ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްކަޕް 2018

ކައުންސިލުން މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްސެލް މުބާރާތް "ކައުންސިލް ކަޕް 2018" 08 ޑިސެންބަރު 2018 ވާ ހޮނިހިރު ދުވަހު ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމުތަކުން 15 ނޮވެންބަރު 2018 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މި އިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ފުރިހަމަ ނުވާ ފޯމާއި ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި ހަމަނުކޮށް ހުށަހަޅާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. 

މި  މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު އަދި  މުބާރާތުގެ ޤަވާޢިދު  21 އޮކްޓޫބަރު 2018 ވާ އާދީއްތަ ދުވަހުންފެށިގެން މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އިތުރުމަޢުލޫމާތު ބޭނުންފުޅުވާނަމަ 6820007 ނުވަތަ 7903887 ނަންބަރަށް ގުޅުއްވުން އެދެމެވެ.  

މިހެންވެ މިކަން ޢާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ. 

15 އޮކްޓޫބަރު 2018
ހޯދާ