ދިވެހިރާއްޖެ
ޢިއުލާން
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ހދ. ކުޅުދުއްފުށީ ކެމްޕަހުގެ ދަނާލު 1 އަދި ދަނާލު 2 ގެ ސެކިއުރިޓީ، 07 ޑިސެމްބަރު 2018 އިން ފެށިގެން 06 ޑިސެމްބަރު 2019 އަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށްބޭނުންވެއެވެ. މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ ތިރީގައިވާ ތާވަލާ އެއްގޮތަށެވެ.
|
ތަފްސީލު |
ތާރީހް |
ގަޑި |
ތަން |
|
މައުލޫމާތު ސާފުކުރުން |
30 އޮކްޓޯބަރު 2018 |
10:00 |
އެމް.އެން.ޔޫ ކުޅުދުއްފުށީ ކެމްޕަސް |
|
އަންދާސީ ހިސާބު ހުށައެޅުން |
06 ނޮވެމްބަރު 2018 |
10:00 |
އެމް.އެން.ޔޫ ކުޅުދުއްފުށީ ކެމްޕަސް |
މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެ ނުލައްވާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ. މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ޤާނޫނު 2014/18 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު 2014/19 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
