ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.އިހަވަންދޫ ކައުންސިލްގެ އިދާރާގެ މައްޗަށް ދަޢުވާ ކުރުމަށް އެދި ކޯޓަށް ހުށަހަޅާ މައްސަލަތަކާއި އަދި މިއިދާރާއިން ދަޢުވާ ކުރުމަށް އެދި ކޯޓަށް ހުށަހަޅާ މައްސަލަތަކުގައި ވަކާލާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

`

 

 

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ                                                                        

      ހއ. އިހަވަންދޫ                                  ނަންބަރ: IUL-248-CAA/248/2018/86

       ދިވެހިރާއްޖެ 

އިޢުލާން

 

ހއ. އިހަވަންދޫ ކައުންސިލްގެ އިދާރާގެ މައްޗަށް ދަޢުވާ ކުރުމަށް އެދި  ކޯޓަށް ހުށަހަޅާ މައްސަލަތަކާއި އަދި މިއިދާރާއިން ދަޢުވާ ކުރުމަށް އެދި ކޯޓަށް ހުށަހަޅާ މައްސަލަތަކުގައި ވަކާލާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

                ހއ. އިހަވަންދޫ ކައުންސިލްގެ އިދާރާގެ މައްޗަށް ދަޢުވާ ކުރުމަށް އެދި  ކޯޓަށް ހުށަހަޅާ މައްސަލަތަކާއި އަދި މިއިދާރާއިން ދަޢުވާ ކުރުމަށް އެދި ކޯޓަށް ހުށަހަޅާ މައްސަލަތަކުގައި ވަކާލާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

                ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 އޮކްޓޯބަރު 2018 ވާ އާދިއްތަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 31 އޮކްޓޯބަރު 2018 ވާ ބުދަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ. 

                މަޢުލޫމާތު ސާފުކޮށް މިކަމަށް އެދި ހުށަހެޅޭނީ ދަށު ކޯޓުތަކާއި އަދި އިސްތިއުނާފު ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުންނެވެ. އަދި މިކަމަށް އެދި ލޯފާމަކުން ހުށަހަޅާނަމަވެސް ދަށު ކޯޓުތަކާއި އިސްތިއުނާފު ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތަކަށްވާން ޖެހޭނެއެވެ. އަދި މިކަމަށް އެދި ކުރިމަތިލާ ފަރާތްތަކުން މަޢުލޫމާތު ސާފު ކުރުމަށް ވަޑައިގަންނަވާއިރު އެފަރާތަކަށް ލިބިފައިވާ ސަނަދުތަކާއި، ވަކާލާތު ކުރުމުގެ ހުއްދާގެ ކޮޕީއާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅަންޖެހޭނެއެވެ. ލޯފާމެއްނަމަ މަތީގައި ދެންނެވިފައިވާ މައުލޫމާތުގެ އިތުރުން އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. މައުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ އެފަރާތުގެ ރަސްމީ ސިޓީއަކާއި ލޯފާމުގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަން ޖެހޭނެއެވެ. މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ ހުށައެޅުން ބަލައެއް ނުގަނެވޭނެއެވެ.

                އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ، ސިޓީއުރައަކަށް ލައި ބަންދުކޮށް ކޯޓުގައި ވަކާލާތު ކޮށްދިނުމަށް އެދި ހުށަހަޅާފައިވާ އަންދާސީ ހިސާބުކަން އެނގޭގޮތަށް ސިޓީއުރައިގެ ބޭރުގައި ލިއުއްވައިފައެވެ.

                މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.   

16 އޮކްޓޫބަރު 2018
ހޯދާ