ދިވެހިރާއްޖެ
އިޢުލާން
އައްޑޫ ސިޓީގެ ހިތަދޫއަވަށު އާރިކިޅި ހުރަސްކުރެވޭނެހެން ބްރިޖެއް ހަދަން ބޭނުންވެ ކުރެވުނު ނަންބަރު: (IUL)426-AA/426/2018/71 އިޢުލާނަން ހުށަހެޅިފައިވާ އަންދާޒީ ހިސާބުތައް މަސައްކަތަށް އެކަށީގެންވާ އަގަށްވުރެ އަގު ބޮޑުކަމަށްވާތީ މިދެންނެވުނު އިޢުލާން ބާޠިލުކޮށް މިމަސައްކަތަށް އަލުން ފުރުސަތު ހުޅުވާލަމެވެ.
ވީމާ މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށްއެދި ބިޑް ހުށަހެޅުއްވުންއެދެމެވެ. ބިޑް ވިއްކުން އޮންނާނީ 2018 އޮކްޓޫބަރު 21 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00ން ފެށިގެން 2018 އޮކްޓޫބަރު 25 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00އާއި ހަމަޔަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިންނެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ)އެވެ.
ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2018 އޮކްޓޫބަރު 29 ވާ ހޯމަ ދުވަހުގެ 10:00ގައި ކައުންސިލްގެ އިދާރާގެ ހޯލްގައެވެ.
ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2018 އޮކްޓޫބަރު 21 ވާ އާދިއްތަ ދުވަހުން ފެށިގެން 2018 އޮކްޓޫބަރު 28 ވާ އާދިއްތަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2018 އޮކްޓޫބަރު 28 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.
އީމެއިލް: [email protected]
ކޮޕީ : [email protected]
09 ސަފަރު 1440