އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
އައްޑޫ ސިޓީގެ ހިމާޔަތްކުރެވިފައިވާ ކަނޑިހެރަ މާކަނޑު ކަނޑުއޮޅި އަދި ބްރިޓިޝް ލޯޔަލްޓީ ނައު އޮތް ސަރަހައްދާއި ގުޅޭ

                                                           ނަންބަރު: (IUL)203-PROREC/1/2018/6

އިއުލާން

އައްޑޫ ސިޓީގެ ހިމާޔަތްކުރެވިފައިވާ ކަނޑިހެރަ މާކަނޑު ކަނޑުއޮޅި އަދި ބްރިޓިޝް ލޯޔަލްޓީ ނައު އޮތް ސަރަހައްދާއި ގުޅޭ

އައްޑޫ ސިޓީގެ ކަނޑިހެރަ މާކަނޑު ކަނޑުއޮޅިއާއި، އެތަން ވަށައިގެންވާ ކަނޑާއި، ފަރާއި، ފަޅާއި އެއްގަމުގެ ސަރަހައްދު،  އަދި އައްޑޫ ސިޓީގެ އެތެރެވަރިއަށް ފެތިފައިވާ "ބްރިޓިޝް ލޯޔަލްޓީ" ނައު އޮތް ސަރަހައްދު ޤުދުރަތީގޮތުންނާއި ޠަބީޢީގޮތުން އޮތްގޮތަށް ދެމެހެއްޓުމަށްޓަކައި، އެ ސަރަހައްދުތަކަކީ ހިމާޔަތްކޮށް ރައްކައުތެރިކުރަންޖެހޭ ސަރަހައްދެއްކަމުގައި ކަނޑައަޅައި، އެ ސަރަހައްދުގެ އިންތައް ވަކިކޮށް، އެ ސަރަހައްދުގައިވާ ދިރުންތަކާއި ޤުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވިގޮތެއްގައި ރައްކައުތެރިކުރުމާއި، ބެލެހެއްޓުމާއި، އެ ސަރަހައްދުގެ ޤުދުރަތީ މާޙައުލުގެ މުއްސަނދިކަމުގެ ފައިދާއާއި އިޤްތިސާދީ ފައިދާ އާންމު ރައްޔިތުންނަށް ލިއްބައިދިނުމަށްޓަކައި، ޤާނޫނު ނަންބަރު)93/4 ދިވެހިރާއްޖޭގެ ތިމާވެށި ރައްކައުތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން "އައްޑޫ ސިޓީގެ ޙިމާޔަތްކޮށްފައިވާ ސަރަހައްދު ރައްކައުތެރިކޮށް ދެމެހެއްޓުމާއިބެހޭ ގަވާއިދު (ގަވާއިދު ނަންބަރު: 2018/R-105 )ގެޒެޓްކޮށް،  މިސަރަހައްދުތައް ބޭނުންކުރުމުގެ އުސޫލުތައް ކަނޑައަޅައި  13 އޮކްޓޯބަރ 2018 ން ފެށިގެން އަމަލުކުރަން ފަށާފައެވެ.  އަދި ޙިމާޔަތްކުރެވިފައިވާ ސަރަހައްދު ޒޯންކުރެވިފައިވާ ގޮތް މިގަވާއިދުގައި ބަޔާންކޮށްފައި ވާނެއެވެ.

 

          މިގަވާއިދުގެ ދަށުން  ޙިމާޔަތްކޮށްފައިވާ ސަރަހައްދަށް ފީނުމަށާއި، ސްނޯކްލްކުރުމަށާއި، މޫދުގެ އެހެނިހެން ހަރަކާތްތައް ހިންގުމަށް، ޒިޔާރަތްކުރާ ފަރާތްތަކުން އެ ސަރަހައްދުގެ މާހައުލަށާއި ދިރުންތަކަށް ގެއްލުން ނުވާނެ ފަދަ ގޮތަކަށް އެފަދަ ހަރަކާތްތައް ހިންގުމަށް ސަމާލުވުމަށް ދަންނަވަމެވެ. އަދި، މިގަވާއިދުގެ ދަށުން ފީނުމަށާއި، ސްނޯކްލްކުރުމަށާއި، މޫދުގެ އެހެނިހެން ހަރަކާތްތައް ހިންގުމަށް ހަމަސްދުވަހުގެ ފަހުން ވިޒިޓަރ ފީއެއް ނަގަން ފަށާެނެ ވާހަކަ ދަންނަވަމެވެ. މިނެގޭ ފީ ޓްރަސްޓް ފަންޑަކަށް ޖަމާކޮށް، ޚަރަދުކުރުމަށް ނިންމާފައިވަނީ އެސަރަހައްދު ބެލެހެއްޓުމަށާއި ސިޓީގެ ތިމާވެށީ ހިމާޔަތްކުރުމަށާއި އިޖްތިމާޢީ އެކިއެކި ހަރަކާތްތައް ހިންގުމަށެވެ.

           ވީމާ، މިސަރަހއްދުގެބޭނުން ކުރާ ފަރާތްތަކުން، މިގަވާއިދާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް މިިއޭޖެންސީއިން އިލްތިމާސް ކުރަމެވެ.

13 ސަފަރު 1440

        22 އޮކްޓޫބަރު 2018

 

 

 

 

 

 

(ޖަލުވަދު 1: ހިމާޔަތްކުރެވިފައިވާ ސަރަހައްދު ޒޯން ކުރެވިފައިވާ ގޮތުގެ ޗާޓު)

 

 

 

                                                                     

 

 

 

 

 

 

 

22 އޮކްޓޫބަރު 2018
ހޯދާ