ދިވެހިރާއްޖެ
ނަންބަރު: IUL)438/438/2018/275)
އިޢުލާން
ފުވައްމުލައް ސިޓީގެ ޙިމާޔަތްކޮށްފައިވާ ސަރަހައްދުން ދިވެހި ބޭސްވެރިކަމަށް ބޭނުންކުރާ ފަތްޕިލާވެއްޔާއި، ހައި ކެނޑުމުގެ ހުއްދަ
ދިވެހިރާއްޖޭގެ ތިމާވެށި ރައްކައުތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން ހެދިފައިވާ "ފުވައްމުލައް ސިޓީގެ ޙިމާޔަތްކޮށްފައިވާ ސަރަހައްދު ރައްކައުތެރިކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު" ގެ ދަށުން، 14 އޮކްޓޫބަރު 2018 ގެ ފަހުން، މިސަރަހައްދުން ދިވެހި ބޭސްވެރިކަމަށް ބޭނުންކުރާ ފަތްޕިލާވެއްޔާއި، ހައި ކެނޑޭނީ މި މިނިސްޓްރީން ދޫކުރާ ޚާއްސަ ހުއްދައެއްގެ ދަށުންނެވެ. ވީމާ، މި ސަރަހައްދުގައި މިކަންކަން ކުރުމަށް ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް އެދި އެކަމަށްޓަކައި ފުވައްމުލައް ނޭޗަރ ޕާކުން 14 އޮކްޓޫބަރު 2018 އިން ފެށިގެން ދޫކުރާ ފޯމު ފުރިހަމަކުރުމަށްފަހު، ބަންދުނޫން ކޮންމެ ދުވަހެއްގެ 08:00 – 14:00 އާ ދެމެދު ފުވައްމުލައް ނޭޗަރ ޕާކްގެ ކައުންޓަރަށް ހުށައެޅުއްވުން އެދެމެވެ. އީމެއިލްގެ ޒަރީޢާއިން ހުށަހަޅުއްވާނަމަ [email protected] އަށް އެޑްރެސްކޮށް ފޮނުއްވުން އެދެމެވެ. މިކަމާބެހޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، ފުވައްމުލައް ނޭޗަރ ޕާކްގެ ހޮޓްލައިން ނަންބަރު 7590059 އާ ގުޅުއްވުން އެދެމެވެ.
14 އޮކްޓޫބަރު 2018