އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑަބްލިޔު މޯލްޑިވްސް ރިސޯޓުން ކުނި ގެނެސްދޭނެ ދޯންޏެއް ހޯދުން

                                              ނަމްބަރ: IUL)345-CAA/345/2018/34)

އިޢުލާން

ޑަބްލިޔު މޯލްޑިވްސް ރިސޯޓުން ކުނި ގެނެސްދޭނެ ދޯންޏެއް ހޯދުން:

 

             މި އިދާރާގެ ނަމްބަރ: IUL)345-CAA/345/2018/29)  އިޢުލާނަށް އިޖާބަދީ އަންދާސީ ހިސާބު ހުށަހަޅަން ދުރުވި ފަރާތްތަކުގެ އަދަދު އެކަށީގެންވާ ވަރަށް ވުރެ މަދުވުމުގެ ސަބަބުން އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

               މި އިދާރާއިން އަންގާގޮތެއްގެމަތިން ޑަބްލިޔު މޯލްޑިވްސް ރިސޯޓުން ކުނި ގެނެސްދޭނެ ދޯންޏެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

             ވީމާ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 21 އޮކްޓޯބަރު 2018 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 އޮކްޓޯބަރު 2018 ވާ ބުދަ ދުވަހުގެ 11:00 އަށް  މި އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެވެ.

              މަޢުލޫމާތު ސާފުކުރެއްވުމާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އެހެންފަރާތެއް ފޮނުއްވާނަމަ ވެރިފަރާތުގެ ސިޓީއެއް ހުށަހަޅަންވާނެއެވެ.

             މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި  ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބު ބަލައިގަތުމެއް ނޯންނާނެއެވެ. މިކަމާގުޅިގެން ފޮނުވާ އަންދާސީ ހިސާބު އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި " ޑަބްލިޔު މޯލްޑިވްސް ރިސޯޓުން ކުނި ގެނެސްދޭނެ ދޯންޏެއް ހޯދުމާބެހޭ " މިހެން ލިޔެފައި އޮނަންވާނެއެވެ. "

               މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

15 އޮކްޓޫބަރު 2018
ހޯދާ