ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
MS/IUL/2018/13
2019 ވަނައަހަރު ފެށެންވާއިރަށް މަޖީދިއްޔާ ސްކޫލުގެ ތިރީގައިވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެގެން 01 އޮކްޓޯބަރ 2018 ގައި ކުރި ޢިއުލާން ނަންބަރު MS/IUL/2018/10 ގުޅިގެން ، އެކަށީގެންވާ ވަރަށް އަގު ހުށަހަޅަން އައިސްފައި ނުވާތީ ، މިޢުލާން ބާތިލް ކޮށް އަލުން ފުރުސތު ހުޅުވާލަމެވެ.
ސްކޫލް ތެރޭގައި ކެންޓީން ހިންގަދޭނެ ފަރާތެއް
ވީމާ މިމަސައްކަތް ކޮއްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ދެންނެވިފައިވާ ތާރީޚްތަކުގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މަޢުލޫމަތު ސާފު ކުރުން |
އަންދާސީ ހިސާބު ހުށަހެޅުން |
18 އޮކްޓޯބަރ 2018ބުރާސްފަތި ދުވަހުގެ 10:00 ގައި |
23 އޮކްޓޯބަރ 2018 އަންގާރަ ދުވަހުގެ 10:00 ގައި |
އަންދާސީހިސާބުތައް ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި " ކެންޓީން ހިންގުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، ސިޓީ އަދި އައިޑީ ކާޑާއެކު ފޮނުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މީގެ އިތުރުން މިމަސައްކަތަށް ތައްޔާރު ކުރެވިފައިވާ މަޢުލޫމާތު ކަރުދާހާއި ޚިލާފަށް ހުށަހެޅޭ އަންދާސީހިސާބުތައްވެސް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3314303ނުވަތަ 7793747 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.
ޝުކުރިއްޔާ