ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެކި ކަންކަމާ ގުޅޭ ގޮތުން ހަދަންޖެހޭ މުނިސިޕަލް ބޯޑުތައް ހަދަން ބޭނުންވެއްޖެ

`

 

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ

ހއ. އިހަވަންދޫ   

ދިވެހިރާއްޖެ                               ނަމްބަރ:IUL 248-CAFA/248/2018/87 

 

އިޢުލާން

 

އެކި ކަންކަމާ ގުޅިގެން ހަދަންޖެހޭ މުނިސިޕަލް ބޯޑްތައް ހަދަން ބޭނުންވެއްޖެ.

               އެކި ކަންކަމާ ގުޅިގެން ހަދަންޖެހޭ މުނިސިޕަލް ބޯޑްތައް ހަދަން ބޭނުން ވެގެން ކުރި މިއިދާރާގެ ނަމްބަރ (IUL)248-CAFA/248/2018/82  ( 15 އޮކްޓޯބަރު 2018 ) ގެ އިއުލާނަށް ހަމައެކަނި ދެ ފަރާތަކުން އިޖާބަ ދީފައިވާތީ  އެއިލާނު ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

               ވީމާ، އެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 23 އޮކްޓޯބަރު 2018 ވާ އަންގާރަ ދުވަހުގެ 10.00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު 28 އޮކްޓޯބަރު 2018 ވާ އާދިއްތަ ދުވަހުގެ 11:30 އަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

               މަޢުލޫމާތު ސާފުކޮށް މިމަސައްކަތް ކޮށްދިނުމަށް ހުށަހެޅޭނީ ޕާޓްނަރޝިޕް، އަދި ފަރުދީ ވިޔަފާރި ފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ކުންފުނި، ޕާޓްނަރޝިޕް،ފަދަ ތަނަކުން މަޢުލޫމާތު ސާފު ކުރުމަށް ނުވަތަ އަންދާސީ ހިސާބު ހުށައެޅުމަށް ވަޑައިގަންނަވާއިރު އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަން ވާނެއެވެ. އަދި ފަރުދީ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުންވެސް ފަރުދީ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއެއް ގެންނަން ވާނެއެވެ. މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ ހުށައެޅުން ބަލައެއް ނުގަނެވޭނެއެވެ.

               އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ސިޓީއުރައަކަށް ލައި ބަންދުކޮށް އެކި ކަންކަމާ ގުޅިގެން ހަދަންޖެހޭ މުނިސިޕަލް ބޯޑްތައް ހަދައި ދިނުމަށް އެދި ހުށަހަޅާފައިވާ އަންދާސީ ހިސާބުކަން އެނގޭގޮތަށް ލިއުއްވައިފައެވެ.

               މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

18 އޮކްޓޫބަރު 2018
ހޯދާ