އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
މާލޭގެ ދެކުނުފަރާތާއި އިރުމަތިފަރާތުން ވަށައިގެން ހުރި ރުއްގަސްތައް ހުއްދަ ނެތި ކެނޑުމާއި، އުފުރުމާއި ކޮނެގެން ނެގުމާއި ގުޅިގެން މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ޖޫރިމަނާކުރުން.

                                                                ނަންބަރު: (PR)203-PROREC/1/2018/6

 

ނޫސްބަޔާން

މާލޭގެ ދެކުނުފަރާތާއި އިރުމަތިފަރާތުން ވަށައިގެން ހުރި ރުއްގަސްތައް ހުއްދަ ނެތި ކެނޑުމާއި، އުފުރުމާއި ކޮނެގެން ނެގުމާއި ގުޅިގެން މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ޖޫރިމަނާކުރުން.

ރުއްގަސް ކެނޑުމާއި އުފުރުމާއި ކޮނެގެން ނެގުން އަދި އެއްރަށުން އަނެއް ރަށަށް ގެންދިޔުމާބެހޭ ގަވާއިދު ގެ ދަށުން އެކުލަވާލާފައިވާ ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެން ނެގުމާއި އަދި އެއްރަށުން އަނެއް ރަށަށް ގެންދިއުމުގައި ގެންގުޅެންވީ އުސޫލުގެ ދަށުން ނަގަން ޖެހޭ ހުއްދަ ނެތި މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މާލޭގެ ދެކުނުފަރާތާއި އިރުމަތިފަރާތުން ވަށައިގެން ހުރި ރުއްގަސްތައް މި އެޖެންސީގެ ހުއްދަ ނެތި ކެނޑުމާއި، އުފުރުމާއި ކޮނެގެން ނެގުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާތީވެ ގަވާއިދު ނަންބަރު:2011/R-9 (ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު)ގެ ޖަދުވަލު 5 ގެ ދަށުން ނަގަންޖެހޭ ހުއްދަ ނެތި ރުއްގަސް ކަނޑައިގެންނާއި، އުފުރައިގެން އަދި ކޮނެގެން ނެގުމުގެ މަސައްކަތް ކޮށްފައިވާތީވެ، 191,250.00 (އެއްލައްކަ ނުވަދިހައެއްހާސް ދުއިސައްތަ ފަންސާސް) ރުފިޔާއިން އެ މިނިސްޓްރީ 17 އޮކްޓޫބަރު 2018 ގައި ވަނީ ޖޫރިމަނާ ކުރެވިފައެވެ.

އަދި، މި ޖޫރިމަނާއަށްވާ ފައިސާ 30 ދުވަހުގެ ތެރޭގައި މި އެޖެންސީއަށް ދެއްކުމަށް އެ މިނިސްޓްރީއަށް ވަނީ އަންގާފައެވެ.    

08 ޞަފަރު 1440

17 އޮކްޓޫބަރު 2018

17 އޮކްޓޫބަރު 2018
ހޯދާ