ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބާތަކެތި ނީލަން ކިޔުން

`

 

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ

ހއ. އިހަވަންދޫ                            

ދިވެހިރާއްޖެ                        ނަމްބަރ: IUL-248-CAFA/248/2018/89  

 

 

އިޢުލާން

 

ބާތަކެތި ނީލަން ކިޔުން

        މިއިދާރާއިންނާއި މިސްކިތްތަކުން ނަގާފައިވާ ބާ ތަކެއްޗާއި، އެނޫންވެސް ބައެއް ތަކެތި ނީލަން ކިޔުން 29 އޮކްޓޫބަރ 2018 ހޯމަ ދުވަހުގެ ހަވީރު 4:30 ގައި މިއިދާރާގެ ގޯތި ތެރޭގައި އޮންނާނެއެވެ. ނީލަން ކިޔަން ހަމަޖެހިފައިވާ ތަކެތި އެދުވަހު ނީލަން ކިޔާ ނުނިމިއްޖެނަމަ ޖެހިގެން އަންނަ އަންގާރަ ދުވަހު 4:30 ގައި އެތަކެތި ނީލަން ކިޔޭނެއެވެ.

        ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ތެރޭގައި ބޯފެން ރައްކާ ކުރާ ކަޅުހަމާއި، ފެންމުޑި، ދަގަނޑު ހޮޅިފަދަ ތަކެތި ހިމެނެއެވެ. 

        މިނީލަމުގައި ވާހައި ގިނަ ފަރާތް ތަކަކުން ބައިވެރިވެ ވަޑައިގެން ދެއްވުމަކީ މިއިދާރާގެ ވަރަށް ބޮޑު އެދުމެކެވެ.

        ނީލަމުން ނަންގަވާ ތަކެތީގެ އަގު ވަގުތުން އަދާ ކުރައްވަން ވާނެއެވެ. ވަގުތުން އަގު އަދާ ނުކުރައްވާ ނީލަންތައް ކެންސަލްކޮށް އަލުން ނީލަން ކިޔޭނެއެވެ.

        ނީލަމުން ނަންގަވާ ތަކެތި ވަގުތުން ގެންދަވަން ވާނެއެވެ.

        މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

22 އޮކްޓޫބަރު 2018
ހޯދާ