ދިވެހިރާއްޖެ
މި އިދާރާއިން ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓައި ކުރަންޖެހޭ ޢަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ބޭނުންވެގެން 12 ސެޕްޓެމްބަރ 2018 ގައި ކުރި މިއިދާރާގެ ނަންބަރު: IUL)226-E/PRIV/2018/10) އިޢުލާނާގުޅިގެން އެއްވެސްފަރާތަކުން ހުށަހަޅުއްވާފައިނުވާތީ އަލުން އިއުލާންކުރީމެވެ. ޢަމަލީ އިމްތިޙާނު އޮންނާނީ މި އިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މި މަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ.
- ބޭނުންވާ އަދަދު: 01 (އަންހެން)
- ޝަރުޠު
- ފާއިތުވި 5 އަހަރުދުވަހުގެ ތެރޭގައި ޓްރެފިކް ވަޔަރލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން. އަދި ޖިނާއީ ކުށެއް ކޮށްފައިވާ މީހެއްކަމުގައި ނުވުން.
- ފުރިހަމަ ކޮށްފައިވާ ކުށުގެ ރެކޯޑު ފޯމު.
- ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 5 އަހަރުދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.
- އުމުރުން 55 އަހަރު ނުވާ މީހެއްކަމުގައި ވުމާއި، ރަނގަޅު ޞިއްޙަތެއްގައި ހުރުން.
- މިއިދާރާގައި ވަޒީފާއަދާކުރާ މުވައްޒަފެއްކަމުގައި ނުވުން.
- ޑްރައިވިންގ ސްކޫލެއްގައި އެއްވެސް ހައިސިއްޔަތަކުން މަސައްކަތް ކުރާ މީހެއްކަމުގައި ނުވުމާއި، ވޭތުވެދިޔަ 1 އަހަރުދުވަހުގެ ތެރޭގައި ޑްރައިވިންގ ސްކޫލެއްގައި މަސައްކަތްކޮށްފައި ނުވުން.
- އެއްގަމުލައިސަންސް A1 A ކެޓަގަރީ ލައިސަންސް އޮންނަ ފަރާތަކަށްވުން.
- އުޖޫރަ: ޓެސްޓް ކުރާ ކޮންމެ އެއްގަމު ލައިސަންސް A A1 ކެޓަގަރީގެ އުޅަނދަކަށް -/15 ރުފިޔާ
ވީމާ، އެގްޒަމިނަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 ނޮވެންބަރު 01 ވަނަދުވަހުގެ 14:00 ގެ ކުރިން އެއްގަމު ލައިސަންސްގެ ކޮޕީއާއި، ވަނަވަރާއެކު ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.