުޑް ލަކުޑިއެވެ. މި ލަކުޑިއަކީ ރެނދުލައި ފަޅައިގެން ގޮސްފައިނުވާ، ގޮށްނެތް އަދި އޭގެ އަމިއްލަ ޒާތުގައި ހިކިފައިވާ ތެދު ލަކުޑިއަށް ވާންވާނެއެވެ.

4.5 ޓިނުގެ ގޮތުގައި ބޭނުންކުރަންވާނީ ޓޯޓަލް ކޯޓެޑް ތިކްނަސް 0.48 މިލިމީޓަރ އަށްވުރެ ތުނިނޫން ލައިސާޓް (އެމް.އެފް.ސީ) ގައި ތައްޔާރު ކޮށްފައިވާ ނޫކުލައިގެ ޓިނެވެ.

4.6 ހިޔާ ކުރުމަށްޓަކައި ޓިނު ހަރުކުރުމަށް ޖަހަން ޖެހޭނީ ސެލްފްޓެޕިންގ އިސްކުރެވެ. އަދި ހުރިހާ އިސްކުރުތައް ހުންނަންވާނީ އެއްވަރަކަށް ބާރުކޮށްފައެވެ. އިސްކުރުޖަހާ ނިމޭއިރު ޕެކިންގ އެއްފަރާތަށް އަރާފައި ހުރެގެން ނުވާނެއެވެ.

5. ސިމެންތިޖެހުން.

5.1 ސިމެންތިޖަހަންޖެހޭނީބޭރުފާރުތަކުގަޔާއިބިމުއަޑީގެ ފާރުތަކުގެ ދެފަރާތުގައި 18 މިލިމީޓަރ ބޯމިނަށެވެ. 

5.2 ސިމެންތި ޖެހުމުގެ ކުރިން ހުރިހާ ކަންތަކުގަޔާއި، ކޮންކްރީޓާ، ފާރާގުޅޭ ތަންތަނުގައި ޕްލާސްޓިކްދާ، ފަރާތަކުން 200 މިލިމީޓަރ ހުންނަވަރަށް ޖަހަން ވާނެއެވެ. އަދި މިދާތައް ހުންނަންވާނީ ރަނގަޅަށް ހަރުކޮށްފައެވެ.

5.3 ސިމެންތި ޖެހުމުގެ މިކްސް ރޭޝިޔޯ އަކީ 1:4 އެވެ.

5.4 ސިމެންތި ޖެހުމަށް ކިސަޑާއި ކުނިބުނި އަދި ލޮނުގެ އަސަރުނެތް ސާފުދޮންވެލި ބޭނުން ކުރެވިދާނެއެވެ.

5.5 ސިމެންތި ޖެހުމުގެ ކުރިން ސިމެންތިޖަހަންޖެހޭ ސާރފޭސް ރަނގަޅަށް ސާފުކޮށް ފެންޖަހައި ތެންމަން ވާނެއެވެ.

5.6 ސިމެންތި ޖެހުމުގެ ހުރިހާ ކަމަކަށް ބޭނުން ކުރަންވާނީ އިންޑޯ ނުވަތަ ބީ.އެސް 12 އަށް ފެތޭ ބްރޭންޑެއްގެ ސިމެންތި އެކެވެ. ސިމެންތި އެއްވެސް ވަރަކަށް ގަނޑުވެފައި ހުރެގެން ނުވާނެއެވެ. އެއްވެސް ޙާލެއްގައި ގަނޑުވެފައި ހުރި ސިމެންތިއެއް ބޭނުން ކޮށްގެން ނުވާނެއެވެ.

5.7 ސިމެންތި ޖެހުމުގެ ހުރިހާ ކަމަކަށް ބޭނުން ކުރަން ވާނީ އެއް ބްރޭންޑެއްގެ ސިމެންތި އެކެވެ.

5.8 ސިމެންތި ޖެހުމުގެ ހުރިހާ ކަމަކަށް ބޭނުން ކުރަންވާނީ ތެލާއި ގިރިސް އަދި ލޮނުގެ އަސަރުނެތް ބޯންވެސް ކަމުދާ ފެންވަރުގެ ސާފުފެނެވެ.

 

  1. ކުލަޔާއިދަވާދު:

6.1- ފާރުތަކާއި ކުލަލާންޖެހޭ އެންމެހާ ތަންތަނުގައި ކުލަ ލުމުގެކުރިން ކުލަ ލާންޖެހޭ ސާރފޭސް ރަނގަޅަށް ސާފުކުރަން ވާނެއެވެ.

6.2- ހުރިހާ ފާރުތަކެއްގައި އަންޑަރކޯޓުގެ ގޮތުގައި ނިޕޯން، ކްރައުން، ސިގްމާ ނުވަތަ މިފެންވަރުގެ ވޯލް ސީލަރއެއް ލާން ވާނެއެވެ.

6.3- ފިނިޝިންގ ކޯޓެއްގެ ގޮތުގައި ބޭރު ފާރުތަކުގައިނަމަ ނިޕޯން، ކްރައުން، ސިގްމާ ނުވަތަ މިފެންވަރުގެ ވެދަރބޮންޑް  ކުލަޔާއި ދަވާދު ބޭނުންކުރަން ޖެހޭނީ އެތަކެތި ތައްޔާރުކޮށްފައިވާ ފަރާތުގެ އިރުޝާދާ އެއްގޮތަށެވެ. މިނޫން ގޮތަކަށް ކުލަޔާއި ދަވާދު ބޭނުން ކޮށްގެން ނުވާނެއެވެ.

6.4- ކުލަޔާއި ދަވާދުލުމުގައި އަބަދުވެސް އެއް ބްރޭންޑެއްގެ ކުލަޔާއި ދަވާދު ބޭނުންކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ. މިގޮތުން ވޯލް ސީލަރ އާއި، ފިނިޝިންގ އަށް ބޭނުން ކުރާ ކުލައަކީ އެއް ބްރޭންޑެއްގެ ކުލަ ކަމުގައި ވާން ވާނެއެވެ.

6.5- ފާރުތަކުގައި ކުލަލާފައި ހުންނައިރު ހުންނަން ޖެހޭނީ އެއް ބޯމިނަކަށެވެ. އެއްވެސް ޙާލެއްގައި އެކި ތަންތަނުގައިއެކި ބޯމިނަށް ކުލަ ލާފައި ހުރެގެން ނުވާނެއެވެ. އަދި ވަކި ތަންތަނުގައި ވަކިން ފިހިން ނުވަތަ ރޯލުން ރީތިކުރުމަށް ކުލަ ލާފައި ހުރެގެން ނުވާނެއެވެ. އަދި ގަނޑު ގަނޑަށް ކުލަ ހުރެގެން ނުވާނެއެވެ.

6.6- ދަވާދު ލާން ޖެހޭ ތަންތަނުގައި ދަވާދު ލާންވާނީ އެއްބޯމިނަކަށެވެ. އެއްވެސް ޙާލެއްގައި އެކި ތަންތަނުގައިއެކިބޯމިނަށް ދަވާދު ލާފައި ހުރެގެން ނުވާނެއެވެ. އަދި ވަކި ތަންތަނުގައި ވަކިން ފިހިން ނުވަތަ ރޯލުން ރީތިކުރުމަށް ދަވާދު ލާފައި ހުރެގެން ނުވާނެއެވެ. އަދި ގަނޑު ގަނޑަށް ކުލަ ހުރެގެން ނުވާނެއެވެ.

6.7- ކުލަޔާއި ދަވާދު ލާންޖެހޭ ހުރިހާ ތަނެއްގައި ކުލަ ހިފާވަރަށް ކުލަލާން ވާނެއެވެ.

6.8- ކުލަޔާއި ދަވާދު ގަތުމުގެކުރިން އެތަކެތި ކޮންސަލްޓެންޓަށް ހުށައަޅައި ކޮންސަލްޓެންޓުގެ އެޕްރޫވަލް ހޯދަން ވާނެއެވެ.

  1. ކަރަންޓްވަޔަރިންގ:

7.1- ކަރަންޓްވަޔަރ ކުރާނީ ސްކޫލުންދޭ މަޢުލޫމާތާ އެއްގޮތަށް، ކަރަންޓާގުޅޭ އިދާރާއެއްގެ ޤަވާއިދުތަކާ ފުށުނާރާގޮތަށެވެ.

7.2- ސީލިންގމަތިން އަޅަންޖެހޭ ވައިރާއި ފާރުތެރެއިން އަޅަންޖެހޭ ވައިރުތައް ހުންނަންވާނީ ކޮންޑިއުޓްހޮޅި ލައްވައިފައެވެ.

7.3- ކަރަންޓްވައިރުކޮށް ނިމުމަށްފަހު މެއިން ކަނެކްޝަން ގުޅަން ވާނެއެވެ. ބިޑްކުރުމުގެކުރިން ކޮންޓްރެކްޓަރ މިކަން ޗެކްކުރަން ވާނެއެވެ. ( މެއިން ކަނެކްޝަން ގުޅުމުގެ ތެރޭގައި ކޭބަލް އެޅުމާއި ކޭބަލް ވަޅުލުމާއި މިނޫނަސް މިކަމާ ގުޅުންހުރި އެންމެހައި ކަންތައްތައް ހިމެނެއެވެ.) ގޯތިތެރޭގައި އަޅާ ސަޕްލައި ނުވަތަ ކޭބަލް އަޅަންވާނީ ދަގަނޑުހޮޅި ލައްވައިގެންނެވެ.

7.4- ހުރިހާ ދިއްލުން ތަކަށާއި، ސޮކެޓްތަކަށް މޯލްޑިވްސް އިލެކްޓްރިކްސިޓީ ބިޔުރޯގެ ޤަވާޢިދުތަކާ އެއްގޮތަށް ސަރކިޓް އަޅަން ވާނެއެވެ. (މިގޮތުން 13 އެމްޕެއަރގެ 2 ސޮކެޓަށް ސަރކިޓެއް، 15 އެމްޕެއަރގެ ސޮކެޓަކަށް ސަރކިޓެއް، 6 ދިއްލުމަކަށް ސަރކިޓެއް، އަދި ކޮންމެ 6 ފަންކާއަކަށް ސަރކިޓެއް އަޅަންވާނެއެވެ.)

7.5- ދިއްލުންތަކަށް އަޅަންޖެހޭނީ 6 އެމަޕެއަރގެ ސަރކިޓެވެ. އާދައިގެ ސޮކެޓްތަކަށް އަޅަންޖެހޭނީ 10 އެމްޕެއަރގެ ސަރކިޓެވެ.

7.6- ހުރިހާ ސޮކެޓްތަކާއި، ސަރކިޓްތަކާއި، ސްވިޗްތަކާއި، އެމްސީބީ، އީއެލްސީބީ ގެ ގޮތުގައި ބޭނުންކުރަންވާނީ ލެގްރާންޑް ނުވަތަ މި ފެންވަރުގެ ތަކެއްޗެވެ.

7.7- ކަރަންޓްގެ މަސައްކަތް ކުރަމްޖެހޭނީ މޯލްޑިވްސް އިލެކްޓްރިކްސިޓީ ބިޔުރޯއިން ހުއްދަ ދެއްވާފައިވާ މީހަކު ލައްވައެވެ.

7.8- ކަރަންޓްގެ މަސައްކަތް ނިމުމުން ވައިރުޓެސްޓު ކުރުމަށްފަހު ފެނަކައިގެ ސަރޓިފިކެޓް ހޯދައި، މިސަރޓިފިކެޓް ސްކޫލަށް ހުށައަޅަން ވާނެއެވެ.

7.9- ކަރަންޓް ވަޔަރ ކުރުމުގައި ބޭނުން ކުރަންވާނީ 2.5  ސްކެއަރ އެމް.އެމް (7/.67mm)ގެ ޔުނި ކޭބަލް ނުވަތަ މިފެންވަރުގެ އެހެން ނަރެކެވެ.

7.10- ކޮންމެ ދިއްލުމެއް ހުންނަންވާނީ ވަކި ސްވިޗަކުން ދިއްލައި، ނިވޭ ގޮތަށެވެ.

7.11- ކަރަންޓް ވަޔަރިންގ އަށް ބޭނުންކުރާތަކެތި ގަތުމުގެކުރިން ސްކޫލަށް ހުށައަޅައި ލިޔުމުން އެޕްރޫވަލް ހޯދަންވާނެއެވެ.

7.12- ގޭޓް ކައިރިން 6 ތަނބުން ކޮންމެ ތަނބެއްގައި 40 ވޮޓްގެ ބޮތްކެއް ގްލޯބާއެކު ހަރުކުރަން ވާނެއެވެ.

7.13- ސްވިޗްތަކާއި ސޮކެޓް ފަދަ ތަކެތި ހަރުކުރަން ޖެހެނީ ބޭރުގައި ކަމަށް ވުމާއެކު މިތަކެތި ވާންވާނީ ފެން ނުވަންނަގޮތަށް ކަވަރ ކުރެވިފައިވާ އައުޓްޑޯގައި ބޭނުންކުރެވޭ ތަކެއްޗަށެވެ.

23 އޮކްޓޫބަރު 2018
ހޯދާ