ދިވެހިރާއްޖެ
އިޢުލާން
2019 ވަނަ އަހަރު ނާސަރީ އަދި ބޭބީ ނާސަރީއަށް ކުދިން ވެއްދުމާބެހޭ
2019 ވަނަ އަހަރު އަލަށް ނާސަރީ، ބޭބީ ނާސަރީ ކުލާސްތަކަށް ކުދިން ވައްދަން ބޭނުންވާ ފަރާތްތަކުން 13 ނޮވެމްބަރ 2018 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00ގެ ކުރިން މި އިދާރާއަށް ފޯމާއި އަދި ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅުއްވުން އެދެމެވެ.
ޕްރީސްކޫލަށް ކުދިން ވެއްދުމަށް އެދޭ ފޯމު ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެދުނު 8:30 ން 1:30 އަށް މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި މި ކައުންސިލްގެ ވެބްސައިޓް www.mci.gov.mv އިން ނެގެން ހުންނާނެއެވެ.
ޕްރީސްކޫލަށް ކުދިން ވެއްދުމުގެ އުމުރުފުރާ ބަލާނީ 31 މާރޗް 2019 އަށްކަމުގައި ދެންނެވީމެވެ.
މަރުހަލާ |
އުމުރުފުރާ |
ނާސަރީ |
3 އަހަރު ފުރި 4 އަހަރު ނުފުރޭ |
ބޭބީ ނާސަރީ |
2 އަހަރު ފުރި 3 އަހަރު ނުފުރޭ |
އަދި ސްކޫލުގެ ކިޔެވުންފެށި ޖުލައިމަހުގެ ނިޔަލަށް އުމުރު ހަމަވާ ކުދިން އަހަރުތެރޭގައި ސްކޫލަށް ވެއްދުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
09 ޞަފަރު 1440