ދިވެހިރާއްޖެ
އިޢުލާން
ކުކުޅު ހައު ދޫކޮށްލައިގެން ގެންގުޅުމާއި ގުޅޭ
ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންދާރަ ގޯތިތެރޭގައި ގެންގުޅޭ ކުކުޅު ހައު ކޮށިން ބޭރަށް ދޫކޮށްލައިގެން ބައެއް ފަރާތްތަކުން ގެންގުޅެމުން ދިއުމާއި މިތަކެތި އެހެން ގޯތިތަކަށާއި ތަންތަނަށް ވަދެ އިންދާ ހައްދާފައިވާ ގަސްތަކަށް ގެއްލުން ކުރަމުންދާތީ، މިކަމުގެ ޝަކުވާ މިކައުންސިލަށް ދަނީ ލިބެމުންނެވެ.
ކުކުޅު ހައު ކޮށިން ބޭރަށާއި އާންމު ތަންތަނަށް ދޫކޮށްލައިގެން ގެންގުޅުމަކީ މީގެ ކުރިންވެސް މަނާ ކުރެވިފައިވާ ކަމެއްކަމުގައި ދެންނެވީމެވެ. އަދި ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 151 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދު ނަންބަރު: R-739/ 2013(ރަށުގައި ޖަނަވާރު އަދި ދޫނިސޫފާސޫފި ގެންގުޅުމާބެހޭ ގަވާއިދު) ގައިވާ ގޮތުން، މިތަކެތި ގެންގުޅެންޖެހޭނީ ކޮށި އަޅައިގެން ކަމަށްވާތީ، މިތަކެތި ދޫކޮށްލައިގެން ގެންގުޅުމަކީ މަނާ ކަމެއްކަމުގައި ދެންނެވީމެވެ.
މިހެންކަމުން ގޯތިތެރޭގައި ގެންގުޅޭ ކުކުޅު ހައު ކޮށީގައި ބަންދުކޮށްގެން ގެންގުޅުމަށާއި، ކޮށިން ބޭރަށް ދޫކޮށްލައިގެން މިތަކެތި ނުގެންގުޅުމަށް އެންގީމެވެ. އަދި މި އިޢުލާނާއި ހިލާފަށް ކުކުޅު ހައު ގެންގުޅޭ ފަރާތްތަކާއިމެދު ގަވާއިދުން ފިޔަވަޅު އެޅޭނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
12 ޞަފަރު 1440