ދިވެހިރާއްޖެ
ނަންބަރު: (IUL)203-WMPP/203/2018/9
ނޫސް ބަޔާން
މާލޭ ސަރަހައްދުގެ ކުނި މެނޭޖު ކުރުމާއިބެހޭ
މާލެ ސަރަހައްދުގެ ކުނި މެނޭޖުކުރުމަށްޓަކައި ކުނި އުކާލުމުގެ ހުއްދަ ދޫކުރެވިފައިވާ ހަމައެކަނި ފަރާތަކީ ވެމްކޯ ކަމުގައި ދަންނަވަމެވެ. އެހެންނަމަވެސް އަމިއްލަ ބައެއް ފަރާތްތަކުން، ވިޔަފާރި ކުރާ ތަންތަނުންނާއި އަދި އެހެނިހެންވެސް ގޭބީސީ ތަކުގެ ކުނި، ހޯދަންޖެހޭ ހުއްދަތައް ނުުހޯދާ، ޕިކަޕުގައި ވިޔަފާރި އުސޫލުން އުފުލަމުންދާކަން މި އޭޖެންސީއަށް ވަނީ ފާހަގަ ކުރެވިފައެވެ. މިފަދަ ކަންކަމަކީ ކުނި މެނޭޖު ކުރުމާއި ބެހޭ ގަވާއިދު (2013/R-58) ގެ ޖަދުވަލް (ހ) އާއި ހިލާފަށް ކުރަމުންގެންދާ މަސައްކަތްތަކެއް ކަމުގައި އަންގަމެވެ.
30 އޮކްޓޯބަރ 2018 އިން ފެށިގެން މަތީގައި ދެންނެވިފައިވާ ގޮތަށް، ކުނި މެނޭޖުކުރުމަށްޓަކައި ނަގަންޖެހޭ ހުއްދަތައް ނުނަގައި، ޕިކަޕުތަކުގައި ގަވާއިދާ މިންގަނޑުތަކާއި ހިލާފަށް ކުނި އުކާލާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ. އަދި ގަވާއިދާ މިންގަނޑުތަކާއި ހިލާފަށް ގެންނަ ކުނި ވެމްކޯގެ ކަލެކްޝަން ސެންޓަރަށް ބަލައި ނުގަންނާނެ ވާހަކަ ދަންނަވަމެވެ.
08 ސަފަރ 1440
17 އޮކްޓޯބަރ 2018