ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުތަކާއި ބަނދަރުގައި ޖަހާފައިވާ ބައްތިތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

މިރަށުގެ ބަނދާރާއި މަގުތަކުގައި ޖަހާފައިވާ ބައްތިތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ  ނަންބަރު (IUL)3838/383/2018/64 އިޢުލާނާ ގުޅިގެން ހުށަހެޅުނު ބީލަންތަކުގެ އަގު ބޮޑުކަމަށް ފެންނާތީ އެއިޢުލާނާއި ގުޅިގެން ހުށަހެޅުނު ހުށަހެޅުންތައް ބާޠިލްކޮށް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރީމެވެ.

ވީމާ މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން ކަރުދާސް ދޫކުރުން އޮންނާނީ 2018 އޮކްޓޫބަރު 18 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ން ފެށިގެން 2018 އޮކްޓޫބަރު 24 ވާ ބުދަ ދުވަހުގެ މެންދުރު 13:00 އާއި ހަމަޔަށް ވިލުފުށީ ކައުންސިލްގެ އިދާރާއިންނެވެ. ބީލަން ކަރުދާސް ނެންގެވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައިޑީކާޑު ހިއްޕަވައިގެން ވަޑައިގެންނެވުމަށް ދަންނަވަމެވެ. ބަދަލުގައި ވަޑައިގަންނަވާ ފަރާތްތަކުން ބަދަލުގައިކަން އެނގޭނެ ސިޓީއަކާއި އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ. ކުންފުންޏެއް ނުވަތަ ވިޔަފާރި ހުއްދައެއްގެ ދަށުން ބީލަން ކަރުދާސް ނަންގަވާނަމަ ރެޖިސްޓްރީ/ހުއްދައިގެ ކޮޕީ ހުށަހަޅަންވާނެއެވެ. ބީލަން ކަރުދާސް ނުނަންގަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުލިބޭނެއެވެ.

ބީލަންތައް ބަލައިގަތުމާއި ކެނޑުން އޮންނާނީ 2018 އޮކްޓޫބަރު 28 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ 2018 އޮކްޓޫބަރު 21 ވާ އާދިއްތަ ދުވަހުން ފެށިގެން 2018 އޮކްޓޫބަރު 25 ވާ ބުރާސްފަތި ދުވަހުގެ 12:00 އާއި ދެމެދު ވިލުފުށީ ކައުންސިލްގެ އިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ ނަންބަރު 6780701 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ހުށަހެޅޭ ބީލަންތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބީލަން ކަރުދާހުގައި ހިމެނިފައިވާނެއެވެ.

17 އޮކްޓޫބަރު 2018
ހޯދާ