ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލް އިދާރާގެ ވެބްސައިޓް ފަރުމާކުރުމާއި ބެހޭ

`

 

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ                  

ހއ. އިހަވަންދޫ  

 ދިވެހިރާއްޖެ  

 ނަމްބަރު: 248CAA/248/2018/6                           

 

     އިޢުލާން

 

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫކައުންސިލް އިދާރާގެ ވެބްސައިޓް ފަރުމާކުރުމާއި ބެހޭ.

 

               މިއިދާރާގެ ވެބްސައިޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

               ވީމާ، އެމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 18 އޮކްޓޯބަރު 2018 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 25 އޮކްޓޯބަރު 2018 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

               މަޢުލޫމާތު ސާފުކޮށް މިމަސައްކަތް ކޮށް ދެވޭނީ، ކުންފުނި، ޕާރޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް ، ފަރުދީ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. އެފަދަ ތަނަކުން މަޢުލޫމާތު ސާފު ކުރުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާއިރު އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަންވާނެވެ. މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ ހުށަހެޅުން ބަލައެއް ނުގަނެވޭނެއެވެ.

               އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ، ސިޓީއުރައަކަށް ލައި ބަންދުކޮށް ހއ. އިހަވަންދޫ ކައުންސިލް އިދާރާގެ ވެބްސައިޓް ފަރުމާ ކުރުމުގެ އަންދާސި ހިސާބުކަން އެނގޭގޮތަށް ލިއުއްވައިފައެވެ.

               މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

11 އޮކްޓޫބަރު 2018
ހޯދާ