ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު ރައްވެހި ހިޔާ ފޮޅާ ސާފުކޮށް ބެލެހެއްޓުމާ ބެހޭ

`

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ      

ހއ. އިހަވަންދޫ

ދިވެހިރާއްޖެ                                                      ނަމްބަރު: IUL-248-ESMSMS/248/2018/80

 

    އިޢުލާނު

 

ރަށްވެހި ހިޔާ ބެލެހެއްޓުމާއި ބެހޭ

          ރަށްވެހި ހިޔާ ފޮޅާސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

          ވީމާ،އެމަސައްކަތް ކޮށްދެއްވުމަށް ޝައުޤު ވެރިވާ ފަރާތްތަކުން 22 އޮކްޓޯބަރު 2018 ވާ ހޯމަ ދުވަހުގެ 10.30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު  ސާފު ކުރެއްވުމަށް ފަހު 25 އޮކްޓޯބަރު 2018 ބުރާސްފަތި ދުވަހުގެ 11.00 އަށް އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ.

          މަޢުލޫމާތު ސާފުކޮށް މިމަސައްކަތް ކޮށްދެއްވޭނީ، ކުންފުނި، ޕާޓްނަރޝިޕް،ފަރުދީ ވިޔަފާރި ފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. އެފަދަ ތަނަކުން މަޢުލޫމާތު ސާފު ކުރުމަށް ނުވަތަ އަންދާސީ ހިސާބު ހުށައެޅުމަށް ވަޑައިގަންނަވާއިރު އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަން ވާނެއެވެ. އަދި ފަރުދީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުންވެސް ފަރުދީ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއެއް (ކުރުމަށް ހުއްދަ ލިބިފައިވާ މަސައްކަތާއެކު) ގެންނަން ވާނެއެވެ. މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ ހުށައެޅުން ބަލައެއް ނުގަނެވޭނެއެވެ.

          އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ، ސިޓީއުރައަށް ލައި ބަންދުކޮށް ރަށްވެހި ހިޔާ ފޮޅާސާފުކޮށް ބަލަހެއްޓުމުގެ އަންދާސީ ހިސާބުކަން އެނގޭގޮތަށް ލިއުއްވައިފައެވެ.

          މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 އޮކްޓޫބަރު 2018
ހޯދާ