ދިވެހިރާއްޖެ
ނަމްބަރ: (IUL)290/290/2018/33
އިޢުލާން
މިރަށު ބަނދަރުން އޮޑިދޯނިފަހަރަށް ވަޅުފެން ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ؛
މިކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި ކުރެހެމާއި އެއްގޮތަށް މިރަށު ބަނދަރުން އޮޑިދޯނިފަހަރަށް ވަޅުފެން ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 11 އޮކްޓޯބަރ 2018 ގައި ކުރެވުނު ނަންބަރ (IUL)290/290/2018/31 އިޢުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަށް އަންދާސީ ހިސާބު ހުށައަޅާފައިނުވާތީ އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ. އަދި މަސައްކަތާއި ގުޅިގެން ބާއްވާ ޕްރީ-ބިޑް މީޓިންގ 23 އޮކްޓޯބަރ 2018 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިއިދާރާގައި އޮންނާނެއެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިމަސައްކަތާއި ގުޅޭ ޕްރީ-ބިޑް މީޓިންގ އަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 28 އޮކްޓޮބަރ 2018 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. ޕްރީ-ބިޑް މީޓިންގ އަށް ޙާޟިރުނުވާ ފަރާތްތަކާއި ގަޑިޖެހިގެން އަންނަ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރީމެވެ.
12 B 1440
21 އޮކްޓޯބަރ 2018