ދިވެހިރާއްޖެ
ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ ޢިމާރާތުގެ ބައެއްފައުރު ތަޅައި، ރޭނުމާއި، ސިމެންތި ޖެހުން، އަދި ސީލިންގ މަސައްކަތާއި، ތަޅުން އެޅުމާއި، މުށިޖެހުން ހިމެނޭ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް، މި އިދާރާއިން ކުރި ނަންބަރު:(IUL)231-AH/231/2018/55 (05 ސެޕްޓެމްބަރ 2018) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅުއްވާފައި ނުވާތީ، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ތިންވަނަ ފަހަރަށް އިޢުލާނު ކުރީމެވެ. ވީމާ، މި މަސައްކަތް ކޮންޓްރެކްޓް އުޞޫލުން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރީބިޑްމީޓިންގ އަށް ޙާޟިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި މަސައްކަތަށް ބިޑު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީބިޑް މީޓިންގ
04 ނޮވެމްބަރ 2018 ވާ (އާދީއްތަ) ދުވަހުގެ 13:00 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގައި
ބިޑް ވިއްކުން ކުރިޔަށް ދާނީ، 24 އޮކްޓޯބަރ 2018 އިން 04 ނޮވެމްބަރ 2018 އަށް (ރަސްމީ ދުވަސް ދުވަހުގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް) ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގައެވެ.
އަންދާސީހިސާބު ބަލައިގަތުމަށް ބާއްވާ ބިޑް އޯޕަން މީޓިންގ
13 ނޮވެމްބަރ 2018 ވާ (އަންގާރަ) ދުވަހުގެ 13:00 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގައި
ބިޑް ޑޮކިއުމެންޓެއްގެ އަގަކީ -/ 30 ރުފިޔާ އެވެ.
ބިޑް ބައްލަވާ ނުގަންނަވާ ފަރާތްތަކުން ޕްރީބިޑް މީޓިންގގައި ބައިވެރިއެއް ނުވެވޭނެއެވެ. ބިޑް ބައްލަވައިގަތް ފަރާތުން ފްރީ ބިޑް މީޓިންގ ގައި ބައިވެރިވެ ވަޑައިނުގެންނެވި ކަމުގައިވިޔަސް ބިޑް ހުށަހެޅޭނެ ވާހަކަ ދެންނެވީމެވެ. އަދި މިމަސައްކަތާއި ގުޅިގެން ކުރެވުނު ނަންބަރު:(IUL)231-AH/231/2018/55,41 ދެ އިޢުލާނާއި ގުޅިގެން ބިޑް ބައްލަވާގަތް ފަރާތްތަކަށް ވެސް ބިޑް ހުށަހެޅޭނެ ވާހަކަ ދެންނެވީމެވެ.