ދިވެހިރާއްޖެ
އިޢުލާން
ގެވެށި އަނިޔާގެ ކަންކަމާގުޅޭ ސްޓިއަރިންގް ކޮމިޓީގައި މަދަނީ ޖަމްޢިއްޔާތަށް ތަމްސީލު ކުރާނެ ފަރާތެއް ހޯދުމާބެހޭ:
ގަވާއިދު ނަންބަރު: 2018/R-101 'ގެވެށި އަނިޔާ ހުއްޓުވުމާބެހޭ އާންމު ގަވާއިދު' ގައި، ގެވެށި އަނިޔާގެ ކަންކަމާގުޅޭ ގޮތުން އެކުލަވާލަން ބަޔާންކުރާ 'ގެވެށި އަނިޔާގެ ކަންކަމާގުޅޭ ސްޓިއަރިންގް ކޮމިޓީ' ގައި ގެވެށި އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާތަކުން ތަމްސީލުކުރާ 2 ފަރާތެއް ހިމެނުމަށް ބަޔާންކޮށްފައިވާތީ، މި ކޮމިޓީގައި މަދަނީ ޖަމްޢިއްޔާތައް ތަމްސީލުކުރުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލުމަށްޓަކައި 14 ސެޕްޓެންބަރު 2018 ގައިވަނީ އިޢުލާން ކުރެވިފައެވެ. މި އިޢުލާނާ ގުޅިގެން ކޮމިޓީގައި ތަމްސީލުކުރުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ އެންމެ ޖަމްޢިއްޔާއަކުން ކަމުގައިވާތީ، މި ކޮމިޓީގައި ތަމްސީލުކުރެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ޖަމްޢިއްޔާތަކަށް އަލުން ފުރުސަތު ހުޅުވާލަމެވެ.
ވީމާ، ގެވެށި އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާތަކުގެ ތެރެއިން މި ކޮމިޓީގައި ތަމްސީލުކުރެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، އެފަރާތެއްގެ މަޢުލޫމާތު 31 އޮކްޓޫބަރު 2018 ގެ ކުރިން މި އޮތޯރިޓިއަށް އީ-މެއިލް މެދުވެރިކޮށް ފޮނުއްވައިދެއްވުން އެދެމެވެ. އީ-މެއިލް ފޮނުއްވާނީ [email protected] އަށެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް
- ފޯން: 3010551
- ފެކްސް: 3010552
- އީ-މެއިލް: [email protected]
5 ޞަފަރު 1440ހ.
14 އޮކްޓޫބަރު 2018މ.