ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ މަކުނުދޫ ޕޮލިސް ސްޓޭޝަން(ރަށްވެހިގެ) ގެ ދޮރާއި ކުޑަދޮރުތައް ބަދަލުކޮށްދިނުމުގެ މަސައްކަތް

ހދ މަކުނުދޫ ޕޮލިސް ސްޓޭޝަން(ރަށްވެހިގެ) ގެ ދޮރާއި ކުޑަދޮރުތައް ބަދަލުކޮށްދިނުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާން ((IUL)270/INDIV/2018/7) ގުޅިގެން ހުށަހެޅި ބީލަން މާލިއްޔަތު، ޤަވާއިދުގެ 12.05 ގެ ދަށުން އެންޓި ކޮރަޕްޝަން ކޮމިޝަން އިން ބާޠިލްކުރުމަށް އަންގާފައިވާތީވެ، އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ.

ވީމާ މި މަސައްކަތަށް ޝަޢުޤުވެރިވާ ފަރާތްތަކުން 22 އޮކްޓޯބަރ 2018 ވާ ހޯމަ ދުވަހުގެ 11.00 އަށް މަކުނުދޫ ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 29 އޮކްޓޯބަރ 2018 ވާ ބުދަ ދުވަހުގެ 11.00 އަށް މިއިދާރާއަށް ދުރުވެ ބީލަން ހުށަހެޅުއް ވުމަށް ދަންނަވަމެވެ.

ކުންފުންޏެއްގެ ފަރާތުން ނުވަތަ އެހެން މީހެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށް ނުވަތަ ބީލަން ހުށަހެޅުމަށް ހާޟިރުވާ ފަރާތްތަކުން އެމީހަކު ތަމްސީލް ކުރަނީ ކޮން ފަރާތެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅަންވާނެއެވެ. މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެވޭނީ އެއްފަރާތެވެ. މަޢުލޫމާތު ސާފުކުމުގެ ބައްދަލްވުމަށް ހާޟިރުވެ ނުލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. އަދި ވިޔަފާރި އުޞޫލުން ރަޖިސްޓްރީ ކޮށްފައިނުވާ، އެއްވެސް ފަރާތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

އަދި ދަންނަވަމެވެ. މަތީގައި ބަޔާންކުރެވިފައިވާ މަސައްކަތް ކުރުމަށް ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކޮންޓްރެކްޓަރަކަށް ހޮވޭނީ، ތިރީގައި މި ބަޔާންކުރާ ނުކުތާތަކަށް ކަނޑައެޅިފައިވާ އިންސައްތައިން ޕޮއިންޓް ދީގެން، އެންމެ މަތީ ޕޮއިންޓެއް ލިބިލައްވާފަރާތެވެ.

  1. ހުށަހަޅާފައިވާ އަގު         ( 70 އިންސައްތަ )
  2. ތަޖްރިބާ                ( 10 އިންސައްތަ )
  3. މުއްދަތު                ( 10 އިންސައްތަ )
  4. މާލީޤާބިލްކަން            ( 10 އިންސައްތަ )             

ޝުކުރިއްޔާ

06 ޞަފަރު 1439

15 އޮކްޓޯބަރ 2018

15 އޮކްޓޫބަރު 2018
ހޯދާ